16 ޖޫން 2019
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަސް މެމްބަރެއްގެ މައްސަލަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މިރޭ ޕޮލިހަށް ހުށަހަޅުއްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަސް މެމްބަރެއްގެ މައްސަލަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މިރޭ ޕޮލިހަށް ހުށަހަޅުއްވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖޭއެސްސީގެ ފަސް މެމްބަރަކާ ގުޅޭގޮތުން ފަނޑިޔާރު ޑީޑީ ސިޓީއަކުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ޖިނާއީ ތަހުގީގުކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް މިހާރު ދިރާސާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އެއީ ކޮން މެމްބަރުން ކަމެއް އަދި އެއީ ކޮން ކަހަލަ މައްސަލައެއް ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
ޖޭއެސްސީގެ ފަސް މެމްބަރެއްގެ މައްސަލައެއް ޕޮލިހަށް ހުށަހެޅުއްވިއިރު، އެ ކޮމިޝަނުން ވަނީ މިދިޔަ ހަފުތާގައި ވަނީ ފަނޑިޔާރު ޑީޑީ ސަސްޕެންޑުކުރަން ނިންމައިފަ އެވެ. އެ ފިޔަވަޅު އެޅީ އޭނާއާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ޖޭއެސްސީ އަށް އަންގާފައިވާތީ ކަމަށް އެ ކޮމިޝަނުން އޭރު ބުންޏެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ބަލަމުންނުދާ ކަމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އަންގައިފަ އެވެ.
ޖޭއެސްސީގައި 10 މެމްބަރަކު ހިމެނޭއިރު، މަގާމުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިއްބަވަނީ ތިން ބޭފުޅެކެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ. ދެން ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ އަބްދުﷲ އަރީފާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ މުހައްމަދު އީސާފުޅާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ އަބްދުލް ރައޫފް އިބްރާހިމާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި އަބްދުލް ހަންނާން އަހުމަދާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަސްތޫހު ހުސްނީ އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ ލަތީފާ ގާސިމެވެ.
ޗެއިންއާ ގުޅޭ ޕްރެކްޓިސް ޑައިރެކްޝަނަށް ނުރުހުން
ޑީޑީގެ އެދުމަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލްކޮށްފި
ޑީޑީ ބޭރުގައި، ވަކީލް ވިދާޅުވީ ޖަވާބު ދެއްވާނެ ކަމަށް
ފުލުހުން މައްސަލަ ތަހުގީގު ކުރަނިކޮށް ޑީޑީ ފުރައިފި
ޑީޑީގެ މައްސަލައެއް ނުބަލާ ކަން ޕޮލިހުން އަންގާފައިވޭ
"ސުޕްރީމްކޯޓަށް ވަން މީހުން ޖަލަށް ލުމަށް ހުކުމްކުރި"
އަލީ ހަމީދު ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމައިފި
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
ޝާދިޔާގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް
ޝާދިޔާ ބަންދުކުރި މައްސަލާގައި ޕީޖީން ސުޕްރީމް ކޯޓަށް