Roadha Mihaaru
ޖަކާޓާގައި ޓްރެފިކުގައި ޖެހި 12 މީހުން މަރުވެއްޖެ

އިންޑޮނީޝިއާގައި ޓްރެފިކުގައި ޖެހިގެން 12 މީހުން މަރުވެއްޖެ

09 ޖުލައި 2016

ޖަކާޓާ (ޖުލައި 9) - އިންޑޮނީޝިއާގައި ޓްރެފިކުގެ ބޮޑު ކިޔޫގައި ޖެހި، ޑިހައިޑްރޭޓް ވެގެންނާއި ނޭވާ ހާސްވެގެން 12 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖަކާޓާ (ޖުލައި 9) - އިންޑޮނީޝިއާގައި ޓްރެފިކުގެ ބޮޑު ކިޔޫގައި ޖެހި، ޑިހައިޑްރޭޓް ވެގެންނާއި ނޭވާ ހާސްވެގެން 12 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑޮނީޝިއާގެ ޖާވާގައި ތިން ލޭނަށް ޓްރެފިކްގައި ޖެހިގެން ބައެއް މީހުން އެތައް ދުވަހެއް ވަންދެން ތިބި ކަމަށްވެ އެވެ. އިންޑޮނީޝިއާގެ މަގުތަކުގައި ދުއްވާ އެއްޗެހި ގިނަވެފައި މި ވަނީ އީދު ޗުއްޓީ އަށް ގިނަ ބަޔަކު ރަށަށް ދިއުމަށް ދަތުރު ކުރަން ފެށުމުންނެވެ.

ޓްރެފިކުގައި ޖެހިގެން މަރުވި ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. ކާރު ތެރޭގައި ގިނަ އިރު ތިބެން ޖެހުމުން ހޫނުވެގެން ބައެއް މީހުން މަރުވި އިރު ކުޑަ ކުއްޖަކު ވަނީ ވިހަ ދުމަށް ނޭވާލައިގެން މަރުވެފަ އެވެ. ގިނަ ބަޔަކު ޓްރެފިކުގައި ޖެހުނު ބްރެބްސް ސިޓީގައި ދުވާލު ގަޑީގެ ހޫނުމިން ވަނީ 30 ޑިގްރީ ސެލްސިއަސް އަށް އަރައިފަ އެވެ.

ޓްރެފިކުގައި ޖެހި ގިނައިރުވެގެން ސިއްހީ މައްސަލައެއް ދިމާވެއްޖެ ނަމަ ވަގުތުން ގުޅުމަށް ހޮޓްލައިންތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ. ނަމަވެސް ހާލުގައި ޖެހުނު މީހުންނަށް އެހީ ލިބުނުކަމާ މެދު ޝައްކު ކަމަށް ބައެއް އޮފިޝަލުން ބުންޏެވެ.

ޓްރާންސްްޕޯޓް އޮފިޝަލުން ބުނެފައި ވަނީ ޓްރެފިކުގައި ޖެހިގެން މީހުން މަރުވެފައި ވަނީ އާދިއްތަ އާއި އަންގާރަ ދުވަހާ ދެމެދު ކަމަށެވެ. ޓްރެފިކް ކިއޫ 13 މޭލަށް ދެމިގެން ގޮސްފައި އޮތެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ތަރުޖަމާން ހެމީ ޕްރަމުރަންޖާރޯ ވިާޅުވީ "މަގުތަކުގައި ކުޑަވެސް ޖާގައެއް ނެތް ކަމަށާއި އަދި މި ކަމަށް ހައްލެއް ވެސް ނެތް" ކަމަށެެވެ.

އިންޑޮނީޝިއާގެ ހެލްތު މިނިސްޓްރީން ބުނީ އެއްގަމުގައި ދުއްވާ ވެހިކަލްތަކުގައި ދިގު ދަތުރުތައް ކުރާ މީހުން ތަން ތަނުގައި މަޑުކޮށް އަރާމު ކުރަން ޖެހޭނެ ކަމަށާއި އަދި އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް ވެސް އަޅަން ޖެހޭނެ ކަމަށެވެ.

އޮފިޝަލުން ބުނީ ވެރިރަށް ޖަކާޓާގެ މަގުތަކުގައި ވެސް މި ހަފުތާ ބަންދުގައި ވަރަށް ބާރު ބޮޑުވާނެ ކަމަށެވެ. އެއީ އީދު ނިންމާފައި މީހުން އެނބުރި އަންނަން ފެށުމުންނެވެ.