ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިއަދު ވިދާޅުވެއްޖެ އެވެ.
19 ޑިސެމްބަރ 2017
ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ވަޑައިގެން މެލޭޝިއާ ބަހުން ކުރެއްވި ޓުވީޓެއްގައި ބޮޑުވަޒީރު ވިދާޅުވީ މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގައި ކަމަށާއި އިރާދަކުރެއްވިއްޔާ ތަފާތު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށެވެ. އެގޮތުން ސިއްހަތާއި ޓޫރިޒަމް އަދި މަތީ ތައުލީމްގެ ދާއިރާ ހިމެނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުން ބުނީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ރަސްމީ ބައްދަލުވުންތައް ބޭއްވެވުމުގެ އިތުރުން އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށެވެ.
Baru sahaja tiba untuk lawatan rasmi saya di Maldives. Insya-Allah kita akan tingkatkan kerjasama dalam pelbagai bidang termasuklah kesihatan, pelancongan dan pengajian tinggi. pic.twitter.com/3cRd3LBLoy
— Mohd Najib Tun Razak (@NajibRazak) December 19, 2017
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ކުރެއްވި ޓުވީޓް
މި އެއްބަސްވުންތަކުގައި ސޮއިކުރައްވާނީ ރައީސް އޮފީހުގައި މާދަމާ ބާއްވާ ހާއްސަ ރަސްމިއްޔާތުގަ އެވެ.
މިއީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ގައުމުގެ ބޮޑު ވަޒީރުކަމާ ނަޖީބު ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.
މިއީ މިދިޔަ 33 އަހަރުގެ ތެރޭގައި، މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ރާއްޖެ ވަޑައިގަތީ 1984 ގަ އެވެ.
ރައީސް ޔާމީންގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގް މިއަދު ރާއްޖެ ވަޑައިގަތުމުން، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާތަނަށް ވަނީ ދެ ފަހަރެއްގެ މަތިން މެލޭޝިއާ އަށް ވަޑައިގެންފަ އެވެ. މިދަތުރުފުޅުތަކުގައި އެކި ދާއިރާތަކުން ރާއްޖެ އަށް ލުއި ފަސޭހަތައް ހޯއްދަވައިދެއްވަން މަޝްވަރާކުރެއްވި އެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މެލޭޝިއާ އަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. ދިވެހިންނަށް ކުރިން ދެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެވެ.
ރައީސްގެ ސިޔާސަތަށް ޒުވާނުން ފަހުރުވެރިވާންޖެހޭ: ޝަހީމް
ގުޅުން ބަދަހިވެ، ފުރުސަތުތައް ވަނީ ލިބިފައި: ނަޖީބު
މެލޭޝިއާގެ ބޮޑުވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އަށް ބޭނުން: ރައީސް
ރާއްޖެ-މެލޭޝިއާ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި
މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ އަންގާރަ ދުވަހު
މެލޭޝިއާއަށް ދިއުމުގެ ކުރިން ކަރަންޓީން ފީ ދޭންޖެހޭ
ރާއްްޖޭން މެލޭޭޝިއާއަށް ދިޔަ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވް
ބޭރުގައި ތިބި މީހުންނަށް 1،061 ޕެކޭޖް ފޯރުކޮށްދީފި