Roadha Mihaaru
އާސަންދައިގެ އެމްޑީ ހަސަން މަގާމުން ވަކިކޮށްފި

އާސަންދައިގެ އެމްޑީ ހަސަން މަގާމުން ވަކިކޮށްފި

12 ޑިސެމްބަރ 2017

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ މިއަދު އެ މަގާމުން ވަކިކޮށްފި އެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ މިއަދު އެ މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، އާސަންދައިގެ އެމްޑީ ހަސަން މަގާމުން ވަކިކޮށްފައިވާ ކަމަށާއި އޭނާގެ ބަދަލުގައި އާ ބޭފުޅަކު އެ މަގާމަށް އައްޔަން ކޮށްދިނުމަށް އެދި ރައީސް އޮފީހުން އެ ބޯޑަށް ފޮނުވާފައިވާ ކަމަށެވެ.

"އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނަން،" ނިޒާރު ވިދާޅުވި އެވެ.

އާސަންދައިގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި މައުމޫން އަބްދުއްސަމަދު މަގާމުން ވަކިކޮށް، ހަސަނަށް އެ ކުންފުނީގެ އެމްޑީކަން ދިނީ މި އަހަރުގެ މޭ 25 ގަ އެވެ.

ހަސަން ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގެ އިތުރުން ހައުސިން މިނިސްޓަރުގެ ނައިބުކަން ވެސް ކުރިން ކުރައްވައިފަ އެވެ.