11 ފެބުރުއަރީ 2018
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން، އެ މެމްބަރުންނަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދުމަށް މަޖިލީހުގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން، އެ މެމްބަރުންނަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދުމަށް މަޖިލީހުގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އީސީ އިން ކަނޑައެޅި މެމްބަރުން އެ މަގާމުން ވަކިނުވާ ކަމަށް، ސުޕްރީމް ކޯޓުން ކަނޑައެޅީ މި މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރެއްގައ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅުމާ ގުޅިގެން އެއީ މެމްބަރުންގެ ގޮތުގައި މަޖިލީހުގެ އިދާރާ އިން ވެސް ވަނީ ބަލައިގެންފަ އެވެ.
އެ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް އިން ކަނޑައެޅި ދުވަހުން ފެށިގެން، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ބޭއްވި މަޖިލީހުގެ އެއްވެސް ޖަލްސާއަކަށް އެ މެމްބަރުން ނުވައްދަ އެވެ.
ގޮނޑި ގެއްލުނު ކަމަށް އީސީ އިން ކަނޑައެޅި މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ މިދިޔަ ޖުލައި 19 އިން ފެށިގެން ބައެއް މެމްބަރުންނަށް މަޖިލީހުގެ އިދާރާ އިން މުސާރަ އާއި އިނާޔަތްތައް ނުދޭ ކަމަށެވެ. އެހެންވެ، މަޖިލީހަށް ފޮނުވި ސިޓީގައި މެމްބަރުން އެދިވަޑައިގަތީ، އެ ދުވަހުން ފެށިގެން މިހާތަނަށް ނުދީ ހުރި މުސާރަ އާއި އިނާޔަތްތައް ވީހާ ވެސް އަވަހަކަށް ދިނުމަށެވެ.
މީގެ އިތުރުން އެހެން މެމްބަރުންނެކޭ އެއްގޮތަށް ގަވައިދުން މުސާރަ އާއި އިނާޔަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް އެ ސިޓީގައި އެދިފައިވާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި މަޖިލީހުގެ އިދާރާ އިން މެމްބަރުންގެ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން އިންޝިއުރެންސް ވަނީ ކަނޑާލައިފަ އެވެ. އެހެންވެ، އެ އިނާޔަތްތައް ހޯދަން އެދިފައިވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑާލާފައި އޮތީ ގާނޫނުއަސާސީ އާއި އިމްތިޔާޒްތަކާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ހައްގުން މެމްބަރުން މަހްރޫމް ކުރެވިގެން ނުވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"މުސާރައިގެ ދަހިވެތިކަމުގައި އުޅޭ މެމްބަރުން މަދުވާނެ. އެކަމަކު، އަޅުގަނޑުމެންނަށް ގާނޫނުން ލިބެން ޖެހޭ ހައްގުތަކެއް ހުރީމަ އެކަމާ މި އުޅެނީ،" މުސްތަފާ ވިދާޅުވި އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ މިދިޔަ ހަފުތާގައި މެމްބަރުން މަޖިލީހަށް ފޮނުވި ސިޓީގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށެވެ. މެމްބަރުންނަށް ޖަވާބު ނުލިބި ދިގުލައިގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިންތިޒާރު ކުރަނީ ވީހާ ވެސް އަވަހަކަށް ޖަވާބެއް ލިބޭނެ ކަމަށް،" ސައުދުﷲ ވިދާޅުވި އެވެ.
ބައެއް މެމްބަރުން ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބިއްޖެ ނަމަ، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ދިއުމަށް ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އީސީ އިން އެންމެ ފުރަތަމަ ކަނޑައެޅި މެމްބަރުންނަކީ ސައުދާއި ލަތީފް އާއި އަމީތު އާއި ވަހީދު އެވެ. އެ މެމްބަރުންނަށް ވޭތުވެދިޔަ ހަ މަސް ދުވަހު ހަމައެކަނި މުސާރައިގެ ގޮތުގައި ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. ދެން ތިއްބެވި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އީސީން ނިންމީ އޭގެ ފަހުގެ އެކި ތާރީޚުތަކުގަ އެވެ. މިދިޔަ އަހަރު މަޖިލީހުގެ ގިނަ ޖަލްސާތައް ކުރިއަށް ގެންދިޔައީ އެ މެމްބަރުންނާ ނުލަ އެވެ.
މަޖިލީހުގެ އިންތިހާބީ ދާއިރާތަކާ ގުޅޭގޮތުން 65 ޝަކުވާ
ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވުން ރަނގަޅު؟
ވީއައިޕީ ލައުންޖަށް ތިން އަހަރުގެ ތެރޭގައި 3 މިލިއަން
އީސީ އަށް ފުއާދު އައްޔަން ކުރަން މަޖިލިހުން ފާސްކޮށްފި
މެމްބަރުންގެ މުސާރަ އިން ކެނޑުން، ހެޔޮ ބަދަލެއް!
މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި": އަބްދުއްރަހީމް
މަޖިލިސް އިންތިޚާބު ވަރަށް ބޭއިންސާފު: ފަލާހް
ކޮމިޝަންތަކުގެ މެމްބަަރުންނާ ގުޅޭ ގިނަ އިސްލާހުތަކެއް
އިންތިހާބަށް ދެ ދުވަސް، ގާނޫނާ ހިލާފު އަމަލްތައް ގިނަ
އާންމު އިންތިހާބު: ވޯޓު ގަނެ ވިއްކުމުގެ ވިޔަފާރިއެއް؟