06 އޯގަސްޓް 2018
ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތަށް ކޮންމެ ތައުލީމީ ޒުވާނަކު ފަހުރުވެރިވާން ޖެހޭ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތަށް ކޮންމެ ތައުލީމީ ޒުވާނަކު ފަހުރުވެރިވާން ޖެހޭ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް އެ ގައުމުގައި ބޭއްވި ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ، ރާއްޖެ ދެކޭ ކުރިއެރުން ދެމެހެއްޓުމަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތައް ދެމެހެއްޓުމުގައި ރައްޔިތުންނާއި ކިޔަވާ ކުދިންގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.
އެހެންވެ، ޕީޕީއެމްގެ ޓިކެޓު ގައި އަންނަ މަހުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ޔާމީންގެ ރަނިންމޭޓު ޝަހީމް އެދިވަޑައިގަތީ އެ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދިނުމަށް މަސައްކަތް ކުރުމަށެވެ.
މެލޭޝިއާގައި ކިޔަވަމުން އަންނަ ދިވެހިންނާއެކު ޝަހީމް ރޭ ބޭއްވި ބައްދަލުވުން. -
ޝަހީމް ވިދާޅުވި ގޮތުގައި، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ މުސްތަގްބަލް ގައި އަންނާނެ ވަރަށް މަތިވެރި ފުރުސަތެކެވެ. އެ އިންތިޚާބަކީ ރާއްޖޭގެ ކުރިމަގު ކަނޑައަޅާނެ އިންތިޚާބެއް ކަމަށާއި މިއީ ބޭރުގެ އެކިއެކި ނުފޫޒުތައް ދިވެހި ދައުލަތުގެ މައްޗަށް ހުރިހާ ވަގުތެއްގައި ބާއްވާ ނުހަނު ހައްސާސް އިންތިޚާބެއް ކަމަށް ވެސް ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަން ކުރައްވާ ޝަހީމް ވިދާޅުވި އެވެ.
"އިންތިހާބު ކާމިޔާބު ކުރުމާ އެކު، ރާއްޖެ ތަރައްގީ އާއި ކުރިއެރުމާ ދިމާލަށް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާތަން ދެކޭނެ،" ގިނަ ދިވެހިންތަކެއް ބައިވެރިވި ބައްދަލުވުމުގައި ޝަހީމް ވިދާޅުވި އެވެ.
ސިންގަޕޫރާއި މެލޭޝިއާ ފަދަ ގައުމުތަކުން މިސާލު ނަންގަވައި، ޝަހީމް ވިދާޅުވީ ބޮޑެތި އިމާރާތްތަކާއި ތަހުޒީބު މުޖުތަމަ އާއި ކުރިއެރުމާއި ތަރައްގީ ދިވެހިން ދެކެން ބޭނުންވާ ކަމަށެވެ. އަދި ސިޔާސީ ހަލަބޮލިކަމާއި ނޭއްގާނީ ކަންކަމާއި އަދާވާތްތެރިކަމާއި ރުޅިވެރިކަން ދިވެހިންގެ ތެރެއިން ފޮހެލައި، ކުރިއެރުމާއި ތަރައްގީ އަށް އިސްކަން ދޭން ޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މެލޭޝިއާގައި ކިޔަވަމުން އަންނަ ދިވެހިންނާއެކު ޝަހީމް ރޭ ބޭއްވި ބައްދަލުވުން. -
"އަޅުގަނޑުމެންނަކީ އެއް ބަޔަކު، އަނެއް ބަޔަކު ދެކެ ލޯބިވާ އަދި ކޮންމެ ޕާޓީއެއްގައި ހުރި މެމްބަރަކު ކަމަށްވިޔަސް، އެ މެމްބަރަކީ ގައުމު ދެކެ ލޯބިވާ ރާއްޖޭގެ ހަމަޖެހުމަށް އިސްކަން ދޭ ކުރިއެރުމާއި ތަރައްގީ އަށް ދަހިވެތިވެފައިވާ މީހަކަށް ވާން ޖެހޭނެ. ހާއްސަކޮށް ދިވެހި ޒުވާނުން،" އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، ދިވެހި އެތައް ޒުވާނުންނަށް ވަނީ އެތައް ހާސް ތައުލީމްގެ ފުރުސަތުތައް ފަހިވެފަ އެވެ. އަދި މެލޭޝިއާ ގައި ދިރިއުޅޭ ބައެއް ދިވެހިން ބޭނުންވާ ކަންކަން އޭނާ އަށް ހަމައަށް އައިސްފައިވާ ކަމަށާއި އެ ކަންކަން ހައްލުކޮށް ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެލޭޝިއާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޝަހީމް ވަނީ ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބުވެވަޑައިގެންފި ނަމަ، އެ ގައުމުގައި ކަލްޗަރަލް ސެންޓަރެއް ހުޅުވައި، ދިވެހިންނަށް ދިވެއްސާއި އިސްލާމް ކިޔަވައި ދިނުމުގެ ފުރުސަތު ފަހިކޮށް ދެއްވުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުން ރާއްޖޭގެ ތަރައްގީ އަށް މަސައްކަތްކޮށް ދިނުމަށް. ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުންނަށްޓަކައި، އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި މަތިވެރި އަހުލާގު ދެމެހެއްޓުމަށް. މިއީ ރައްޔިތުން އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބެން ޖެހޭ ސަބަބު،" ޝަހީމް ވިދާޅުވި އެވެ.
"އިދިކޮޅު ވެރިކަމެއްގައި އޮންނާނީ ޖާސޫސްކުރުމާއި ތަޅާފޮޅުން"
މެލޭޝިއާއިން އެނގުނީ ތަރައްގީ ބޭނުންވާކަން: ޚަލީލް
އުފާވެރި ޚަބަރުތައް ރައީސް ދެއްވީ ތަފާސްހިސާބުން
އަމިއްލަ މަސްލަހަތެއް ނެތް، ވޯޓު ދެއްވާ: ޝަހީމް
އައިސީޓީ ދާއިރާ ތަރައްގީކުރުން: ރައީސްގެ ބޮޑު ވައުދެއް
ރާޅާ އަޅާ މީހުންނަށް ތަނބުރުދޫ ތަރައްގީކުރަނީ
"ވިލިމާލެ 2 އާއެކު އުފެދިގެން އަންނަނީ މަދީނާއެއް"
މަންހަޖުގައި އައިސީޓީ ހިމަނާނަން: ރައީސް
ސަބްމެރިން ކޭބަލެއް ގަނެ އިންޓަނެޓުގެ އަގުހެޔޮ ކުރަނީ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"