Roadha Mihaaru
"އިސްތިއުފާދިނީ އަމިއްލަ ސަލާމަތަށް، ގައުމަށް ދާނަން"

އިސްތިއުފާ ދިނީ އަމިއްލަ ސަލާމަތަށް، ވަރަށް އަވަހަށް ގައުމަށް ދާނަން: ހަރީރީ

13 ނޮވެމްބަރ 2017

ރިޔާޒް (ނޮވެމްބަރު 13) - ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދިނީ އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށާއި ވަރަށް އަވަހަށް ގައުމަށް ވަޑައިގަންނަވާނެ ކަމަށް ލުބުނާނުގެ ބޮޑު ވަޒީރު ސައުދު ހަރީރީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ނޮވެމްބަރު 13) - ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދިނީ އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށާއި ވަރަށް އަވަހަށް ގައުމަށް ވަޑައިގަންނަވާނެ ކަމަށް ލުބުނާނުގެ ބޮޑު ވަޒީރު ސައުދު ހަރީރީ ވިދާޅުވެއްޖެ އެވެ.

މި މަހު 4 ވަނަ ދުވަހު އިސްތިއުފާ ދެއްވި ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ހަރީރީ ވިދާޅުވީ މަގާމު ދޫކޮށްލުމުގެ ފަހަތުގައި ވަނީ ހިޒްބުﷲ ޖަމާއަތް ކަމަށެވެ.

"އަޅުގަނޑު އިސްތިއުފާ ދީފިން. ވަރަށް އަވަހަށް ލުބުނާނަން ދާނަން. އަދި ގާނޫނު އަސާސީގައިވާ ގޮތަށް އިސްތިއުފާ ހުށަހަޅާނަން،" ރިޔާޒުގައި ހުންނަވާ ފިއުޗާ ޓީވީއާ ވާހަކަ ދައްކަވަމުން ހަރީރީ ވިދާޅުވި އެވެ.

ލުބުނާނުގެ ބޮޑު ވަޒީރު ހަރީރީ އިސްތިއުފާ ދިނީ ސައުދީ އަރަބިއާ އިން މަޖްބޫރުކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ބުނޭ. --ފޮޓޯ:އޭއެފްޕީ

ލުބުނާނުގެ ބޮޑު ވަޒީރު ހަރީރީ އިސްތިއުފާ ދިނީ ސައުދީ އަރަބިއާ އިން މަޖްބޫރުކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ބުނޭ. --ފޮޓޯ:އޭއެފްޕީ

ހަރީރީގެ އިސްތިއުފާ ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ގަބޫލް ކުރައްވައިފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ ސައުދީން ވަނީ ހަރީރީ އަށް ބިރު ދައްކައިފައި ކަމަށެވެ. ހިޒްބުﷲއާ ގާތް ގުޅުމެއް އޮންނަ އީރާނުން ވެސް ބުނެފައި ވަނީ ސައުދީން ހަރީރީ ކިޑްނެޕްކޮށްފައިވާ ކަމަށެވެ.

ހަރީރީގެ އިސްތިއުފާ އިއުލާން ކުރައްވަމުން އޭނާ ވަނީ ސަރަހައްދުގެ ހަމަނުޖެހުން ނަގާލަން ހިޒްބުﷲ އިން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ތަޖްރިބާރުން ބުނަނީ ހަރީރީ އިސްތިއުފާ ދެއްވަން ސައުދީން މަޖްބާރުކޮށްފައި ވަނީ ލުބުނާނުގެ ސަރުކާރުން ހިޒްބުﷲ ބޭރު ކުރަން ހަރީރީ ދެކޮޅު ހައްދަވާތީ ކަމަށެވެ. ލުބުނާނުގެ ޕާލަމެންޓުގައި ވެސް ހިޒްބުﷲ ގެ މެންބަރުން ހިމެނެ އެވެ.