25 ޖެނުއަރީ 2018
މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ތަރައްގީކުރާ ފުޑްކޯޓްގެ ކެފޭތައް ކުއްޔަށް ދޭން ހުޅުވައިލުމުން 29 ފަރާތަކުން ކުރިމަތިލައިފި އެވެ.
މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ތަރައްގީކުރާ ފުޑްކޯޓްގެ ކެފޭތައް ކުއްޔަށް ދޭން ހުޅުވައިލުމުން 29 ފަރާތަކުން ކުރިމަތިލައިފި އެވެ.
ފުޑްކޯޓުގައި ހިމެނޭ ކެފޭތައް އެސްޓީއޯ އިން ދެ ވަނަ ފަހަރަށް ބިޑަށް ހުޅުވައިލިއިރު، އެ ތަނުގެ އަކަފޫޓެއް ކުއްޔަށް ދޭން ނިންމީ 53ރ. ގެ ރޭޓުންނެވެ. އެ ތަންތަނަށް ބިޑް ހުށަހަޅަން ދިން މުއްދަތު ހަމަވީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހަބާރު ސަރަހައްދުގައި ހެދި ކެފޭތައް ކުއްޔަށް ހިފަން ހުށަހެޅި 29 ބިޑް އިވެލުއޭޓްކުރަމުން އަންނަ ކަމަށެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތްތަކާ އެކު އަންނަ ހަފުތާގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހަދަމުން އަންނަނީ ތަފާތު ތިން ސައިޒެއްގެ ކެފޭތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓު އަދި 1،660 އަކަފޫޓުގެ ކެފޭތަކެވެ.
އެ ކެފޭތައް ކުއްޔަށް ދޭން އެސްޓީއޯ އިން ކުރި އިއުލާނުގައި ބުނެފައި ވަނީ ކެފޭތަކުގެ ބިޑް ކާމިޔާބުކުރާ ފަރާތްތަކަށް ތިން މަސް ދުވަހުގެ ސެކިއުރިޓީ ޑިޕޮޒިޓް ދެއްކުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެ އެވެ.
ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ތަރައްގީކުރާ ފުޑްކޯޓުގައި ހިމެނޭ ދެ ވަނަ ވިންގް މި މަހުގެ 31ގެ ނިޔަލަށް ނިންމާނެ ކަމަށް އެސްޓީއޯ އިން ކުރިން ބުނެފައިވެ އެވެ.
ހާބަރު ސަރަހައްދުގައި ހަދާ ކެފޭތަކުގެ މަސައްކަތްކުރަނީ ސިފައިންގެ ތެރޭގައި އޮންނަ ވެލްފެއާ ކުންފުނި ކަމަށްވާ ސިވެކްއާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އެ ތަނުގެ 13 ކެފޭއެއްގެ މަސައްކަތެވެ.
ކުރިން އަމިއްލަ މީހުން ހިންގި ކެފޭތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހައުސިން މިނިސްޓްރީން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ޖެނުއަރީ 2016 ގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ފަހު ހުޅުވާ ގޮތަށެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެ ނޫން ވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިގެންނެވެ. އޭގެ އިތުރުން މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތުތަކެއް ހޭދަވި ކަމަށް އެ ކުންފުނިން ބުންޏެވެ.
ހާބަރު ފުޑް ކޯޓުގެ ބިޑް 19 ފަރާތަކުން ކާމިޔާބުކޮށްފި
ފުޑް ކޯޓުގައި ސިނގިރޭޓް ބުއިން މަނާކުރަން އެދެފި
އާ ހާބަރު ކެފޭތައް އަލުން ބިޑަށް ހުޅުވާލަނީ
ފުޑް ކޯޓުގެ ތިން ޔުނިޓެއް ކުއްޔަށްދޭން އިއުލާންކޮށްފި
ރައީސް ޔާމީން، ފުޑް ކޯޓްތައް ހުޅުއްވައިދެއްވައިފި
ބައެއް ފުޑްކޯޓުތައް އޭޕްރީލް މަހު ހުޅުވަނީ
ފުޑްކޯޓުތަކުގައި ސިނގިރޭޓް ބޮވިގެން ނުވާނެ: ނިހާން
ފުޑްކޯޓުގެ ކެފޭއެއްގެ ކުއްޔަކީ އަކަފޫޓެއް 53ރ.
ހާބަރު ފުޑް ކޯޓުތަކުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ޓީ ޖެޓީން ދޭ އުމްރާ ދަތުރުގެ ގުރުއަތު ނަގައިފި