Roadha Mihaaru
މެލޭޝިއާއަށް ދިއުމުގެ ކުރިން ކަރަންޓީން ފީ ދޭންޖެހޭ

މެލޭޝިއާ އަށް ދިއުމުގެ ކުރިން ކޮވިޑް ޓެސްޓާއި ކަރަންޓީން ފީ ދައްކަން އަންގައިފި

14 ނޮވެމްބަރ 2020

މެލޭޝިއާ އަށް ދަތުރު ކުރުމުގައި ކޮވިޑް-19 އަށް ޓެސްޓު ހެދުމަށާއި ކަރަންޓީނަށް ދައްކަންޖެހޭ ފައިސާ އެ ގައުމަށް ދިއުމުގެ ކުރިން ދައްކަން ޖެހޭނެ ކަމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މެލޭޝިއާ އަށް ދަތުރު ކުރުމުގައި ކޮވިޑް-19 އަށް ޓެސްޓު ހެދުމަށާއި ކަރަންޓީނަށް ދައްކަންޖެހޭ ފައިސާ އެ ގައުމަށް ދިއުމުގެ ކުރިން ދައްކަން ޖެހޭނެ ކަމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިި އެވެ.

މެލޭޝިއާ އަށް ދަތުރުކުރާއިރު، ކޮވިޑް-19 އާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އެ ގައުމުން ވަނީ އަޅައިފަ އެވެ. މެލޭޝިއާ އަށް ދާ އެހެން ގައުމުތަކުގެ މީހުން ކޮވިޑަށް ޓެސްޓު ކުރުމާއި ކަރަންޓީންގައި 14 ދުވަހު މަޑުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެކަމަށް ފައިސާ ދައްކަން ޖެހެނީ އަމިއްލަ އަށެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށާއި ކަރަންޓީނަށް ދައްކަންޖެހޭ ފައިސާ މާދަމާ އިން ފެށިގެން އޮންލައިންކޮށް ދެއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެހެންވެ، އެ ފީތައް މެލޭޝިއާ އަށް ދަތުރު ކުރަން ފެށުމުގެ ކުރިން ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ދެއްކި ކަމުގެ ލިޔުން އެއާޕޯޓުގެ އޮފިޝަލުންނަށް ދައްކަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މެލޭޝިއާ އިން ކޮވިޑް-19 އަށް ޓެސްޓް ކުރަން 58 ޑޮލަރާއި 169 ޑޮލަރާ ދެމެދުގެ އަގެއް ނަގަ އެވެ.