17 ޖެނުއަރީ 2018
މިދިޔަ ޑިސެމްބަރު މަހަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަސް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެެއްޖެ އެވެ.
މިދިޔަ ޑިސެމްބަރު މަހަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަސް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެެއްޖެ އެވެ.
ކ. އެނބޫދޫފަޅުގައި "ކްރޮސް ރޯޑްސް"ގެ ނަމުގައި ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓްގައި ހިންގާ ބައެއް ރީޓެއިލް ވިޔަފާރިތަކާ ދިވެހި ވިޔަފާރިވެރިންނާ ގުޅުވައިދިނުމަށް ނެޝަނަލް އާޓްގެލަރީގައި މިއަދު ފެށި ފޯރަމް ހުޅުވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެ އަށް 1.3 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ކަމަށެވެ. އެއީ 2016 ވަނަ އަހަރާ އަޅާބަލާއިރު އަށް ޕަސެންޓްގެ ކުރިއެރުމެއްކަން ޒަމީރު ފާހަގަކުރެއްވި އެވެ.
"އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން ބޭނުންވަނީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރެކޯޑް މިންވަރަކަށް މިދިޔަ ޑިސެމްބަރު މަހު ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައި. އަދި މިދިޔަ މަހަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަސް،" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހަކީ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަސް ކަމަށް ވިދާޅުވި ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ޒަމީރު ވިދާޅެއްނުވެ އެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަށް އެހާ ބޮޑު ކާމިޔާބީއެއް ހޯދުނީ ސަރުކާރާއި އިންޑަސްޓްރީން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރި ބުރަ މަސައްކަތުން ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖެއަކީ ދުނިޔޭގެ އެއްވަނަ ޓޫރިޒަމް މަންޒިލަށް ހަދާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"އެކަމަށްޓަކައި އަޅުގަނޑު ވަރަށް ފަޚުރުވެރިވަން،" މިނިސްޓަރު ވިދާޅުވި އެވެ.
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ބޯޑަރު ހުޅުވިފަހުން އައީ އެންމެ 560 ޓޫރިސްޓުން
"ޕީކް ސީޒަން"ގެ މަންޒަރު ބަދަލުވެފައި
ޓޫރިސްޓުން އައި އަދަދު ދެ ޕަސެންޓް އިތުރުވެއްޖެ
ރިސޯޓުތަކުގެ އެނދުތައް ފުރުން އެއާޕޯޓާ ގުޅިފައި
މިދިޔަ މަހު އޮކިއުޕަންސީ ހުރީ 43 ޕަސެންޓްގައި
މިދިޔަ މަހު ވެސް ރާއްޖޭގެ ޓޫރިޒަމް ދަށަށް
މިދިޔަމަހު ޓޫރިސްޓުން އިތުރުވުމަކީ ކާމިޔާބީއެއް: ޒަމީރު
ވިލާގެ ރިސޯޓްތަކާ މެދު މަޓީގެ ކަންބޮޑުވުން ޒަމީރަށް