07 ފެބުރުއަރީ 2018
ހައްޔަރު ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިިންމައިފި އެވެ.
ހައްޔަރު ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިިންމައިފި އެވެ.
ކުއްލި ހާލަތު އިއުލާން ކުރުމަަށް ފަހު، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ ސުޕްރީމް ކޯޓަށް ސަލާމަތީ ބާރުތަކުން ވަދެ، މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމުގަ އެވެ. އޭނާގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް އެރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުން ހައްޔަރުކުރީ ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހުމަތުގަ އެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމީ އަލީ ހަމީދުގެ މައްސަލައެއް ފުލުހުން ބަލަމުންދާތީ، އެ މައްސަލަ ބަލައި ވަކި ގޮތެއް އަންގަންދެން އަލީ ހަމީދު ފަނޑިޔާރު ކަމުން ސަސްޕެންޑް ކުރުމަށެވެ.
އަލީ ހަމީދު ސަސްޕެންޑް ކުރިޔަސް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސަސްޕެންޑް ކުރާކަށް ޖޭއެސްސީއަކުން އަދިއެއް ނުނިންމަ އެވެ.
ފުލުހުން މިއަދު ބުނެފައިވާ ގޮތުގައި ރިޝްވަތުގެ ގޮތުގައި އެ ބޭފުޅުން އެތައް މިލިއަން ރުފިޔާއެއްގެ މުއާމަލާތް ހިންގާފައިވާ ކަމުގެ ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ދެ ބޭފުޅުންނާ އެކު ހައްޔަރުކުރި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ކޮޓަރި ތެރެއިން ވެސް ގިނަ އަދަދެއްގެ ފައިސާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
"ސުޕްރީމްކޯޓަށް ވަން މީހުން ޖަލަށް ލުމަށް ހުކުމްކުރި"
ޗެއިންއާ ގުޅޭ ޕްރެކްޓިސް ޑައިރެކްޝަނަށް ނުރުހުން
ޑީޑީގެ އެދުމަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލްކޮށްފި
ޑީޑީ ބޭރުގައި، ވަކީލް ވިދާޅުވީ ޖަވާބު ދެއްވާނެ ކަމަށް
ފުލުހުން މައްސަލަ ތަހުގީގު ކުރަނިކޮށް ޑީޑީ ފުރައިފި
ޖޭއެސްސީގެ ފަސް މެމްބަރެއްގެ މައްސަލަ ޕޮލިހަށް
ޑީޑީގެ މައްސަލައެއް ނުބަލާ ކަން ޕޮލިހުން އަންގާފައިވޭ
އުއްތަމަފަނޑިޔާރު ކަމަށް ޑީޑީ އައްޔަންކުރަން ފާސްކޮށްފި
އުއްތަމަ ފަނޑިޔާރަކަށް ޑީޑީ އައްޔަން ކުރުން މިރޭ
އުއްތަމަ ފަނޑިޔާރަކަށް ޑރ. ޑީޑީ އައްޔަން ކުރަނީ