20 ޑިސެމްބަރ 2017
ރާއްޖޭގެ ބޭންކުތަކުގެ ފައިދާ މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު 14 ޕަސެންޓް އިތުރުވެއްޖެ އެވެ.
ރާއްޖޭގެ ބޭންކުތަކުގެ ފައިދާ މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު 14 ޕަސެންޓް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ބޭންކުތަކުގެ ފައިދާ މިދިޔަ ކުއާޓަރު ނިމުނުއިރު 14 ޕަސެންޓް އިތުރުވިއިރު، ކުރީ އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކުތަކުގެ ފައިދާ 26 ޕަސެންޓް އިތުރުވި ކަމަށެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނެފައި ވަނީ ބޭންކުތަކުގެ ފައިދާ އާދަޔާ ހިލާފަށް އިތުރުވުމާއި ގަވައިދުން ނުދައްކާ ހުރި ގިނަ އަދަދެއްގެ ލޯނުގެ ފައިސާ އަނބުރާ ހޯދުމުން ކަމަށެވެ.
އެމްއެމްއޭ އިން ބުނީ މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ބޭންކުތަކުގައި ޖަމާކޮށްފައި ހުރީ 28.8 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.6 ބިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ހަ ޕަސެންޓް ދަށްވުމެކެވެ.
އެމްއެމްއޭއިން ނެރުނު މިދިޔަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ ބޭންކުތަކުގައި ޖަމާކުރި ފައިސާގެ އަދަދު މަދުވީ ރިސޯޓުތައް ތަރައްގީކުރުމަށާއި ޑިވިޑެންޑާއި ޓެކްސް ދެއްކުމަށް ނެގި އަދަދު އިތުރުވުމުން ކަމަށެވެ.
އެ ބުލެޓިންގައިވާ ގޮތުން ބޭންކުތަކުން ދޫކުރި ލޯނުތަކުގެ ތެރެއިން ގަވައިދުން ފައިސާ ނުދައްކާ މިންވަރު ވަނީ މިދިޔަ ކުއާޓަރުގައި 17 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި ގަވައިދުން ފައިސާ ނުދައްކާ ލޯނުގެ މިންވަރު އިތުރުވި ނަމަވެސް ޖުމްލަ ލޯނުގެ މިންވަރާ އަޅާބަލާއިރު ހުރީ 14 ޕަސެންޓްގައި ހިފެހެއްޓިފައި ކަމަށް ބުނެފައިވެ އެވެ. އޭގެ ސަބަބަކީ އެ ކުއާޓަރުގައި ލޯނު ދޫކުރި މިންވަރު އިތުރުވުމުންނެވެ. އޭގެ އިތުރުން ނުދައްކާ ހުރި ލޯނުތަކުގެ 97 ޕަސެންޓް ބޭންކުތަކުން ޕްރޮވިޝަން ހަދާފައިވާ ކަމަށް ވެސް ވެސް މަރުކަޒީ ބޭންކުގެ ބުލެޓިންގައި ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނީ ބޭންކުތަކުން ލޯނު ދޫކުރި މިންވަރު މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން އެ ކުއާޓަރު ނިމުނުއިރު 2.6 ބިލިއަން ރުފިޔާ ލޯނު ދޫކޮށްފައިވާ ކަމަށް ވެސް އެ ބުލެޓިންގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ބޭންކިން ވިޔަފާރި މި ގޮތުގައި ބާއްވަންވީތަ؟
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
އުޅުނީ ގަސްތުގައި މާލީ ނިޒާމް އިނދަޖައްސާލަން: ސައީދު
"މިއީ ލޯމަރާލާފައި ހަރަދު ކުޑަކުރަންވީ ވަގުތު"
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"
މާލީ ދާއިރާ ފުޅާކޮށް އެމްއެމްއޭ ޒަމާނީ ކުރުމާ ދިމާލަށް
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ލިކުއިޑިޓީ ހަމަޖައްސަން 90 މިލިއަން ހޯދިން: ޓިމް