Roadha Mihaaru
200 ޓަނުގެ މަހާއެކު ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

200 ޓަނުގެ މަހާއެކު ބޭރުގެ މަސްބޯޓެއް ދިވެހި ސިފައިން އަތުލައިގެންފި

12 ޖެނުއަރީ 2018

ރާއްޖޭގެ ޚާއްސަ އިގުތިސޯދީ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް، 200 ޓަނުގެ މަހާއެކު ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް މިރޭ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރާއްޖޭގެ ޚާއްސަ އިގުތިސޯދީ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް، 200 ޓަނުގެ މަހާއެކު ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް މިރޭ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑް ޝިޕް ހުރަވީއަށް އެ ބޯޓު ފެނުނީ މިރޭ 10:50 ހާއިރު، ތ. ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

"ޗޮޓްޕަޓައްނާ 55" ކިޔާ އެ ބޯޓުގައި ތައިލެންޑުގެ 10 ފަޅުވެރިއަކު ތިބިއިރު، އޭގައި ހުރީ ސޯމާލިއާގެ ދިދައެއް ނަގާފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަދި ބޯޓުގެ ކެޕްޓަންއާ ހަވާލާދީ، ކޯސްޓްގާޑުން ބުނީ އޭގައި 200 ޓަނުގެ މަސް ހުރި ކަމަށެވެ.