03 ޖެނުއަރީ 2018
މިދިޔަ ކްރިސްމަަސް އާއި އާ އަހަރު ފުރުން ފާހަގަކުރަން ހަފުތާއެއް ތެރޭގައި 140 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް ރާއްޖެ އައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
މިދިޔަ ކްރިސްމަަސް އާއި އާ އަހަރު ފުރުން ފާހަގަކުރަން ހަފުތާއެއް ތެރޭގައި 140 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް ރާއްޖެ އައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބިޒީ ދުވަސްވަރަކީ ޔޫރަޕަށް ފިނި މޫސުން ކަމަށްވާ ނޮވެމްބަރުން އޭޕްރީލް މަހާ ދެމެދެވެ. ހާއްސަކޮށް، ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އާދެ އެވެ. އޭގެ ތެރޭގައި ބޮޑެތި މަހުޖަނުންނާއި މަޝްހޫރު މީހުން ހިމެނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ކްރިސްމަސް އާއި އާ އަހަރު ފާހަގަކުރަން މިފަހަރު އައި ޖެޓްތައް ކުރިން ލަފާކުރި އަދަދަށް ވުރެ އިތުރު ކަމަށެވެ. އަދި މި އަހަރު އައި ޖެޓްތައް އިތުރުވެފައި، ސައިޒު ވެސް ބޮޑު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 17 ޖެޓް ޖެއްސި އެވެ. އެ ކުންފުނިން ކުރިން ލަފާކުރީ ދުވާލަކު 12 ޖެޓް ޖައްސާނެ ކަމަށެވެ.
ޖެނުއަރީ 1 ވީ މިދިޔަ ހޯމަ ދުވަހު 38 ޖެޓް ޖައްސާނެ ކަމަށް އެމްއޭސީއެލް އިން ކުރިން އޮތީ ބުނެފަ އެވެ.
ވެލާނާ އެއާޕޯޓުގައި ޖާގަ ނެތިގެން މީގެ ކުރިން ޖެޓުތައް ޕާކުކުރަން ޑޮމެސްޓިކް ބައެއް އެއާޕޯޓުތަކަށާއި އަވައްޓެރި ގައުމުތަކަށް ވެސް ފޮނުވާފައިވެ އެވެ. އެކަމަކު، އަމިއްލަ ޖެޓުތަކަށް ހާއްސަކޮށް އެއާޕޯޓުގެ އުތުރު ކޮޅުގައި ތަރައްގީ ކޮށްފައިވާ އޭޕްރަން ބޭނުން ކުރަން ފެށުމުން ޖާގަ ވަނީ ތަނަވަސްވެފަ އެވެ. އެތަނުގައި އެއްފަހަރާ 30 ޖެޓް ޕާކުކުރެވެ އެވެ.
މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އަށް
10 ދުވަހުގެ ތެރޭގައި 130 ޖެޓް އަންނާނެ
ޖެޓުތަކުން އެއާޕޯޓް ފުރާލައިފި، ރެކޯޑް ސީޒަނެއް
އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ އިތުރުކޮށްފި
ޖެޓް ތައް ގިނަވުމުން ފްލައިޓް މޫވްމަންޓްގެ އާ ރެކޯޑެއް
2،600 ޖެޓް ޖައްސައިފި، ބޮޑު ކުރިއެރުމެއް
ޖެޓްތައް ގިނަވެ، ޕާކްކުރުން އާ ރަންވޭ އަށް!
މި މަހު 300 ޖެޓު އެއާޕޯޓަށް ޖައްސައިފި
އާ އަހަރާ ދިމާކޮށް ޖެޓުތަކުން އެއާޕޯޓު ފުރާލައިފި
ޓްރެފިކް ބާރު ބޮޑު ދެ ދުވަހަށް ތައްޔާރު: އެމްއޭސީއެލް