Roadha Mihaaru
އާ އަހަރާ ދިމާކޮށް ޖެޓުތަކުން އެއާޕޯޓު ފުރާލައިފި

އާ އަހަރާ ދިމާކޮށް ވެލާނާ އެއާޕޯޓު ޖެޓުތަކުން ފުރާލައިފި

30 ޑިސެމްބަރ 2021

ޓޫރިޒަމްގެ ޕީކް ސީޒަން، އާ އަހަރާއި ކްރިމަސް ޗުއްޓީއާ ދިމާކޮށް ޕްރައިވެޓް ޖެޓްތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުރާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިޒަމްގެ ޕީކް ސީޒަން، އާ އަހަރާއި ކްރިމަސް ޗުއްޓީއާ ދިމާކޮށް ޕްރައިވެޓް ޖެޓްތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުރާލައިފި އެވެ.

މިދިޔަ ދެ ދުވަހުގެ ތެރޭގައި އެކަނި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޕްރައިވެޓް 35 ޖެޓު ޖެއްސި އެވެ.

އެމްއޭސީއެލް އިން ބުނީ ޝެޑިއުލުން ދައްކާ ގޮތުގައި، އަންނަ އަންގާރަ ދުވަހަކީ މި ސީޒަންގައި އެންމެ ގިނަ ޕްރައިވެޓް ޖެޓު އަންނާނެ ދުވަހެވެ. އެ ދުވަހު އެކަނި 40 އަށް ވުރެން ގިނަ ޖެޓު ޖައްސާނެ އެވެ.

ރާއްޖެއިން ބޭރުން، ކޮންމެ ދުވަހަކު އަންނަ އެތައް ފަސިންޖަރުންނާ އެކު އެއާޕޯޓަށް މި ދުވަސްވަރު ވަނީ ވަރަށް ބާރުބޮޑުވެފަ އެވެ. ރާއްޖޭގައި ކްރިމަސް އާއި އާ އަހަރު ފާހަގަކުރަން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާ އިރު މިދިޔަ ހޯމަ ދުވަހަކީ އާ ރެކޯޑެއް ހެދި ދުވަހެކެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި އެ ދުވަހު އެކަނި ރާއްޖެ އަށް 7،000 ޓޫރިސްޓުން އަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ، މި އަހަރަށް ކަނޑައެޅި ޓާގެޓަށް ވުރެ ތިން ލައްކަ އިތުރު އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން 1.6 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އަންނާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ދެ މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށް އިއުލާނުކޮށްފަ އެވެ.