04 ޖުލައި 2024
އިންޑޮނީޝިއާގައި ގެއްލުނު އަންހެނަކު ހޯދަމުން ދަނިކޮށް ޕައިތަން ހަރުފައެއްގެ ބަނޑުތެރޭ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އިންޑޮނީޝިއާގައި ގެއްލުނު އަންހެނަކު ހޯދަމުން ދަނިކޮށް ޕައިތަން ހަރުފައެއްގެ ބަނޑުތެރޭ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އުމުރުން 36 އަހަރުގެ ސިރިއާތީ އޭނާގެ ބަލި ދަރިފުޅަށް ބޭސް ގަންނަން އަންގާރަ ދުވަހުގެ ހެނދުނު ގެއިން ނުކުމެގެން ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަނިކޮށް ހަރުފައިގެ ބަނޑުތެރެއިން ފެނުނީ އޮތް ގޮތަށް ދިރުވާލާފައި އޮއްވަ އެވެ.
މިއީ އިންޑޮނީޝިއާގެ ދެކުނު ސުލަވޭސީ ޕްރޮވިންސްގައި ޕައިތަންގެ ޝިކާރައަކަށް މަސް ދުވަހުގެ ތެރޭގައިވި ދެ ވަނަ މީހާ އެވެ.
ސިރިއާތީގެ ފިރިމީހާ އަޑިއަންސާ، 30، ބުނީ ސިރިއާތީ ނުފެނިގެން ހޯދަމުން ދަނިކޮށް ފައިވާނާއި ހަރުވާޅު، ދެކުނު ސުލަވޭސީ ޕްރޮވިންސްގެ ސިޓެބާ އަވަށުގައި ހުންނަ އެ މީހުންގެ ގެއާ ގާތްގަނޑަކަށް 500 މީޓަރު ދުރު ހިސާބަކުން ފެނުނު ކަމަށެވެ. "އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާއަށް ފެނުނީ އެ މަގުގެ ގާތްގަނޑަކަށް 10 މީޓަރު ދުރުން ހަރުފައެއް. އެ ހަރުފަ އޭރު މަރެއް ނުވޭ،" ސަރަހައްދީ ފުލުހުންގެ ވެރިޔާ އިދުލް އޭއެފްޕީއަށް ވިދާޅުވި އެވެ.
ވިލެޖް ސެކްރެޓަރީ އިޔާންގް އޭއެފްޕީއަށް ވިދާޅުވީ ޕައިތަންގެ ބަނޑުގައި މީހަކު އޮތް ކަމަށް ޝައްކުވީ އޭގެ ބަނޑު އާދަޔާ ހިލާފަށް ބޮޑުކަން އަޑިއަންސާ އަށް ފާހަގަވުމުން ކަމަށެވެ. އޭނާ އެ ހިސާބުގެ އާންމުންގެ އެހީ ހޯދައި ހަރުފަ ހިފައި އޭގެ ބަނޑު ފަޅާލި އިރު ފެނުނީ ގެއްލުނު މީހާގެ ހަށިގަނޑެވެ.
މިއީ ނާދިރު ހާލަތެއްގައި ނޫނީ ދިމާ ނުވާނެ ކަންކަމުގެ ގޮތުގައި ބެލެވުނަސް ފާއިތުވި އަހަރުތަކުގައި ޕައިތަންގެ ޝިކާރައަކަށް މިގޮތަށް އެތައް ބަޔަކު ވެފައިވެ އެވެ.
ދެކުނު ސުލަވޭސީގެ އެހެން ޑިސްޓްރިކްޓެއްގައި ވެސް ހަރުފައެއްގެ ބަނޑުގެ ތެރެއިން މިދިޔަ މަހު އަންހެނަކު މަރުވެފައި އޮއްވައި ފެނުނެވެ. މިދިޔަ އަހަރު އެ ސަރަހައްދުގެ ދަނޑުވެރިއެއްގެ ގައިގައި ހަރުފައެއް އޮޅާލައި ކާން އޮއްވައި އާންމުންނަށް ފެނި އެ ހަރުފަ މަރާލި އެވެ.
ސުލަވޭސީގެ މުނާ ޓައުންގައި ހަތް މީޓަރުގެ ޕައިތަންއެއްގެ ތެރެއިން 2018 ވަނަ އަހަރު 54 އަހަރުގެ އަންހެނެއްގެ ހަށިގަނޑު ފެނުނެވެ. އަދި މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅަނގު ސުލަވޭސީގެ ދަނޑުވެރިއަކު ގެއްލިގެން ހޯދަނިކޮށް ވެސް ހަތަރު މީޓަރުގެ ޕައިތަންއެއްގެ ބަނޑުން ފެނުނެވެ. -- އޭއެފްޕީ
އިންޑޮނީޝިޔާގައި ފެރީއެއް ބަންޑުންޖަހާލައި 15 މަރު
ޖާވާ އަށް އައި ބާރުގަދަ ބިންހެލުމުގައި 160 މަރު
ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މަރުވެއްޖެ
އިންޑޮނީޝިއާގެ އިމާމަކު ގުރުއާން ކިޔަވަމުން ދަނިކޮށް މަރުވެއްޖެ
މަރުވެފައިވާ މީހުންނާއެކު ދިރިއުޅޭ ބައެއް
މަރުވެފައި ތިބޭ މީހުން ނަގައިގެން ނަލަ ހައްދާ ބައެއް
ޖަކާޓާގައި ޓްރެފިކުގައި ޖެހި 12 މީހުން މަރުވެއްޖެ
ކުއްޖެއްގެ މަރުގައި ޝައްކު އުފެދޭތީ ޕޯސްޓްމޯޓަމް ހަދަނީ
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!
ހިޔާ ފްލެޓްގެ ޓަވަރަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ