Roadha Mihaaru
އެންމެ ދިގާއި އެންމެ ކުރުގެ ބައްދަލުވުން

އެންމެ ދިގާއި އެންމެ ކުރުގެ ބައްދަލުވުން

30 ޖެނުއަރީ 2018

ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގައިވާ ގޮތުން ތުރުކީގެ ސުލްތާން ކޯސެން އަކީ ދުނިޔޭގައި މިހާރު ހުރި އެންމެ ދިގު ފިރިހެން މީހާ އެވެ. އޭނާގެ އިސްކޮޅުގައި އަށް ފޫޓު އެއް އިންޗި ހުރެ އެވެ. ރެކޯޑް ފޮތުގައިވާ ގޮތުން އެންމެ ކުރު އަންހެނަކީ އިންޑިޔާގެ ޖޯތީ އަމްގޭ އެވެ. އޭނާގެ އިސްކޮޅަކީ ދެ ފޫޓެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގައިވާ ގޮތުން ތުރުކީގެ ސުލްތާން ކޯސެން އަކީ ދުނިޔޭގައި މިހާރު ހުރި އެންމެ ދިގު ފިރިހެން މީހާ އެވެ. އޭނާގެ އިސްކޮޅުގައި އަށް ފޫޓު އެއް އިންޗި ހުރެ އެވެ. ރެކޯޑް ފޮތުގައިވާ ގޮތުން އެންމެ ކުރު އަންހެނަކީ އިންޑިޔާގެ ޖޯތީ އަމްގޭ އެވެ. އޭނާގެ އިސްކޮޅަކީ ދެ ފޫޓެވެ.

މި ދެ މީހުން ވަނީ މިސްރުގެ ކައިރޯގެ ގިޒާ ޕިރަމިޑްސް ކައިރީގައި ބައްދަލުކޮށް އެކުގައި ފޮޓޯ ސެޝަނެއް ބާއްވައިފަ އެވެ. މިއީ މިސްރުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން އެ ގައުމުގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ކުރި ކަމެކެވެ. މި ދެ މީހުން މިސްރަށް ގޮސް ތިބީ ޓޫރިޒަމް ބޯޑުގެ ދައުވަތަކަށެވެ.

މިސްރަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އެންމެ މަގުބޫލު ތަންތަނަށް މި ދެ މީހުން ޒިޔާރަތްކޮށް ކޮންފަރެންސެއްގައި ވެސް މި ދެ މީހުން ބައިވެރިވާނެ އެވެ.

ކޯސެން، 35، ގެ އިސްކޮޅު ބަލާފައި ވަނީ 2011 ގައި ތުރުކީގަ އެވެ. މިއީ ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އިން މިދިޔަ 20 އަހަރު ތެރޭ މީހެއްގެ އިސްކޮޅު ބެލި ފުރަތަމަ ފަހަރެވެ.

ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް ބުނާ ގޮތުން އަށް ފޫޓަށް ވުރެ ދިގު އިސްކޮޅެއް ހުރި ކަމަށް ތާރީޚުން ވެސް އެނގެން އޮތީ އެންމެ އަށް މީހެއްގެ އެވެ.

ދުނިޔޭގެ އެންމެ ދިގު މީހާގެ ޓައިޓްލް ކޯސެން ހޯދީ ޗައިނާގެ ޒީ ޝުންގެ ރެކޯޑް މުގުރާފަ އެވެ. އޭނާގެ އިސްކޮޅުގެ މިން އެޅީ 2005 ގައެވެ. އޭރު އޭނާގެ އިސްކޮޅުގައި ހުރީ ހަތް ފޫޓު 8.95 އިންޗި އެވެ. ދުނިޔޭގެ އެންމެ ބޮޑު އަތުގެ ވެރިޔާގެ ރެކޯޑް އޮންނަނީ މި މީހާ އަށެވެ.

ޖޯތީ އުފަންވީ 1993 ގައި އިންޑިޔާގެ މަހަރަޝްތުރާގެ ނާގްޕޫރަށެވެ. އަދި 2011 ގައި އޭނާގެ ނަން ދުނިޔޭގެ ރެކޯޑް ފޮތަށް އެރިއިރު އޭނާގެ އުމުރުން 18 އަހަރެވެ. ޖޯތީ މިހާރު މަސައްކަތް ކުރަނީ ފިލްމު ކުޅޭ އެކްޓަރެއްގެ ގޮތުގަ އެވެ. މީގެ އިތުރުން "ލޯ ޝޯ ޑެއި" ކިޔާ ޝޯއެއް އޭނާ ކޯ-ހޯސްޓް ކުރެ އެވެ.