11 ފެބުރުއަރީ 2018
މެޑްރިޑް (ފެބްރުއަރީ 11) – ކުޅުން ދަށްވެ ފާޑުކިޔުން އަމާޒުވެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކާ އެކު ރެއާލް ސޮސިއެޑާޑް އަތުން 5-2 އިން މޮޅުވެ ސްޕެނިޝް ލީގުގެ ތިން ވަނަ އަށް ރެއާލް މެޑްރިޑް ރޭ އަރައިފި އެވެ.
މެޑްރިޑް (ފެބްރުއަރީ 11) – ކުޅުން ދަށްވެ ފާޑުކިޔުން އަމާޒުވެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކާ އެކު ރެއާލް ސޮސިއެޑާޑް އަތުން 5-2 އިން މޮޅުވެ ސްޕެނިޝް ލީގުގެ ތިން ވަނަ އަށް ރެއާލް މެޑްރިޑް ރޭ އަރައިފި އެވެ.
މެޑްރިޑް 42 ޕޮއިންޓާ އެކު ތިން ވަނަ އަށް އެރިއިރު ދެ ވަނައިގައި 52 ޕޮއިންޓާ އެކު އޮތީ ރޭ މަލާގާ އަތުން 1-0 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑެވެ. އެއް ވަނައިގައި 58 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. އެ ޓީމު މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ގެޓަފެއާ ދެކޮޅަށެވެ. މި ވަގުތު ހަތަރު ވަނައިގައި 40 ޕޮއިންޓާ އެކު އޮތް ވެލެންސިއާ މިރޭ ލެވަންޓޭ އަތުން މޮޅުވެއްޖެ ނަމަ އަލުން ތިނަކަށް އަރައި މެޑްރިޑް ހަތަރަކަށް ވެއްޓޭނެ އެވެ.
ރޭގެ ނަތީޖާ އަކީ މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންނަ ބުދަ ދުވަހުގެރޭ ފްރާންސުގެ ގަދަބާރު ޕީއެސްޖީއާ ވާދަކުރުމުގެ ކުރިން ހޯދި ބޮޑު ހިތްވަރެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާންގެ ކުރިމަގު ބިނާވާނީ ވެސް އެ ދެ ލެގަށެވެ.
މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ސޮސިއެޑާޑް ކޮޅަށް މެޗުގެ ފުރަތަމަ މިނެޓުގައި މެޑްރިޑުގެ ލޫކަސް ވަސްކުއެޒް ވަނީ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ލަނޑު 27 ވަނަ މިނެޓުގައި ޖެހީ ރޮނާލްޑޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޯނީ ކްރޫޒާއި ރޮނާލްޑޯ ވަނީ އިތުރު ލަނޑު ޖަހައި ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.
ސޮސިއޭޑާޑުގެ ފުރަތަމަ ލަނޑު 74 ވަނަ މިނެޓުގައި ޖޮން ބައުޓިސްޓާ ޖަހާފައިވަނިކޮށް މެޑްރިޑުގެ ފަސް ވަނަ ލަނޑު ރޮނާލްޑޯ ވަނީ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްފަ އެވެ. ސޮސިއެޑާޑުގެ ދެ ވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖެހީ މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ އެސިއާ އިލަރަމެންޑީ އެވެ.
މި ފަހަރު ވެސް މެޑްރިޑް ސަލާމަތްކޮށްދިނީ ރޮނާލްޑޯ
ރެއާލް މޮޅުވިއިރު ރޮނާލްޑޯ ސަމާލުކަން ހޯދައިފި
މިއަދުގެ މެޗަށް ރޮނާލްޑޯ ފިޓް: ޒިދާން
ރޮނާލްޑޯ އެނބުރި އައި މެޗުން ރެއާލް ބަލިވެއްޖެ
ރޮނާލްޑޯގެ ރެކޯޑާ އެކު މެޑްރިޑް ލީގާ ޕޮއިންޓަކާ ގާތަށް
ބޭލް ދެ މެޗަށް ސަސްޕެންޑް، ރޮނާލްޑޯ އަނިޔާގައި
ބާސާގެ ރެކޯޑާ ހަމަކޮށް މެޑްރިޑުން ބޮޑު ލީޑެއް ނަގައިފި
ރޮނާލްޑޯގެ ހެޓްރިކުން އެތުލެޓިކޯ ބަލިކޮށްފި
ރޮނާލްޑޯ ހެޓްރިކާ އެކު ރެއާލަށް ދެ ޕޮއިންޓުގެ ލީޑެއް
ވިނީ އަށް ރަތެއް، ރެއާލަށް ފަހު ވަގުތު މޮޅެއް