13 ނޮވެމްބަރ 2017
ބޭރޫތު (ނޮވެމްބަރު 13) - ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއާ އަށް ވަޑައިގެންނެވީ މި މަހު 3 ވަނަ ދުވަހު އެވެ. އެކަމަކު ރަސްމީ ދަތުރުފުޅުގައި ވެރިއަކަށް އިސްތިގްބާލް ކުރާނެ އެއްވެސް އިންތިޒާމެއް ސައުދީން ހަމަޖައްސައިފައެއް ނެތެވެ. އެއްވެސް ވަޒީރަކު ވެސް ހަރީރީ އަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައެއް ނުގަންނަވަ އެވެ. ލުބުނާނުގެ އޮފިޝަލުން ބުނި ގޮތުގައި ހަރީރީ ބޯޓުން ފައިބައިވަޑައިގަތުމާ އެކު އޭނާގެ ފޯނު ވަނީ ހިފަހައްޓައިފަ އެވެ.
ބޭރޫތު (ނޮވެމްބަރު 13) - ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއާ އަށް ވަޑައިގެންނެވީ މި މަހު 3 ވަނަ ދުވަހު އެވެ. އެކަމަކު ރަސްމީ ދަތުރުފުޅުގައި ވެރިއަކަށް އިސްތިގްބާލް ކުރާނެ އެއްވެސް އިންތިޒާމެއް ސައުދީން ހަމަޖައްސައިފައެއް ނެތެވެ. އެއްވެސް ވަޒީރަކު ވެސް ހަރީރީ އަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައެއް ނުގަންނަވަ އެވެ. ލުބުނާނުގެ އޮފިޝަލުން ބުނި ގޮތުގައި ހަރީރީ ބޯޓުން ފައިބައިވަޑައިގަތުމާ އެކު އޭނާގެ ފޯނު ވަނީ ހިފަހައްޓައިފަ އެވެ.
ޖެހިގެން އައި ދުވަހު ސައުދީ ޓީވީ އަށް އަަރުއްވާ ހަރީރީ ވަނީ އިސްތިއުފާ އިއުލާން ކުރައްވައިފަ އެވެ. ހަރީރީއާ ގާތް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސައުދީގެ ހިތްހަމަ ނުޖެހުމަކީ އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ ޖަމާއަތާއި ލުބުނާނުން ގާތް ގުޅުމެއް ބޭއްވުމެވެ. ލުބުނާން ސަރުކާރުގައި ވެސް ހިޒްބުﷲ ހިމެނެ އެވެ. އަދި ހަރީރީ އަށް އިސްތިއުފާ ދެއްވަން ސައުދީން މަޖްބޫރު ކުރުވީ ހިޒްބުﷲއާ ކުރިމަތިލާން އޭނާ ދެކޮޅު ހެއްދެވުމުން ކަމަށް ވެސް ހަރީރީގެ އަރިސް ބައެއް ފަރާތްތަކުން ބުނެ އެވެ.
ލުބުނާނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ޓްރިޕޮލީގައި ބަހައްޓާފައިވާ ހަރީރީގެ ޕޯސްޓަރެއް. --ފޮޓޯ:އޭއެފްޕީ
ސައުދީން ބޭނުން ވަނީ ލުބުނާނުގެ ބޮޑު ވަޒީރުކަން ހަރީރީގެ ބޭބެ ބަހާއުލް ހަރީރީ އަށް ދޭށެވެ. ދެހާސް ފަސް ވަނަ އަހަރު އަވަހާރަކޮށްލި ބޮޑު ވަޒީރު އަދި ސައުދު ހަރީރީގެ ބައްޕާފުޅު ރަފީކް ހަރީރީ އާއި ސައުދީއާ ދެމެދު ގާތް ގުޅުމެއް އޮތެވެ. ހަރީރީގެ އާއިލާ ވިޔަފާރި ސައުދީގައި ހިންގަ އެވެ. އަދި އަމިއްލަ ގެދޮރު ވެސް ހުރެ އެވެ. ހަރީރީ ވަރަށް ގިނައިން ސައުދީ އަށް ވަޑައިގަންނަވަ އެވެ.
ހަރީރީއާ ގާތް ފަރާތްތަކުން ބުނި ގޮތުގައި އިސްތިއުފާ އިއުލާން ކުރުމުގެ ކުރިން ސަައުދީ ވަލީ އަހްދު މުހައްމަދު ބިން ސަލްމާންއާ ބަައްދަލު ކުރުމަށް ހަރީރީ އަށް ވަނީ ފޯނުން ދަންނަވައިފަ އެވެ. އެކަމަކު އެ ބައްދަލުވުމަށް ވަޑައިގެން މުހައްމަދުގެ އިންތިޒާރުގައި ހަރީރީ ހަތަރު ގަޑިއިރު ހުންނަވަން ޖެހުނު ކަމަށްވެ އެވެ. އޭގެ ފަހުން ދެން އިވުނީ ހަރީރީގެ އިސްތިއުފާގެ އަޑެވެ.
ލުބުނާނުގެ ހަމަޖެހުމަށް ސަރުކާރުގައި ހިޒްބުﷲ ހިމެނުމުގެ މުހިންމުކަން ސައުދީ އޮފިޝަލުންނަށް ހަރީރީ ދެންނެވި ކަމަށްވެ އެވެ. ލުބުނާން ޕާލަމެންޓުގެ ބައެއް ގޮނޑިތައް ވެސް ހިޒްބުﷲ އިން ކޮންޓްރޯލް ކުރެ އެވެ.
ލުބުނާނުގެ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވި ސައުދުލް ހަރީރީ. --ފޮޓޯ:އޭއެފްޕީ
ހަރީރީ އިސްތިއުފާ ދެއްވަން މަޖްބޫރު ކުރުވި ކަމަށް ބުނާ ވާހަކަތައް ސައުދީން ދޮގު ކުރެ އެވެ. އަދި ހަރީރީ އަކީ މިނިވަނެއް ކަމަށް ބުނެފައިވެ އެވެ.
ހަރީރީ އިސްތިއުފާ ދެއްވުމާ އެކު ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ވިދާޅުވީ ސައުދީގައި ހަރީރީ ކިޑްނެޕްކޮށްފައިވާ ކަމަށެވެ.
ހަރީރީގެ އިސްތިއުފާގެ ސިޓީގައި ވަނީ މަގާމުގައި ހުންނަވައިފި ނަމަ އޭނާ އަވަހާރަކޮށްލަފާނެ ކަމުގެ ބިރު ބޮޑު ކަމަށް ވިދާޅުވެފަ އެވެ. އަދި ހިޒްބުﷲ އިން ދަނީ ސަރަހައްދުގެ ހަމަޖެހުން ނަގާލަމުން ކަމަށް ވިދާޅުވި އެވެ.
އިސްތިއުފާ އިއުލާން ކުރެއްވުމަށް ފަހު ހަރީރީ ވަނީ ސައުދީ ރަސްގެފާން ސަލްމާނާ ބައްދަލު ކުރަން ގަނޑުވަރަށް ގެންގޮސްފަ އެވެ.
ސިޔާސީ ބައެއް ފަރާތްތަކުން ބުނެފައި ވަނީ ހަރީރީ އަށް މަޖްބޫރުކޮށްގެން އިސްތިއުފާ ދެއްވީ އީރާނަށް ސައުދީން މެސެޖެއް ދިނުމަށް ކަމަށެވެ.
ހަރީރީއާ ގުޅޭ ގޮތުން މުހައްމަދު ޖޯކް ޖައްސަވައިފި
ނޫސްވެރިޔާގެ މައްސަލާގައި ހަރީރީގެ ތާއީދު ސައުދީ އަށް
އިސްތިއުފާއާ ގުޅޭ ތަފްސީލް ދެއްވަން ހަރީރީ ދެކޮޅު
ސައުދީގައި ހުންނެވި ހަރީރީ ފްރާންސަށް ގެންދަނީ
ހަރީރީ ވަނީ ސައުދީން ބަންދުކޮށްފައި: ލުބުނާނުގެ ރައީސް
"އިސްތިއުފާދިނީ އަމިއްލަ ސަލާމަތަށް، ގައުމަށް ދާނަން"
ހަރީރީއާ ބެހޭ މައުލޫމާތު ސާފުކޮށްދޭން ސައުދީގައި އެދިއްޖެ
ސައޫދީ އާއި އުރުދުންގެ ވެރިން ބައްދަލުކުރައްވައިފި
ހަރުކަށި ފިކުރާ ޓެރަރިޒަމް ފަތުރަނީ ސައޫދީން: ހިޒްބުﷲ
ސަލްމާން ރަސްގެފާނުގެ މެސެޖެއް އީރާނާއި ހިޒްބުﷲ އަށް