މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި މީހަކަށް ދޭންޖެހޭ އަދަބަށް ވުރެ ކުޑަ އަދަބެއް ކަނޑައެޅުމުން އެ ހުކުމް ތަންފީޒުކޮށް ނިމިގެން މިނިވަންވެފައި ވަނިކޮށް، އޭނާގެ އަދަބު ބޮޑުކޮށް އިތުރު އެއް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
09 ނޮވެމްބަރ 2017
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި މީހަކަށް ދޭންޖެހޭ އަދަބަށް ވުރެ ކުޑަ އަދަބެއް ކަނޑައެޅުމުން އެ ހުކުމް ތަންފީޒުކޮށް ނިމިގެން މިނިވަންވެފައި ވަނިކޮށް، އޭނާގެ އަދަބު ބޮޑުކޮށް އިތުރު އެއް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހުޅުމާލެ އިން ގޯއްޗެއް ވިއްކާނެ ކަމަށް ބުނެ އަދި ފަހުން ފައިސާ ދައްކާނެ ކަމަށް ބުނެ އެކިފަހަރު މަތިން މީހެއްގެ އަތުން 95،000ރ. ހޯދި މައްސަލައެއްގައި ދަފްތަރު 2218، މުހައްމަދު ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ދެ އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ގާނޫނުލް އުގޫބާތުގެ ދަށުން އޭނާ އަށް ދޭންޖެހޭ އަދަބަށް ވުރެ ކުޑަ އަދަބެއް ކަމަށް ބުނެ ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައި ވަނިކޮށް ހުކުމުގެ މުއްދަތު ހަމަވެ، މިދިޔަ ފެބްރުއަރީ މަހު އޭނާ ވަނީ މިނިވަންވެފަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން މިއަދު ނިންމީ އޭނާ އަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އޭނާ އަށް ލިބެންޖެހޭ އަދަބަށް ވުރެ ކުޑަ އަދަބެއް ކަމަށާއި އޭނާ އަށް ކަނޑައަޅަން ޖެހޭނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އެހެންވެ، އޭނާ ޖަލުގައި ހޭދަކޮށްފައިވާ މުއްދަތަށް ވުރެ އެއް އަހަރާއި ދެ މަހާއި 12 ދުވަސް އޭނާ އިތުރަށް ޖަލުގައި ހޭދަކުރަންޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އޭނާގެ އަދަބު ބޮޑުވީ ގާނޫނުލް އުގޫބާތުގެ ދަށުން އޭނާގެ އަދަބު ދަރަޖަ މަތިކުރަން ޖެހޭތީ އެވެ. އޭނާގެ އަދަބުގެ ދަރަޖަ މަތިވީ އޭނާގެ މައްޗަށް ކުރިން ޖިނާޔަތުގެ ދަރަޖައިގެ ކުށެއް ސާބިތުވެފައިވާތީ އެވެ.
ގާނޫނުލް އުގޫބާތު ބުނާ ގޮތުން ކުށުގެ އަމަލު ހިންގި ތާރީޚުން ފެށިގެން ފާއިތުވި ހަ އަހަރު ތެރޭގައި ޖިނާޔަތުގެ ދަރަޖައިގެ އެހެން ކުށެއް ސާބިތުވެފައިވާ ނަމަ، ފަހުން ސާބިތުވި ކުށަށް އަދަބު ކަނޑައަޅާއިރު އަދަބުގެ އެއް ދަރަޖަ މަތިވާނެ އެވެ.
ވަހީދަކީ 2009 ގައި މާލޭގައި އަނިޔާ ކުރުމުން މަރުވި އަށް މަހުގެ މުހައްމަދު ނާފިއުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި މީހެކެވެ. އެކަމަކު އެ މައްސަލާގައި ކޯޓުން ނިންމާފައި އޮތީ އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
"ގާނޫނީ ޒިނޭ" ގެ ތާރީހާއި އޭގެ ނަމުގެ މައްސަލަ
"ގާނޫނީ ޒިނޭ" އޮންނަ މާއްދާއިން ދައުވާކުރެވޭނެ
އަނބިމީހާއަށް ޒިނޭގެ ތުހުމަތުކުރި މީހާ ސަލާމަތެއް ނުވި
ޑީއެންއޭއިން ޒިނޭ ސާބިތުވުން: ބޮޑު ބަހުސަކަށް ނިމުން!
ޑީއެންއޭއިން ޒިނޭ ސާބިތުވާނެ، ދެވޭނީ ގާނޫނީ އަދަބެއް
އޮޅުވާލައިގެން ލައިސަންސް ހޯދަން އުޅުމުން ބޮޑު ޖޫރިމަނާ
ނަފުސާނީ ހާލަތާ ހެދި ބޭރުކޮށްލި މައްސަލަ އަލުން ބަލަނީ
ތޫނު ހަތިޔާރު ގާނޫނުގެ މައްސަލަ ކޯޓުން ބަލައެއްނުގަތް
ތޫނު ހަތިޔާރު ގާނޫނުން އަދަބު ދިނުން ހުއްޓުވަން ކޯޓަށް