12 ނޮވެމްބަރ 2017
ބޭރޫތު (ނޮވެމްބަރު 12) - ސައުދީ އަރަބިއާގައި މިހާރު ހުންނެވި ލުބުނާނުގެ ބޮޑު ވަޒީރު ސައުދު ހަރީރީއާ ބެހޭ މައުލޫތު ސާފުކޮށްދޭން ލުބުނާނުން އެދިއްޖެ އެވެ.
ބޭރޫތު (ނޮވެމްބަރު 12) - ސައުދީ އަރަބިއާގައި މިހާރު ހުންނެވި ލުބުނާނުގެ ބޮޑު ވަޒީރު ސައުދު ހަރީރީއާ ބެހޭ މައުލޫތު ސާފުކޮށްދޭން ލުބުނާނުން އެދިއްޖެ އެވެ.
ލުބުނާނުގެ ރައީސް މިޝޭލް އައޫން ވިދާޅުވީ މި މަހު 3 ވަނަ ދުވަހު ހަރީރީ ސައުދީ އަށް ވަޑައިގަތުމަށް ފަހު އޭނާ އަށް އެނބުރި ގައުމަށް ވަޑައިގަތުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. ހަރީރީ ވަނީ މި މަހު 4 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަކު އައޫން ވިދާޅުވީ ހަރީރީ އިސްތިއުފާ ދެއްވަން ޖެހޭނީ ލުބުނާނުގައި ހުންނަވައިގެން ކަމަށެވެ.
ސައުދީގެ ސެޓެލައިޓް ޗެނަލަކަށް އަރުއްވާ ހަރީރީ އިސްތިއުފާ ދެއްވި ނަމަވެސް އޭނާގެ އިސްތިއުފާ ލުބުނާން ސަރުކާރުން އަދި ގަބޫލެއް ނުކުރެ އެވެ.
ލުބުނާނުގެ ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ހަރީރީ އެނބުރި ގައުމަށް ވަޑައިގަތުމަށް ގޮވާލައިފަ އެވެ. އަދި ހަރީރީގެ ޕާޓީން ބުނެފައި ވަނީ އިސްތިއުފާ ދެއްވި ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވާ ކަމަށެވެ.
ސައުދީ ރަސްގެފާން ސަލްމާން (ކ) އާއި ލުބުނާނުގެ ބޮޑު ވަޒީރު ހަރީރީ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ބުނެފައި ވަނީ ހަރީރީ އިސްތިއުފާ ދެއްވަން މަޖްބޫރުކޮށްފައި ވަނީ ސައުދީން ކަމަށެވެ. ލުބުނާނުގައި މީގެ އަހަރެއްހާ ދުވަސްކުރިން އުފެއްދި އެއްބައިވަންތަކަމުގެ ސަރުކާރުގައި ހިޒްބުﷲ ގެ މެންބަރުން ވެސް ހިމެނެ އެވެ.
ސައުދީގެ ގަލްފު އެފެއާޒް މިނިސްޓަރު ތަމީރު އަލް ސައްބާން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ލުބުނާން ސަރުކާރުގައި ހިޒްބުﷲގެ މެންބަރުން ހިމެނޭ ނަމަ އެއީ ސައުދީއާ އިދިކޮޅު ސަރުކާރެއް ކަމަށް ބަލާނެ ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނެފައި ވަނީ ސައުދީގެ ބޭނުމަކީ ހިޒްބުﷲ އަށް ތާއީދުކުރާތީ ހަރީރީ މަގާމުން ދުރުކުރުން ކަމަށެވެ. އަދި ހިޒްބުﷲއާ ދެކޮޅު ވެރިއަކު ލުބުނާނުގެ ވެރިކަމަށް ގެނައުމަށް ސައުދީން ދަނީ މަސައްކަތް ކުރަމުން ކަމަށް ވަނީ ބުނެފަ އެވެ.
ހަރީރީއާ ގުޅޭ ގޮތުން މުހައްމަދު ޖޯކް ޖައްސަވައިފި
ނޫސްވެރިޔާގެ މައްސަލާގައި ހަރީރީގެ ތާއީދު ސައުދީ އަށް
އިސްތިއުފާއާ ގުޅޭ ތަފްސީލް ދެއްވަން ހަރީރީ ދެކޮޅު
ސައުދީގައި ހުންނެވި ހަރީރީ ފްރާންސަށް ގެންދަނީ
ހަރީރީ ވަނީ ސައުދީން ބަންދުކޮށްފައި: ލުބުނާނުގެ ރައީސް
ރަސްމީ ދަތުރުފުޅެއް، ދެން އިވުނީ އިސްތިއުފާ ދެއްވި އަޑު
"އިސްތިއުފާދިނީ އަމިއްލަ ސަލާމަތަށް، ގައުމަށް ދާނަން"
ސައޫދީ އާއި އުރުދުންގެ ވެރިން ބައްދަލުކުރައްވައިފި
ހަރުކަށި ފިކުރާ ޓެރަރިޒަމް ފަތުރަނީ ސައޫދީން: ހިޒްބުﷲ
ސަލްމާން ރަސްގެފާނުގެ މެސެޖެއް އީރާނާއި ހިޒްބުﷲ އަށް