14 ޖުލައި 2016
ކ. ހިންމަފުށީގައި ހުންނަ "ލައިފް" ފެން އުފައްދާ ފެކްޓްރީގެ ހޮޅިއެއް ފަޅައިގެން ދިއުމުން ފެން އުފެއްދުން މެދު ކަނޑާލުމަށްފަހު ވަގުތީ ގޮތުން މިއަދު ސަޕްލައިކުރަން ފަށާނެ ކަމަށް ބުނެފި އެވެ.
ކ. ހިންމަފުށީގައި ހުންނަ "ލައިފް" ފެން އުފައްދާ ފެކްޓްރީގެ ހޮޅިއެއް ފަޅައިގެން ދިއުމުން ފެން އުފެއްދުން މެދު ކަނޑާލުމަށްފަހު ވަގުތީ ގޮތުން މިއަދު ސަޕްލައިކުރަން ފަށާނެ ކަމަށް ބުނެފި އެވެ.
ލައިފް ފެން އުފެއްދުން މެދުކަނޑާލުމާ ގުޅިގެން ބާޒާރުގައި ވިއްކާ އެހެން ބްރޭންޑްތަކުގެ ފެންފުޅީގެ ޑިމާންޑް ބޮޑުވާނެ ކަމަށް އެހެން ކުންފުނިތަކުން ބުންޏެވެ. އެހެން ބައެއް ކުންފުނިތަކުން ބުނީ "ލައިފް" ފެން ކުރިއެކޭ އެއްގޮތަށް އުފައްދަން ގިނަ ދުވަސްތަކެއް ނަގާ ނަމަ އެކަމަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެންގެ ޑިމާންޑަށް އެއްވެސް ބަދަލެއް ނާދޭ. އެކަމަކު ދެ ހަފުތާ ނަގާ ނަމަ އަޅުގަނޑުމެން ޖެހޭނެ ފެން އުފައްދާ މިންވަރު އިތުރުކުރަން،" ބޮނަކުއާ ބްރޭންޑްގެ ފެން އުފައްދާ ކޮކާކޯލާ ކޮމްޕެނީން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
އެންމެ ގިނަ އަދަދަކަށް ބޭނުންކުރާ އެއް ބްރޭންޑް، ލައިފް ފެކްޓްރީގެ މެނޭޖަރު މުހައްމަދު އިމްތިޔާޒު މިއަދު ވިދާޅުވީ ފެކްޓްރީއަށް ބޭނުންވާ ފެން އުފައްދަން މޫދަށް އަޅާފައިވާ ހޮޅި މިދިޔަ ބުދަ ދުވަހު ފަޅައިގެން ދިއުމާ ގުޅިގެން ފެން އުފެއްދުން މެދުކަނޑާލި ކަމަށެވެ. އަދި ވަގުތީ ހައްލެއް ގެނެސްގެން އުފައްދާ ފެން މިއަދު މާލެއަށް ސަޕްލައިކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންތިޔާޒް ވިދާޅުވީ ފެކްޓްރީން ފުޅީގައި ފެން ބަންދުކުރަނީ ގުދަނުގައި ހުންނަ ޖާގައާ އެއްވަރަށް ކަމަށެވެ. ނަމަވެސް އެއީ ކިހާ މިންވަރެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
"ކުރިއެކޭ އެއްގޮތަށް ފެން އުފައްދަން ފަށަން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ. އަޅުގަނޑުމެންގެ ސްޓޮކްގައި ހުރި ފެންތައް ވެސް ހުސްވެއްޖެ،" އިމްތިޔާޒް ވިދާޅުވި އެވެ.
ފުޅީގައި ފެން ބަންދުކުރުމަށް އެ ރަށުގައި ހަތަރު ޕްލާންޓް ގާއިމުކޮށްފައިވެ އެވެ.
ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދު އަޅާފައިވާ 298 މީޓަރުގެ ހޮޅި ފަޅައިގެން ދިޔައީ ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތްކުރަމުން އަންނަ ކުންފުނީގެ އެކްސްކަވޭޓަރަކުން ޖެހިގެން ކަމަށް ފެން އުފައްދާ ފެކްޓްރީން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ރަށުގެ ބިން ހިއްކަން ފެށުމުގެ ކުރިން އެ ހޮޅި ވަޅުލާފައިވާ ސަރަހައްދުގެ މައުލޫމާތު ރަށު ކައުންސިލާ ހިއްސާކުރި ކަމަށެވެ.
ހިންމަފުށީ މަރާ ގުޅިގެން ޕްލާންޓްގެ މެނޭޖަރު ހައްޔަރު!
ޕްލާންޓުގެ ހޮޅި ފެޅި ލައިފް ފެން އުފެއްދުން ހުއްޓިއްޖެ
ހިންމަފުށީގައި 200 ކޮޓަރީގެ ހޮޓަލެއް އަޅަން ބިމެއް ދޫކުރަނީ
ހިންމަފުށީ ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި
ހިންމަފުށީގައި ފެން ބޮޑުވެ ބައެއް ގެތަކަށް ގެއްލުން
ލައިފް ފެނަށް 20 އަހަރު ފުރިއްޖެ
ހިންމަފުށީ ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި
ޑްރޯން ބޭނުންކޮށްގެން ޖަލަށް ޑްރަގްސް ވައްދަން އުޅެފި
ޖަލަށް ޑްރަގްސް ވައްދަން އުޅުނު އޮފިސަރަކު ހައްޔަރު
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން