06 ޖުލައި 2016
ލަންޑަން (ޖުލައި 6) - އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ ވަނީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސޭނުގެ ނުރައްކާ މާބޮޑުކޮށްލާފައި ކަމަށާއި އިރާގު ހަނގުރާމަ އަށް އަވަސް އަރުވާލައިގެން ފޮނުވީ ވެސް ރަނގަޅަށް ތައްޔާރު ނުވެ އޮތް ލަޝްކަރެއް ކަމަށާ އަދި ހަނގުރާމަ އަށް ފަހު ވެސް ކަންކުރާނެ ގޮތުގެ ޕްލޭނެއް ނެތް ކަމަށް އިރާގު ހަނގުރާމައާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގައި ހިންގި ތަހުގީގުގެ ރިޕޯޓުުގައި ބުނެފި އެވެ.
ލަންޑަން (ޖުލައި 6) - އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ ވަނީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސޭނުގެ ނުރައްކާ މާބޮޑުކޮށްލާފައި ކަމަށާއި އިރާގު ހަނގުރާމަ އަށް އަވަސް އަރުވާލައިގެން ފޮނުވީ ވެސް ރަނގަޅަށް ތައްޔާރު ނުވެ އޮތް ލަޝްކަރެއް ކަމަށާ އަދި ހަނގުރާމަ އަށް ފަހު ވެސް ކަންކުރާނެ ގޮތުގެ ޕްލޭނެއް ނެތް ކަމަށް އިރާގު ހަނގުރާމައާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގައި ހިންގި ތަހުގީގުގެ ރިޕޯޓުުގައި ބުނެފި އެވެ.
ތަހުގީގު ކޮމިޓީގެ ޗެއާމަން ޖޯން ޗިލްކޮޓް ވިދާޅުވީ 2003 ވަނަ އަހަރު އިރާގަށް އަރައިގަތުމަކީ ބްލެއާ އަށް ކުރެއްވެން އޮތް އެންމެ ފަހު ކަންތައް ނޫން ކަމަށެވެ. އަދި ސައްދާމު ހުސޭނުގެ ފަރާތުން ކަނޑައެޅިގެން ބިރެއް ނެތް ކަމަށާއި އިންޓަލިޖެންސް މައުލޫމާތު ވެސް އޮތީ އޮޅުވާލާފައި ކަމަށް ހަތް އަހަރަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.
އިރާގު ހަނގުރާމައާ ގުޅޭ ރިޕޯޓް ކޮމިޝަނުގެ ޗެއާމަން ޗިލްކޮޓް ނެރެދެއްވަނީ. --ފޮޓޯ:އޭއެފްޕީ
އިރާގު ހަނގުރާމައިގައި އެއްވެސް ކަމެއް ގޯހުން ހިނގާފައިވާ ނަމަ ބްލެއާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އިރާގަށް ސިފައިން ފޮނުވުން ވަނީ ދިފާއު ކުރައްވައިފަ އެވެ. އަދި އެކަމުގައި ޕާލަމެންޓަށާއި ކެބިނެޓަށް އޮޅުވާލައްވާފައި ނުވާނެ ކަމަށް ބްލެއާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް ދެގަޑިއިރެއްހާ އިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބްލެއާ ވިދާޅުވީ އިނގިރޭސި ވިލާތުން ބައިވެރިވިއަސް ނުވިއަސް އެމެރިކާ އޮތީ އިރާގަށް އަރައިގަންނަން ތައްޔާރަށް ކަމަށެވެ. އަދި އިރާގަށް އިނގޭސި ސިފައިން ފޮނުވުމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށް ވިދާޅުވި އެވެ.
އިރާގަށް އިނގިރޭސި ސިފައިން ފޮނުވުމަށް ބްލެއާ ބާރު އެޅުއްވީ އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއާ އޭރު ގުޅުމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އިރާގު ހަނގުރާމައާ ގުޅޭ ރިޕޯޓް ނެރުމާ ގުޅިގެން ބްލެއާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
"އަޅުގަނޑު އަދިވެސް ގަބޫލް ކުރަނީ އިރާގަށް ސިފައިން ފޮނުވުމަކީ ރަނގަޅު ނިންމުމެއް ކަމަށް. އެކަމުގެ ސަބަބުން ދުނިޔެ މި ވަނީ އަމާން ތަނަކަށްވެފައި،" ބްލެއާ ވިދާޅުވި އެވެ. "އަޅުގަނޑު އެކަން ކުރީ އެއީ އިނގިރޭސިންނަށް އެ ވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ."
ބްލެއާ ވިދާޅުވީ ސައްދާމު ވެރިކަން ކުރަން ދޫކޮށްލި ނަމަ އިރާގާއި ދުނިޔެ މާ ނުރައްކާ ތަނަކަށްވީސް ކަމަށެވެ. އަދި ސިފައިން ފޮނުވުމުގައި މަކަރު ހަދާ އޮޅުވާލާފައި ނުވާކަން ޗިލްކޮޓުގެ ރިޕޯޓުން ވެސް އެނގޭ ކަމަށް ބްލެއާ ވިދާޅުވި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ބުޝް (ކ) އާއި އނގިރޭސި ކުރީގެ ބޮޑު ވަޒީރު ބްލެެއާ. --ފޮޓޯ:އޭއެފްޕީ
އިރާގަށް ސިފައިން ފޮނުވުމަށް އިނގިރޭސި ޕާލަމެންޓުން ނިންމީ އެންމެ ފަހު ވަގުތު އެވެ. މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޗިލްކޮޓުގެ ރިޕޯޓަށް ފަހު ބައެއް ފަރާތްތަކުން ދަނީ ބްލެއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
އިރާގަށް ސިފައިން ފޮނުވުމަށް 2003 ވަނަ އަހަރު ވޯޓު ދެއްވި މިހާރުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވީ ކުރިމަގަށް ފިލާވަޅު ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށާއި ސަރުކާރުގެ ހިންގުން ވެސް ރަނގަޅު އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ރަނގަޅު ތައްޔާރީ ހާލަތުގައި ނޫން ގޮތަކަށް ހަނގުރާމަ އަށް ސިފައިން ފޮނުވުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މި ކަމުން ލިބިގަންނަން ޖެހޭނެ އިބްރަތަކީ ދެން މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުން ކަމަށް ކެމަރަން ވިދާޅުވި އެވެ.
އިރާގު ހަނގުރާމައާ ބެހޭ ރިޕޯޓް ނެރުނު އިމާރާތުގެ ބޭރުގައި އެމެރިކާގެ ކުރީގެ ރައީސް ބުޝް އާއި ކުރީގެ ބޮޑު ވަޒީރު ބްލެެއާ ދެކޮޅަށް ބަޔަކު އަޑު އުފުލަނީ. --ފޮޓޯ:އޭއެފްޕީ
ސިފައިން ފޮނުވުމާ ދެކޮޅަށް ވޯޓު ދެއްވި ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވީ އިރާގު ހަނގުރާމަ އަކީ ނުބައި މައުލޫމާތުގެ އަލީގައި ގައުމަކަށް އަރައިގަތުން ކަމަށެވެ. ހަނގުރާމައިގައި މަރުވި ސިފައިންގެ އާއިލާތަކާ ބައްދަލު ކުރެއްވުމަށް ފަހު ކޯބިން ވަނީ އިނގިރޭސި ސިފައިން އިރާގަށް ފޮނުވަން ނިންމީތީ އޭނާގެ ޕާޓީގެ ފަރާތުން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އަސްކަރީ މި ޖަރީމާގައި ޒިންމާވާ މީހުންގެ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ގެންދިއުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އިރާގު ހަނގުރާމައިގައި އިނގިރޭސި ސިފައިންގެ 179 މީހުން ވަނީ މަރުވެފަ އެވެ.
އާއްމު ރައްޔިތުންނާއި ޕާލަމެންޓުގެ ޕްރެޝަރާ ހެދި އިރާގު ހަނގުރާމަ ތަހުގީގު ކުރަން ނިންމެވީ ބްލެއާގެ ފަހުން ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވި ގޯޑަން ބްރައުންނެވެ. ޖޫން 2009 ގައި ފެށި މި މަސައްކަތަށް ވަނީ 12 މިލިއަން ޑޮލަރު ހޭދަވެފަ އެވެ. ރިޕޯޓުގައި 2.6 މިލިއަން ބަސް ހިމެނެ އެވެ.
އިރާގު ހަނގުރާމަ އަށް އިނގިރޭސިން ވެއްދީ އެމެރިކާ
ރިޝީގެ ސަރުކާރަށް ނަޒާހަތްތެރިކަމުގެ ތުހުމަތު
މިއީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން
ރަސްކަން ކުރުމުގައި ދަމަހައްޓާނީ ރާނީގެ ނަމޫނާ: ޗާލްސް
ސަދްރުގެ ޕާޓީން ކޯލިޝަން ސަރުކާރެއް އުފައްދަނީ
އިރާގު އިންތިހާބުގައި ސަދްރު ކުރި ހޯއްދަވައިފި
އިނގިރޭސި ސިފައިން ވަނީ ޖެނީވާ މުއާހަދާއާ ޚިލާފުވެފަ
އިނގިރޭސި ޚާއްސަ ލަޝްކަރު މަރުގެ ލިސްޓަކާ އެކު އިރާގުގައި
އިރާގުގައި ބަނގުރާ މަނާކުރަން ގާނޫނެއް ފާސްކޮށްފި
އިރާގު ހަނގުރާމަ ގާނޫނާ ޚިލާފު: ބްލެއާގެ ނައިބް