29 އޮކްޓޯބަރ 2017
ސިވިލް ސާވިސް މުވައްޒަފުން ރަސްމީ ވަގުތުގައި އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ނަމަ މުސާރައިން އުނިކުރަން އެންގީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް، މިނިސްޓްރީއަކަށް، ލަފާ ދެއްވާފައި ވަނިކޮށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ސިވިލް ސާވިސް މުވައްޒަފުން ރަސްމީ ވަގުތުގައި އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ނަމަ މުސާރައިން އުނިކުރަން އެންގީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް، މިނިސްޓްރީއަކަށް، ލަފާ ދެއްވާފައި ވަނިކޮށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިދިޔަ ހަފުތާގައި ނެރުނު ސާކިއުލާއަކުން ވަނީ ސިވިލް ސާވިސް ގަވާއިދުގެ 160 ވަނަ މާއްދާގެ ށ. ގެ ދަށުން، ރަސްމީ ވަގުތުގައި އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތަށް މުސާރަ އާއި ސާވިސް އެލަވަންސުން އުނި ކުރަން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.
އެކަމަކު އެގޮތަށް އެންގުމުގެ ކުރިން، މި މަހުގެ 10 ވަނަ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުން އޮތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީއަށް ލަފާ ދީފައި ކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ. އޭޖީ އޮފީހުން އެ ލަފާ ދިނީ އެ މިނިސްޓްރީން އެކަމުގެ ލަފަޔަކަށް އެދުމުން ކަމަށް ވެސް އެނގިފައިވެ އެވެ.
އޭޖީގެ ލަފާގައި ވާ ގޮތުން މުވައްްޒަފުންގެ މުސާރައިން އުނިކުރެވޭނެ ހާލަތްތައް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާއިރު އެ ނޫން ހާލަތެއްގައި މުސާރައިން އުންޏެއް ނުކުރެވޭނެ އެވެ.
ފިޝަރީޒް މިނިސްޓްރީން އޭޖީގެ ލަފައަކަށް އެދުނީ ސީއެސްސީގެ ނިންމުމަށް އަމަލްކުރަން އެ މިނިސްޓްރީއަށް އެންގުމުންނެވެ.
މި މައްސަލާގައި ސީއެސްސީން މިއަދު ބުނީ ބޭރުގައި އަމިއްލަ ކަންކަމުގައި އުޅޭ ވަގުތަށް މުސާރަ އާއި އެލަވަންސުން ކަނޑަށް އެންގީ ގަވާއިދުގައި ކުރިން ވެސް އެގޮތަށް އޮންނާތީ ކަމަށެވެ. އެކަމަކު ފިޝަރީޒް މިނިސްޓްރީއަށް އެޓާނީ ޖެނެރަލް ދެއްވި ލަފައާ ގުޅޭ ގޮތުން ސީއެސްސީން ވަކި އެއްޗެެއް ނުބުނެ އެވެ.
"ގަވާއިދުގައި އެގޮތަށް ކުރިން ވެސް އޮންނަ އެއްޗެއް އެއީ. އޭޖީގެ ލަފައާ ގުޅޭ ގޮތުން ވަކި ކޮމެންޓެއް އަޅުގަނޑުމެންގެ ނެތް،" ސީއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ސީއެސްސީން ވަނީ އޭޖީގެ ލަފައަކާ ޚިލާފަށް ގަވާއިދު އިސްލާހުކޮށްފަ އެވެ. އެ ފަހަރު ގަވާއިދަށް ބަދަލުގެނައީ މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނިކުރާ ގޮތަށެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އޭޖީން ސީއެސްސީއަށް ލަފާ ދިނުމުން ވެސް އެއާ ޚިލާފަށް ގަވާއިދު އިސްލާހު ކޮށްފައި ވަނިކޮށް ހައި ކޯޓުން ވަނީ ގަވާއިދުގެ އެ އަކުރު ބާތިލްކޮށްފަ އެވެ.
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި
އަޖުވަދު ވިދާޅުވަނީ ހުރީ ހުސް މައްސަލަ ކަމަށް!
ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލުކުރަން އެދިއްޖެ
މުސާރައިގެ މައްސަލާގައި ބައެއް އޮފީސްތައް ހުއްޓުމަކަށް!
ސިވިލް ސާވަންޓުން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖުގައި
ސިވިލް ސާވިސް އިދާރީ މުސާރަ ބޮޑުކުރަން ހުށަހަޅައިފި
މުސާރަ އެންމެ ބޮޑުވީ ދަށް ފަންތީގެ މުވައްޒަފުންނަށް
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
އެކި ދާއިރާތަކުގެ މުސާރަ ބޮޑުކޮށްދިނިން: ސީއެސްސީ