29 އޮކްޓޯބަރ 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗަކީ މި ވަގުތު ހާލަތު އޮތް ގޮތުން ލީގުގެ ގަދަ ހަތަރެއްްގައި އޮވެ ނިންމާލަން ގްރީން ސްޓްރީޓްސް އަށް މުހިއްމުކަން ބޮޑު މެޗެކެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗަކީ މި ވަގުތު ހާލަތު އޮތް ގޮތުން ލީގުގެ ގަދަ ހަތަރެއްްގައި އޮވެ ނިންމާލަން ގްރީން ސްޓްރީޓްސް އަށް މުހިއްމުކަން ބޮޑު މެޗެކެވެ.
މި އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގްރީން ސްޓްރީޓްސް އިން ވަނީ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. ލީގު ޗެމްޕިއަންކަން ގްރީން ސްޓްރީޓްސް އަށް ގެއްލުނީ ޗެމްޕިއަންކަން ހޯދި މާޒިޔާ އަށް ވުރެން ފައިދާ ގޯލު މަދުވުމުންނެވެ.
މާލޭ ލީގުގައި ގްރީން ސްޓްރީޓްސް އިން ނެރުނު ރަނގަޅު ނަތީޖާ ތަކުގެ ސަބަބުން މީހުން އެ ޓީމާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވި ކަމަަށް އެ ކްލަބްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ވެސް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އަދި މިއީ އެ ކްލަބަށް އޮތް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.
ޕްރިމިއާ ލީގަށް ގްރީން ސްޓްރީޓްސް އިން ނުކުތީ ޓްރާންސްފާތަކަކާ އެކު އެވެ. އެގޮތުން އެ ޓީމަށް މާލޭ ލީގުގައި މޮޅު ކުޅުމެއް ދެއްކި ޒިމިޓްރޯ ޒަންޑޯޗް ދޫކޮށްލުމަށް ފަހު ވަނީ ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މެކޯ ގެނެސްފަ އެވެ. އަދި ގައުމީ ޓީމަށް ކުރިން ކުޅުނު މުހުތާރު ނަސީރު (ޓޫކިލޯ)، ވެލެންސިއާގެ ޝާފިއު އަހުމަދު (ޝާފީ)، ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ)، ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު ނައްޒާމް އަދި ނިއުގެ އާދަމް އިޝާމް ގެނަ އެވެ.
ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުތަކުގައި އަލަށް ޓީމާ ގުޅުނު ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުނެވެ. ސޮބާ އޭރު ބުނީ މެޗަކަށް ފަހު މެޗެއް ކުޅުންތެރިންގެ ގުޅުން ރަނގަޅުވުމުން ޓީމުގެ ނަތީޖާތައް ރަނގަޅުވާނެ ކަމަށެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ގްރީން ސްޓްރީޓްސް އަށް މޮޅެއް ހޯދިފައިނުވާއިރު، ގަދަ ހަތަރެއްގެ ރޭހުގައި ގްރީން މި ވަގުތު ކުރީގައި އޮތީ އެއް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގުގެ ފަހު ހަތަރު މެޗަށް ނުކުންނައިރު ގްރީން ހަތަރު ވަނައިގައި އޮތީ 10 މެޗުން 13 ޕޮއިންޓާ އެކު އެވެ. ގދ. ތިނަދޫ ފަސް ވަނައިގައި އޮތީ 10 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި ގްރީން އަަށް ކުރިއަށް އޮތް ހަތަރު މެޗަކީ ކުޑަހުވަދޫ، ތިނަދޫ، މާޒިޔާ އަދި ޓީސީ މެޗެވެ. ތިނަދޫ އަށް ކުރިއަށް އޮތީ ނިއު، ގްރީން ސްޓްރީޓްސް، މިލަންދޫ އަދި މާޅޮސް މެޗެވެ. ލީގުގެ ޓޭބަލުގައި މި ވަގުތު މަގާމުތައް އޮތްގޮތުން ގްރީން ސްޓްރީޓްސް އަށް ނިސްބަތުން އުނދަގޫ ދެ މެޗެއް އެބައޮތެވެ. އެއީ ޓީސީ އާއި މާޒިޔާއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ. އެއީ ލީގުގެ ފުރަތަމަ ބުރުގައި ވެސް މި ދެ ޓީމު އަތުން ބަލިވެފައި އޮތުމުންނެވެ.
ލީގުގައި އެންމެ ފަހުން މިލަންދޫއާ އެއްވަރުވި މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ އެސިސްޓަންޓް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) ބުނީ ހާލަތު ބަދަލުކުރަން ކުޑަހުވަދޫ މެޗުން މޮޅެއް މުހިއްމު ކަަމަށާއި ގަދަ ހަތަރެއްގައި އޮވެ ލީގު ނިންމާލެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ކުޑަހުވަދޫ އަށް މޮޅެއް ލިބިފައިނުވެ އެވެ. އަށް މެޗުން ބަލިވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ކުޑަހުވަދޫ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 1-0 އިންނެވެ.
ފަހު މެޗުން މާޅޮހާއި ކުޑަހުވަދޫ އެއްވަރުވެއްޖެ
ކުޑަހުވަދޫ ބަލިކޮށް މިލަންދު އަށް ހަމަޖެހުމެއް
ތަފާތު ބޮޑު މޮޅަކާ އެކު ތިނަދޫ ގަދަ ހަތަރަކާ ދިމާލަށް
ނިއު ފަސް ބެލުމެއް ނެތި ލީގު ޗެމްޕިއަންކަމާ ގާތަށް
ހާލަތު ބަދަލުކުރަން މިލަންދޫ-ގްރީން މުހިއްމު މެޗަކަށް
ނިއު "ރަސްކަން" ދަމަހައްޓަން ގްރީންއާ ދެކޮޅަށް
އުމެއިރުގެ ދެ ލަނޑުން މާޒިޔާ އަށް ރަނގަޅު ފެށުމެއް
ގްރީން އަތުން މޮޅުވެ ޓީސީ އަށް ތިން ވަނަ
ރަނގަޅު މަގާމެއް ހޯދަން ޓީސީ-ގްރީން މުހިއްމު މެޗަކަށް
މެޗު ފުރިހަމަނުކޮށް ކުޑަހުވަދޫން ދަނޑުން ފައިބައިފި