10 ޖުލައި 2016
ރޭގަނޑުގެ ފުރިހަމަ ނިދި އަންހެނުންނަށް ވަރަށް މުހިންމު ކަމަށާއި އެކަމަކު ފިރިހެނުންނަށް އެންމެ ރަނގަޅީ އެކި ވަގުތުތަކުގައި ކުޑަ ވަގުތުކޮޅަކަށް ނިދާލުން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ. މި ދިރާސާގައި ބުނެފައި ވަނީ ރޭގަނޑުގެ ފުރިހަމަ ނިދިން އަންހެނުންގެ ސިކުނޑީގެ ބާރު ގަދަކޮށްދޭ ކަމަށެވެ. އެކަމަކު ފިރިހެނުންނަށް ރަނގަޅީ އަހަރެމެން އާންމުކޮށް ކިޔާ ގޮތުން ނަމަ ދޭތެރެއަކުން ނިދިބޮޅެއް އަޅާލުން ކަމަށް ބުނެފައިވެ އެވެ.

މިއުނިކްގެ މެކްސް ޕްލެންކް އިންސްޓްޓިއުޓްގެ ސައިންސްވެރިން މިގޮތަށް ބުނެފައި ވަނީ 160 މީހެއްގެ ނިދުމުގެ އާދަ އާއި އެ މީހުންގެ ވިސްނުމުގެ ގާބިލްކަން ހުންނަ ގޮތް ވަޒަންކުރުމަށް ފަހު އެވެ. ދިރާސާ ޓީމުން ވަނީ އެ މީހުންގެ ހޯދުންތައް ކޯޕެންހޭގަންގެ ފޯރަމް އޮފް ނިއުރޯސައިންސް އަށް ހުށަހަޅައިފަ އެވެ.
ދިރާސާއިން ދައްކާފައިވާ ގޮތުގައި، ހުވަފެނެއް ނުފެންނަ އަރާމު ނިދީގެ ސަބަބުން އަންހެނުންގެ އައިކިއު ލެވަލް މަތިވެ އެވެ. އެކަމަކު ފިރިހެނުންނަށް މިގޮތަށް ނިދި ލިބުނަސް އައިިކިއު ލެވަލް އަށް ބަދަލެއް އަންނަ ކަމެއް ފާހަގައެއް ނުވި އެވެ. ފިރިހެނުންގެ އައިކިއު ލެވަލް އަށް މި ބަދަލު އަންނަކަން ފާހަގަވެފައި ވަނީ "ނެޕް" ނެގުމުންނެވެ. ނުވަތަ ކުޑަ ވަގުތުކޮޅެއްގެ ނިންޖަށް ފަހު އެވެ.
ޕްރޮފެސާ މާޓިން ޑްރެސްލާ ވިދާޅުވެފައި ވަނީ ނިދީގެ އާދަ ހުންނަ ގޮތާއި އިންޓެލިޖެންސް ލެވަލްއާ ހުންނަ ގުޅުން ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ ދެނެގަންނަން މާ އުނދަގޫ ކަމަށެވެ.
"ވިސްނާ ފިކުރު ކުރުމުގެ ގާބިލްކަމާއި ނިންޖާ ގުޅޭ ވަރަށް ގިނަ ސަބަބުތައް ހުރޭ. ނިންޖާ ބެހޭ އިތުރު ދިރާސާތައް ކުރުމަށް މި އާ ދިރާސާއިން ދޮރުތައް ހުޅުވިގެން ހިނގައްޖެ،" ޑްރެސްލާ ވިދާޅުވެފައިވެ އެވެ.
މީގެ ކުރީގެ ދިރާސާއަކުން ވެސް ވަނީ ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުންނަށް ނިދި ބޭނުންވާކަން ހާމަވެފަ އެވެ. އެއީ ދެ ޖިންސުގެ ސިކުނޑި އުފެދުމުގައި ހުންނަ ތަފާތުތަކެއްގެ ސަބަބުން ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
ގެއްލުނު ނިދި ހަފުތާ ބަންދުގައި ހޯދޭނެ ގޮތެއް ނެތް
ނިދަންވީ ކިހާ ވަރަކަށް؟
ނިދި މަދުވުމުން ސިފަ ހުތުރުވޭ
ސްމާޓްފޯނުގެ ސަބަބުން ނިދި ހަލާކުވަނީ ވަރަށް ބޮޑަށް
ރަނގަޅަށް ނުނިދެނީތަ؟ ގޮދަޑީގެ މައްސަލައަކަށް ވެދާނެ
ނިދުމުގައި ދިމާވާ މައްސަލަތަކަށް ޓްރީޓޮޕުން ހައްލު
ނިދި ލިބޭ މިންވަރާއި ހިނގާ ގޮތާ ގުޅުން ބޮޑު
އެންމެ ރެއެއްގެ ނިދި ނުލިބުނަސް ހުރިހާ ކަމެއް ގޯސްވޭ
ނިދި މަދުވާ ނަމަ ހަނދާންނެތޭ ބަލީގެ ނުރައްކާ ބޮޑު
ގޮދަޑި ރިވިއުކުރަން ނިދާނެ މީހަކު ހޯދަނީ