Roadha Mihaaru
ކުއްޖާ މަރުވީ ޕްލާސްޓިކް ކޮތަޅަކަށް ލުމުން: އާއިލާ

ކުއްޖާ މަރުވީ ޕްލާސްޓިކް ކޮތަޅަކަށް ލުމުން: އާއިލާ

09 ޑިސެމްބަރ 2017

ނިއު ދިއްލީ (ޑިސެމްބަރު 9) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި އަލަށް އުފަންވި ކުއްޖަކު މަރު ނުވަނީސް ޑޮކްޓަރުންނަށް އޮޅިގެން މަރުވި ކަމަށް ބުނި މައްސަލަ ހޫނުވެފައި ވަނިކޮށް އެ ކުއްޖާގެ އާއިލާ އިން ވަނީ ކުއްޖާ މަރުވީ ޑޮކްޓަރުން ޕްލާސްޓިކް ކޮތަޅަކަށްލުމުން ކަމަށް ބުނެފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިންޑިއާގެ އަމިއްލަ ބަޔަކު ހިންގާ މެކްސް ހޮސްޕިޓަލުގެ ޑޮކްޓަރުން ނޮވެމްބަރު 30 ވަނަ ދުވަހު އެއްމާބަނޑު ދެ ކުދިން އާއިލާއާ ހަވާލު ކުރީ ޕްލާސްޓިކް ކޮތަޅަކަށް ލައިފަ އެވެ. ޑޮކްޓަރުން ބުނީ ދެ ކުދިން އުފަންވި އިރު ވެސް މަރުވެފައިވާ ކަމަށެވެ.

ނަމަވެސް އެ ކުދިންގެ ބެލެނިވެރިން ބުނީ ވަޅުލަން ގެންދަނިކޮށް، ދެ ކުދިންލާފައި އޮތް ޕްލާސްޓިކް ކޮތަޅުގެ ތެރޭން އެއްޗެއް ހިރޭތީ ބެލިއިރު އެއް ކުއްޖަކު މަރު ނުވާކަން އެނގުނު ކަމަށެވެ. އަދި ކައިރީގައިވާ އެހެން ހޮސްޕިޓަލަކަށް އަވަހަށް ގެންދިޔަ ކަމަށެވެ. އެ ހޮސްޕިޓަލުން ބެލުމަށް ފަހު ބުނެފައި ވަނީ އެއް ކުއްޖަކު މަރު ނުވާ ކަމަށެވެ. އެކަމަކު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ފަހުން ވަނީ މަރުވެފަ އެވެ.

މަރުވި ދެ ކުދިންގެ ބައްޕަ ކުމާރު.

މަރުވި ދެ ކުދިންގެ ބައްޕަ ކުމާރު.

ދެ ކުދިންގެ ބައްޕަ އަޝިޝް ކުމާރު ބީބީސީ އަށް ބުނީ ވަޅުލަން ގެންދަނިކޮށް ކޮތަޅުން އެއްޗެއް ހަރަކާތް ކުރާކަން އެނގުނީ އޭނާގެ އަންހެނުންގެ ބައްޕަ އަށް ކަމަށެވެ. ދެ ކުދިން އޮތީ ފަސް ފަށަލަ ހުރި ކޮތަޅަކަށް ލައިފަ އެވެ. އާއިލާ އިން ބުނީ އެ ކުއްޖާ މަރުވީ ކޮތަޅަށްލުމުން އޮކްސިޖަން ނުލިބުމުން ކަމަށެވެ.

ކުއްޖާގެ ބައްޕަ ބުނީ ނޮވެމްބަރު 29 ވަނަ ދުވަހު ވެސް ޑޮކްޓަރުން ވަނީ އޭނާގެ އަންހެނުންގެ ސްކޭން ހަދާފައި ކަމަށާއި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

މެކްސް ހޮސްޕިޓަލުގެ ލައިސަންސް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އޭގެ ކުރިން ވަނީ، ކުއްޖާ މަރުވި ކަމަށް ނިންމި ދެ ޑޮކްޓަރުން ވަޒީފާ އިން ވަކިކޮށްފަ އެވެ.

ކުމާރު ބުނީ މިވަރުން ނުފުދޭނެ ކަމަށާއި އެ ދެ ޑޮކްޓަރުންނަށް ދައުވާ ވެސް ކުރަން ޖެހޭނެ ކަމަށެވެ.