31 ޖެނުއަރީ 2018
ކޮލަމްބޯ (ޖެނުއަރީ 31) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބެލުން އަވަސް ކުރަން ޚާއްސަ ކޯޓުތަކެއް ހަދަން ނިންމައިފި އެވެ.
ކޮލަމްބޯ (ޖެނުއަރީ 31) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބެލުން އަވަސް ކުރަން ޚާއްސަ ކޯޓުތަކެއް ހަދަން ނިންމައިފި އެވެ.
ރައީސް މައިތުރިޕާލާ ސިރިސޭނާ 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަން ނައްތާލާނެކަމުގެ ވައުދާ އެކު އެވެ. އަދި ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ފަރާތްތަކަށް އަދަބު ދެއްވާނެކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.
"ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ކޯޓުތަކެއް އުފައްދަނީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް އަވަސް ކުރުމަށް. އެ މައްސަލަތައް މިހާރު ހުރީ ދަށު ކޯޓުތަކުގައި ކުރިއަށް ނުގޮސް،" ލަންކާ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސިރިސޭނާ ވިދާޅުވެފައި ވަނީ ރާޖަޕަކްސާގެ ވެރިކަމުގައި އެއްބަސްވި ވަރަށް ގިނަ ޕްރޮޖެކްޓްތައް ހުރީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށެވެ. އަދި އާ ސަރުކާރުން ވަނީ އެފަދަ ވަރަށް ގިނަ އެއްބަސްވުންތައް އިސްލާހުކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ.
ރާޖަޕަކްސާގެ އެންމެ އިސް ބޭފުޅަކަށް ހުންނެވި ލަލިތު ވީރަތުންގާގެ މައްޗަށް ވަނީ ހަތަރު މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. އަދި ރާޖަޕަކްސާގެ ތިން ފިރިހެން ބޭފުޅުންގެ ތެރޭން ދެ ބޭފުޅެއްގެ މައްޗަށް ވަނީ މަނީ ލޯންޑްރީގެ ދައުވާ އުފުލައިފަ އެވެ. މީގެ އިތުރުން އާއިލާގެ އެހެން ބައެއް މެންބަރުންގެ ކޮރަޕްޝަނުގެ މައްސަލަތައް ވެސް މިހާރު ދަނީ ބަލަމުންނެވެ.
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
ރާޖަޕަކްސާގެ ވެރިކަމުގެ ކޮރަޕްޝަނުގެ ޝަރީއަތް ފަށައިފި
ރާޖަޕަކްސާގެ އަރިސް ދެ އޮފިޝަލަކު ކޮރަޕްޝަނުގައި ޖަލަށް
ރާޖަޕަކްސާގެ އާއިލާގެ މެންބަރުން ރިޔާސީ ކޮމިޝަނަށް
ރާޖަޕަކްސާގެ ދަރިކަލުން ހައްޔަރުކުރުމުން ދައުވާކޮށްފި
ރާޖަޕަކްސާގެ ކޮއްކޮގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަނީ
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް