12 ޖުލައި 2016
ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން ކުރި އަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.
ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން ކުރި އަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ހަވީރު މުވައްޒަފުންނާ ގުޅޭ މައްސަލަ ކޮމިޝަނުން ބަލަމުން އަންނާތީ އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.
ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކުރީ ހަވީރު ނޫސް ހިންގައިގެން ލިބެންޖެހޭ ފައިދާގެ މިންވަރު ކަނޑައަޅަން އެ ނޫހުގެ ތިން ހިއްސާދާރަކު ހުށަހެޅި މައްސަލައިގަ އެވެ. ކޯޓުން އަމުރުކޮށްފައި ވަނީ އެހެން މީޑިއާއެއްގައި އެ މުވައްޒަފުން އުޅޭ ނަމަ އެކަމަށް ސަރުކާރުން ފިޔަވަޅު ވެސް އަޅަންޖެހޭނެ ކަމަށެވެ.
އެ އަމުރަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ އަމުރެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ އަމުރުގައިވާ މުވައްޒަފުންގެ ބައި ދައުލަތުން އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރަން ނިންމިއިރު، "ހަވީރު"ގެ ކުރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަނީ މި މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅައިފަ އެވެ. "ހަވީރު" ހުއްޓާލި އިރު، އެ ވިޔަފާރިތަކުގައި ގާތްގަނޑަކަށް 80 މުވައްޒަފަކު ދިޔައީ ވަޒީފާ އަދާކުރަމުންނެވެ. އޭގެތެރެއިން 50 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން އިސްތިއުފާ ދިނުމަށް ފަހު މިހާރު މަސައްކަތް ކުރަމުން އަންނަނީ "މިހާރު" ނޫހުގަ އެވެ.
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
ހަވީރުގެ މުވައްޒަފުންގެ މައްސަލައަށް އެމްއެމްސީ ވަންނަނީ
ހަވީރު މައްސަލާގައި ޝިފާގުގެ ނުރުހުން އެޗްއާރުސީއެމަށް
ހުކުމްތަކުގެ ތެރެއިން މިއީ ވަރުގަދަ ހުކުމެއް!
ބޮޑީ ތިން މީހުންގެ ހައްގުތަ؟ 70 މީހުންގެ ހައްގުތަ؟
ހަވީރުގެ ކުރީގެ މުވައްޒަފުން މީޑިއާގައި އުޅުން މަނާ
'ހަވީރު' ނޫސް ހިންގޭގޮތް ވުމުން އެމްޖޭއޭގެ މަރުހަބާ
ދިވެހި ނޫސްވެރިކަން ބަދަލުކޮށްލި ސިކުނޑި
174މިލިއަން ލިބުން ލަސްވާތީ ދީބާޖާއިން ކަންބޮޑުވެެއްޖެ
"މިހާރު" ތިން އަހަރު: ފަސް އެނބުރި ބެލުމެއް ނެތް