06 ނޮވެމްބަރ 2017
ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން އެ ރަށުގައި އެއާޕޯޓު އަޅަން ނިންމާފައިވާއިރު އެއާޕޯޓު ހަދަން ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި ނުވާ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން އެ ރަށުގައި އެއާޕޯޓު އަޅަން ނިންމާފައިވާއިރު އެއާޕޯޓު ހަދަން ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި ނުވާ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ހދ. ކުޅުދުއްފުއްޓާއެކު އިތުރު ހަތަރު ރަށެއްގައި އެއާޕޯޓު ހަދަން ކުރިން ސަރުކާރުން ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ ކުންފުންޏަކާ އެވެ. އެކަމަކު މެލޭޝިޔާގެ ގްރިފޮން އެނާޖީއާ އެކު ވި އެ އެއްބަސްވުން މިދިޔަ މަހު ސަރުކާރުން ވަނީ އުވާލާފަ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ކުރިން ބުނިގޮތުގައި އެ އެއްބަސްވުން އުވާލީ ދެވަނަ ފުރުސަތެއް ދިނުމުން ވެސް ފައިސާ ހަމަނުޖެހިގެންނެވެ.
ކުޅުދުއްފުށީ އެއާޕޯޓު ހަދަން އޭގެ ފަހުން ސަރުކާރުން ބަޔަކާ ހަވާލެއް ނުކުރެ އެވެ. އެކަމަކު އެއާޕޯޓު އަޅަން އެ ރަށު ކުޅި ހިއްކުމަށް ސަރުކާރުން އެމްޓީސީސީއާ އެކު ސޮއިކޮށް އެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
ކުޅުދުއްފުށިން ވާހަކަ ދެއްކި މީހުން ބުނިގޮތުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމެއް ނެތި، އެ ފަދަ ބޮޑު މަޝްރޫއެއް ފެށުމަކީ ކަންބޮޑުވުން އޮތް ކަމެކެވެ. ހާއްސަކޮށް، ކުޅި ފަދަ އެ ރަށަށް މުހިއްމު ތަނެއް ނައްތާލާފައި، އެ ފަދަ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުން ބޭނުންވާ ކަމަށް އެ މީހުން ބުންޏެވެ.
"ހަގީގަތަށް ދަންނަވާނަމަ އަޅުގަނޑުމެންނަށް އެ ޔަގީންކަމެއް ނެތް. ކުރިން ޝަކުވާ ނުކުރީ އެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފައި އޮތީމަ. އެކަމަކު އެއްބަސްވުން ބާތިލްވެ، އޭގެ ފަހުން އެއްވެސް ބަޔަކާ އަދިވެސް ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ނުވާތީ ކަންބޮޑުވޭ،" ކުޅުދުއްފުށިން ވާހަކަ ދެއްކި އެކަކު ބުންޏެވެ.
"ކުޅި އަޅުގަނޑުމެންނަށް މުހިއްމު. އެކަމަކު އެއާޕޯޓު އެއަށް ވުރެ މުހިއްމު ވީމައި އެކަމަށް އެއްބަސްވީ. ކުޅި ގެއްލި އެއާޕޯޓު ވެސް ގެއްލޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން."
އެއާޕޯޓު ހަދަން ބަޔަކާ ހަވާލުނުކޮށް، ކުޅި ހިއްކަން ނިންމާފައިވާތީ ސޯޝަލް މީޑިއާގައި ވެސް ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނީ ކުޅުދުއްފުށީ ކުޅި ހިއްކަން ފެށި ނަމަވެސް އެއާޕޯޓު ހަދާނެ ބަޔަކު ސަރުކާރުން ހޯދާނެ ކަމަށެވެ.
އެތަނުގެ ޑިރެކްޓާ ޖެނެރަލް ސާމީ އަގީލް މިއަދު ވިދާޅުވީ ކުޅި ހިއްކައި ނިމެން ވާއިރަށް، އެއާޕޯޓު ތަރައްގީ ކުރާނެ ބަޔަކު ކަނޑައަޅާނެ ކަމަށެވެ.
އޭނާ މީގެ ކުރިން ވިދާޅުވި ގޮތުގައި އެއާޕޯޓު ހަދަން އެހެން ބައެއް ކުންފުނިތައް ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ކުންފުންޏަކާ ސަރުކާރުން މަސައްކަތް ހަވާލު ކުރާނެ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.
ގިނަ ދިރުންތަކެއް ހުރި އަދި ކުޅުދުއްފުއްޓާ އެތައް ގޮތަކުން ގުޅިފައިވާ އެ ރަށު ކުޅި ހިއްކަން ނިންމުމުން ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ކުޅި ހިއްކުމުގެ މަސައްކަތަށް، އެމްޓީސީސީގެ އާ ކޮންނަ ބޯޓު މަހާ ޖައްރާފު މިހާރު އެ ރަށަށް ގޮސްފައިވާއިރު، އެ މަސައްކަތަށް ވާން ޖެހޭ ތައްޔާރީތައް ވަނީ ނިމިފަ އެވެ.
އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެރަށު ކުޅިން ނުވަ ހެކްޓަރު ހިއްކަން ވަނީ ނިންމާފަ އެވެ.
އެއާޕޯޓްގައި ޕްރެޝާ ފެޑްތައް ބޭނުންކުރުން ހުއްޓާލައިފި
ހޯރަފުއްޓާއި މާވަރުލަށް ވެސް ރޭގަނޑު ދަތުރުތައް ފަށަނީ
ރީޖަނަލް އެއާޕޯޓުތައް ހިންގަން ކުންފުންޏެއް އުފައްދައިފި
ކުޅުދުއްފުށީ އެއާޕޯޓުގެ ވަޒީފާތަކަށް އިއުލާންކޮށްފި
ކުޅުދުއްފުށީ ރަންވޭ: މިހާރު "ދުވާ ޓުރެކަކަށް"!
އެއާޕޯޓް އަޅަން 16 ގެއަކަށް ބަދަލުދީ ނިންމައިފި
އެއާޕޯޓު އަޅާ ސަރަހައްދުގެ ގެތައް ހުސްކުރަން އަންގައިފި
އެއާޕޯޓް އަޅަން 12 ގެއެއް ހުސްކުރަން އެއްބަސްވެއްޖެ
ކުޅުދުއްފުށި އެއާޕޯޓު ރަންވޭގެ މަސައްކަތް އެމްޓީސީސީއަށް
ބިން ހިއްކުން ފައްޓަވައިދެއްވަން ރައީސް ކުޅުދުއްފުއްޓަށް