Roadha Mihaaru
މެލޭޝިޔާއިން އައި ދިވެހި މީހާ ކޮވިޑަށް ނެގެޓިވް

މެލޭޝިޔާ އިން އައި ދިވެހި މީހާ ކޮވިޑް-19 އަށް ނެގެޓިވް

12 މާޗް 2020

މެލޭޝިޔާ އިން ރާއްޖެ އައި ދިވެހި މީހާ، ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެލޭޝިޔާ އިން ރާއްޖެ އައި ދިވެހި މީހާ، ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެއީ، ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އަށް އަށް ޕޮޒިޓިވް ވެފައިވާ މީހަކާ އެއް އިމާރާތެއްގައި ދިރިއުޅުމަށް ފަހު ރާއްޖެ އައި މީހެއް ކަމަށް އެޗްޕީއޭ އިން ރޭ ބުނެފައި ވެ އެވެ.

ޓެސްޓުކުރުމަށް އޭނާ ބަހައްޓާފައި ހުރީ ކ. ގުރައިދޫ ކައިރީގައި އޮންނަ ވިލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގަ އެވެ. ނަމަވެސް އެ ބައްޔަށް ނެގެޓިވް ވުމުން މިހާރު އޭނާ ގޭގައި އެކަހެރިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ މިސްކިތަކަށް ގޮސް އުޅުނު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެ މިސްކިތަށް ދިވެއްސަކު ދިޔަ ނަމަ އެކަން ކަމާބެހޭ އިދާރާތަކަށް އަންގަން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ވަނީ އެދިފަ އެވެ.

އެ ގައުމުގައި މިހާރު ކޮވިޑް-19 ބަލީގެ 123 މީހަކު އެބަތިއްބެވެ. އެ ގައުމުން 149 މީހަކަށް އެ ބަލި ޖެހުނުއިރު 26 މީހަކު ވަނީ ރަނގަޅު ވެސް ވެފަ އެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރޭ އިއުލާނުކޮށްފައިވާއިރު، ރާއްޖެއިން ވެސް ވަނީ އެ ބަލީގެ އަށް މީހަކު ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހަކާއި ކުރަމަތި މޯލްޑިވްސް ރިސޯޓުގެ ދެ މީހެކެވެ.