Roadha Mihaaru
އިހަވަންދޫން ގިނަ ބަޔަކު ޕީޕީއެމަށް ސޮއިކޮށްފި

އިހަވަންދޫން 80 އަށް ވުރެ ގިނަ މީހުން ޕީޕީއެމަށް ސޮއިކޮށްފި

18 ޑިސެމްބަރ 2017

ހއ. އިހަވަންދޫގެ 80 އަށް ވުރެ ގިނަ މީހުން ޕީޕީއެމަށް ރޭ ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. އިހަވަންދޫގެ 80 އަށް ވުރެ ގިނަ މީހުން ޕީޕީއެމަށް ރޭ ސޮއިކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ރަށުގެ އެމްޑީޕީ ކެމްޕެއިން މެނޭޖަރާއި ގިނަ އެކްޓިވިސްޓުންތަކެއް ޕީޕީއެމާ ގުޅިފައިވާ ކަމަށެވެ. އެއީ އެ މީހުންނަށް އިހުތިރާމް ނުކުރި އެމްޑީޕީ ކައުންސިލަރުންނަށް ދިން ރައްދެއް ކަމަށް ޝައިނީ ކުރެއްވި ޓްވީޓުގައި ފާހަގަކުރެއްވި އެވެ.

ޝައިނީ ކުރެއްވި ޓްވީޓް

އެ ރަށުން 80 އަށް ވުރެ ގިނަ މީހުން ޕީޕީއެމަށް ސޮއިކޮށްފައި މި ވަނީ، މަސްވެރިންގެ ދުވަހާ ގުޅިގެން އެ ރަށުގައި ބޭއްވި ހަރަކާތްތަކުގައި އެމްޑީޕީ މެޖޯރިޓީ އޮންނަ އިހަވަންދޫ ކައުންސިލާއި ރަށުގެ ޕީޕީއެމްގެ ސަޕޯޓަރުންނާ ހިޔާލު ތަފާތުވެފައި ވަނިކޮށެވެ.

ޝައިނީ ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރަން ކައުންސިލްގެ އެއްބާރުލުން ނުލިބޭ ކަމަށާއި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސީ ރައްޔިތުންގެ ތެރެއިން އަމިއްލަ ބަޔަކު ކަމަށެވެ. އިހަވަންދޫ މަސްވެރިންނަށް ލިބެން އޮތް ރީތި ނަމާއި ފަޚުރެއް، ކައުންސިލުން ހަޑިކޮށްލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ ޖަލްސާގައި ވާހަކަދައްކަވަމުން ޝައިނީ ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އިހަވަންދޫގައި ގިޑިގެތައް ތައްޔާރުކޮށްފައި ހުރީ ސަރުކާރު ބަދުނާމުކުރާ ގޮތަށް ކަމަށް ބުނެ، އެ ތަކެތި ނަގަން ވެސް ކައުންސިލަށް އެންގި އެވެ. އަދި އެ ޖަލްސާއާ ދިމާކޮށް ބައެއް މަސްވެރިން ނުކުމެ މުޒާހަރާ ވެސް ކުރި އެވެ.