10 ޖުލައި 2016
އީވޯ ހޯމް ފިހާރަ މަރާމާތުކޮށް، ބަދިގެ ސާމާނާއި ފަރުނީޗަރުގެ އެންމެ ފަހުގެ އުފެއްދުންތަކާ އެކު މިރޭ އަލުން ހުޅުވައިފި އެވެ.
އީވޯ ހޯމް ފިހާރަ މަރާމާތުކޮށް، ބަދިގެ ސާމާނާއި ފަރުނީޗަރުގެ އެންމެ ފަހުގެ އުފެއްދުންތަކާ އެކު މިރޭ އަލުން ހުޅުވައިފި އެވެ.
މަޖީދީމަގު، ޕީޖީ އޮފީސް ކުރިމަތީ ހުންނަ މި ފިހާރަ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަދިގެ ސެޓާއި ކޮޓަރި އަށް ބޭނުންވާ ފަރުނީޗަރު ވިއްކާ ފިހާރައެކެވެ.
ޔޫރަޕް ގައުމުތަކުގެ މަޝްހޫރު ބްރޭންޑުތަކުގެ މުދާ ވިއްކާ މިި ފިހާރަ މަރާމާތަށް ފަހު އަލުން ހުޅުވިއިރު، މިހާރު އެ ފިހާރައިގައި އާ އަށް ބަދިގެ ޑިސްޕްލޭ ބަހައްޓާފައިވެ އެވެ. މިއީ އެ ފިހާރައިން ލިބެން ހުންނަ ބްރޭންޑުތަކުން މި އަހަރު އުފައްދާފައިވާ އާ ޑިޒައިންތައް ކަމަށް އީވޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ރިޒްމާ ރަޝީދު ވިދާޅުވި އެވެ.
އީވޯ ހޯމް ފިހާރަ މަރާމާތަށް ފަހު އަލުން ހުޅުވާފައި: މިހާރު އެ ފިހާރައިގައި ހުންނާނީ އެންމެ ފަހުގެ އުފެއްދުންތައް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"ކޮންމެ އަހަރަކު ވެސް އާ ޓްރެންޑަކަށް އެ މީހުންގެ އުފެއްދުންތައް ތައްޔާރު ކުރާނެ. އަޅުގަނޑުމެން ކޮންމެ އަހަރަކު ވެސް އާ އުފެއްދުންތައް ދައްކާލަން ޑިސްޕްލޭ ބަދަލު ކުރަން. އެކަމަކު، މިއީ އާ އުފެއްދުންތައް ދައްކާލަން މިފަދަ މަރާމާތެއް ކުރި ފުރަތަމަ ފަހަރު،" އޭނާ ވިދާޅުވި އެވެ.
ރިޒްމާ ވިދާޅުވީ ހުޅުމާލޭގައި ޝޯރޫމެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި "އީވޯ ސާފޭސަސް"ގެ ނަމުގައި އެ ކުންފުނީގެ ފެކްޓްރީ އެއް ވެސް ހުޅުވާނެ ކަމަށާއި ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި މި ދެ ތަން ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީވޯ ހޯމް ފިހާރަ މަރާމާތަށް ފަހު އަލުން ހުޅުވާފައި: މިހާރު އެ ފިހާރައިގައި ހުންނާނީ އެންމެ ފަހުގެ އުފެއްދުންތައް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އީވޯ ސާފެސަސްއަކީ، ރިޒްމާ ވިދާޅުވި ގޮތުގައި، ކަސްޓަމަރުން ބޭނުންވާ ގޮތަށް ބަދިގޭގެ ވޯކްޓޮޕް ކަފައިދޭ ފެކްޓްރީއެކެވެ. އެ ގޮތުން، ސްޕެއިންގެ ކޮސެންޓީނޯ ބްރޭންޑުގެ ސްޓޯން އަދި ގްރެނައިޓް ފަދަ ތަކެތި ރާއްޖެ ގެނެސް، ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަފައި ދިނުމުގެ ހިދުމަތް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަރާމާތަށް ފަހު އީވޯ ހޯމް ހުޅުވިއިރު ޑިސްޕްލޭ ކޮށްފައި ހުރި ބަދިގެ ސެޓުތަކުގައި ހުންނާނީ އީވޯ ސާފެސަސްގައި ކަފާފައި ހުރި ވޯކްޓޮޕްސް. އެހެންވެ، ހުރިހާ ކަސްޓަމަރުންނަށް ވެސް އީވޯގެ މި އާ ހިދުމަތް ބަލާލައި ތަޖުރިބާ ކޮށްލަން ލިބޭނެ،" ރިޒްނާ ވިދާޅުވި އެވެ.
"ޒްބޮމް" ބްރޭންޑްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
ސްކަވޯލީނީއާ އެކު އިޓަލީގެ މޮޅު ޑިޒައިން ރާއްޖެ އަށް
ކިޗަންވެއާއަށް ހާއްސަ ފްރޭންކީ އާއި ފެބާގެ ޝޯރޫމެއް
މި ރަށުގައި ބަދިގެ ހުންނަނީ ގެއާ މާ ދުރުގައި
ހައި އެންޑްގެ އަގުހުރި އިނާމުތަކަކާއި ޑިސްކައުންޓް
"އޭވޮން" އިން އާ އެނދެއް ތައާރަފް ކޮށްފި
ކިމްގެ "މިނިމަލިސްޓިކް" ބަދިގެ ދުށިންތަ؟
ދަމާސްގެ "އިޔާ އެންޑް ސޭލް"ގެ ލަކީޑްރޯ ނަގައިފި
ދަމާސްގެ "އިޔަ އެންޑް ސޭލް" ފަށައިފި
މުލީގައި އަލިފާނުގެ ބޮޑު ހާާދިސާއެއް