10 ޑިސެމްބަރ 2017
އޭޑީކޭ ކުންފުނިން ނެގި 1.5 މިލިއަން ޑޮލަރު (23.1 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދައްކައިގެން ސިންގަޕޫރު ކުންފުންޏަކުން އޭޑީކޭއާ ދެކޮޅަށް ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
އޭޑީކޭ ކުންފުނިން ނެގި 1.5 މިލިއަން ޑޮލަރު (23.1 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދައްކައިގެން ސިންގަޕޫރު ކުންފުންޏަކުން އޭޑީކޭއާ ދެކޮޅަށް ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ފޮމެންޓޯ އެސޯސިއޭޓެޑް ސިންގަޕޯ ހޯލްޑިންގްސް އިން އޭޑީކޭއާ ދެކޮޅަށް ދައުވާކުރީ އެ ކުންފުނިން އޭޑީކޭއަށް ދޫކުރި 1.5 މިލިއަން ޑޮލަރުގެ ލޯނެއް ނުދެއްކި ކަމަށް ބުނެ އެވެ. އެ ފައިސާ ދައްކަން ސިންގަޕޫރު ކޯޓަކުން އޭޑީކޭގެ މައްޗަށް ހުކުމް ކޮށްފައި އޮތަސް އެ ފައިސާ މިހާތަނަކަށް ނުދައްކަ އެވެ.
ސިންގަޕޫރު ކޯޓުގެ އެ ނިންމުން ތަންފީޒު ކުރަން ފޮމެންޓޯއިން ހުށަހެޅި މައްސަލަ މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިވިލް ކޯޓުން ބޭރުކޮށްލީ އެ މައްސަލައަކީ އެ ކޯޓުގެ މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަ ބަަލާ ޑިވިޝަނަށް އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށްވާތީ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ. އާންމު ގޮތެއްގައި ހުކުމް ތަންފީޒު ކުރަން ހުށަހަޅާ އެފަދަ މައްސަލަތަކަކީ އެ ކޯޓުގެ ހުކުމް ތަންފީޒު ޑިވިޝަނުން ބަލާ މައްސަލަތަކެވެ.
މީގެ އިތުރުން މި ހުކުމްގައި ވަނީ ރާއްޖެއިން ބޭރުގެ ކޯޓެއްގެ ނިންމުމެއް، ރާއްޖޭގެ ތަންފީޒު ކުރުމާ ބެހޭ ގާނޫނެއް ނުވަތަ ގަވާއިދެއް ވިޔަސް ނެތް ކަމަށާއި އެފަދަ ގާނޫނެއް، ގަވާއިދެއް ނެތީސް އެފަދަ ނިންމުމެއް ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
އޭޑީކޭއާ ދެކޮޅަށް ފޮމެންޓޯ ކުންފުނިން ސިންގަޕޫރު ހައި ކޯޓަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުމަކަށް ހާޒިރުނުވި މައްސަލާގައި އޭޑީކޭގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) 12،000 ޑޮލަރުން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެ ލޯނަށް ނާޝިދު އޮތީ ޕާސަނަލް ގެރެންޓީ ވެސް ދެއްވައިފަ އެވެ.
އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފިހާރަތަކުން ޑިސްކައުންޓް
"އޭޑީކޭ ދޮންކަލޭފާނު ކަޕް 2021" ނިންމާލައިފި
އެގްޒެކިއުޓާސް އިން 5 ވެންޓިލޭޓަރު ފޮނުވައިފި
ކުޅުދުއްފުށީގައި ހުންނަ އޭޑީކޭ ފިހާރަ އެހެން ތަނަކަށް
ކޮވިޑަށް ޓެސްޓްކުރާ މެޝިނެއް މާފަރު އެއާޕޯޓަށް ގެނެސްފި
"ވިޔަފާރިތަކަށް ރަނގަޅު މާހައުލެއް ހޯދައި ދޭންޖެހޭ"
ޑްރައިޕާސް ލައިކް އެންޑް ޝެއާ ޕްރޮމޯޝަން ނިމެނީ
ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ނުކުރުމުން ކޯޓަށް
އޭޑީކޭގެ ޤުރުއާން މުބާރާތް ބާއްވައިފި
އެޕާޓްމަންޓް ލިބޭ ޑްރައިޕާސް ޕްރޮމޯޝަނަށް ތަރުހީބު ބޮޑު