Roadha Mihaaru
ރަޖްނީކާންތު ސިޔާސީ މައިދާނަށް ނުކުމެއްޖެ

ރަޖްނީކާންތު ސިޔާސީ މައިދާނަށް ނުކުމެއްޖެ

02 ޖެނުއަރީ 2018

ޓެމިލް ނާޑޫގެ މުޅި ސިޔާސީ ނިޒާމް ބަދަލުކުރަންވީ ވަގުތު އަތުވެއްޖެކަމަށް ބުނަމުން ތަމަޅަ ސުޕަސްޓާ ރަޖްނީކާންތު ސިޔާސީ މައިދާނަށް ނުކުންނަކަން، މިދިއަ އާދިއްތަ ދުވަހު، އިއުލާން ކޮށްފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ޓެމިލް ނާޑޫގެ މުޅި ސިޔާސީ ނިޒާމް ބަދަލުކުރަންވީ ވަގުތު އަތުވެއްޖެކަމަށް ބުނަމުން ތަމަޅަ ސުޕަސްޓާ ރަޖްނީކާންތު ސިޔާސީ މައިދާނަށް ނުކުންނަކަން، މިދިއަ އާދިއްތަ ދުވަހު، އިއުލާން ކޮށްފި އެވެ.

އޭނާއަށް ސަޕޯޓްކުރާ އެތައް ހާސް މީހުންނެއްގެ ތަރުހީބުން ގުގުމާފައިވާ މާހައުލެއްގައި އޭނާ ސިޔާސީ މައިދާނަށް ނުކުންނަކަން އިއުލާން ކުރަމުން ރަޖްނީކާންތު ބުނީ ސިޔާސީ މައިދާނަށް ވަންނާނީ އަމިއްލަ ޕާޓީއެއް އުފެއްދުމަށް ފަހު އެ ޕާޓީން ކަމަށެވެ.

ރަޖްނީކާންތަކީ ތަމަޅައިންގެ މެދުގައި ވަރަށް މަޝްހޫރު އެކްޓަރެކެވެ. އޭނާގެ އާ ފިލްމުތައް ނުކުންނަ ދުވަސްވަރު ސިނަމާތަކުގެ ބޭރުގައި ދިގު ކިޔޫތައް އަބަދުވެސް އޮވެ އެވެ.

އެކްޓަރު ކަމަލް ހަސަން އާއި ރަޖްނީކާންތުގެ މެދުގައި ކުރިން ވާދަވެރިކަން އޮތީ ފިލްމީ މައިދާނުގައި ނަމަވެސް ރަޖްނީކާންތު ސިޔާސީ މައިދާނަށް ނުކުތުމާ އެކު ސިޔާސީ ގޮތުން ވެސް މި ދެ މީހުންގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ އެވެ.

ރަޖްނީކާންތު، 67، އަކީ ތަމަޅަ ފިލްމުތަކުގެ އިތުރުން ބައެއް ހިންދީ ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ކުޅަދާނަ އެކްޓަރެކެވެ.

ސިޔާސީ މައިދާނަށް ވަންނަކަން އިއުލާން ކުރަމުން ރަޖްނީ ބުނީ އޭނާ މިހާރު ކުޅެމުން އަންނަ "ކާލާ" ރިލީޒް ކުރާތާ ދެ މަސް ފަހުން "2.0" ރިލީޒްކުރާނެ ކަމަށާއި އޭގެ ފަހުން ދެން ވާނެ ގޮތެއް ދެނެވޮޑިގަންނަވާނީ ކަލާނގެ ކަމަށެވެ.