Roadha Mihaaru
ކުޅުދުއްފުށީ އެއާޕޯޓުގެ ވަޒީފާތަކަށް އިއުލާންކޮށްފި

ކުޅުދުއްފުށީ އެއާޕޯޓުގެ ވަޒީފާތަކަށް އިއުލާންކޮށްފި

24 ޖުލައި 2019

ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާންކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާންކޮށްފި އެވެ.

ކުރިއަށް އޮތް ބޮޑު އީދުގެ ކުރިން، ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިންމައި ދަތުރުތައް ފެށުމަށް ވަނީ ޕްލޭންކޮށްފަ އެވެ. އެހެންވެ، އެތަނުގެ ގިނަ ވަޒީފާތަކަށް މީހުން ހޯދުމަށް ގެޒެޓްގައި މިރޭ ވަނީ އިއުލާންކޮށްފަ އެވެ.

ރީޖަނަލް އެއާޕޯޓްސްއިން ވަނީ ކުޅުދުއްފުށީ އެއާޕޯޓުގެ 13 ވަޒީފާއަކަށް 25 މީހުން ހޯދުމަށް އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ޑިރެކްޓަރުންނާއި އޮޕަރޭޝަން އޮފިސަރުންނާއި ގާޑުންނާއި ފަޔާ ފައިޓަރުންގެ އިތުރުން މަސައްކަތު މީހުން ހިމެނެ އެވެ.

މި ވަޒީފާތަކަށް ކުރިމަތިލާ މީހުން އަންނަ މަހުގެ 5 ގެ ކުރިން، ފޯމު ހުށަހެޅުމަށް އިއުލާނުގައިވެ އެވެ.

ހަމައެކަނި ރަންވޭއެއް ހަދައި ރަމްޒީ ގޮތުން ހުޅުވާފައިވާ ކުޅުދުއްފުށީ އެއާޕޯޓުގައި ޓާމިނަލް އެޅުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. މިދިޔަ ސަރުކާރުން ފެށި މި މަސައްކަތް ނިންމުމަށް، މި ސަރުކާރުން ވެސް ވަނީ މި އަހަރުގެ ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.