26 އޮކްޓޯބަރ 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. މިލަންދޫ އާއި ގްރީން ސްޓްރީޓްސްގެ ވާދަކުރާއިރު މިއީ މި ދެ ޓީމު މި ވަގުތު އޮތް ހާލަތު ބަދަލުކުރަން މި ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެއް ކަމުގައި މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. މިލަންދޫ އާއި ގްރީން ސްޓްރީޓްސްގެ ވާދަކުރާއިރު މިއީ މި ދެ ޓީމު މި ވަގުތު އޮތް ހާލަތު ބަދަލުކުރަން މި ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެއް ކަމުގައި މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނެފި އެވެ.
އިއްޔެ މާޒިޔާ އަތުން ގދ. ތިނަދޫ ޕޮއިންޓެއް ހޯދުމުން އެ ޓީމަށް ވަނީ ލަނޑުގެ ތަފާތުން ހަތަރު ވަނަ ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ތިނަދޫ އާއި ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ހަތަރު ވަނަ އަށް އަލުން އަރަން ގްރީން އަށް މިއަދުގެ މެޗުން ބޭނުންވަނީ ޕޮއިންޓެކެވެ. މިލަންދޫ ލީގުގެ ހަތް ވަނައިގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ.
ލީގުގެ ދެ ވަަނަ ބުރުގައި އެންމެ ނަތީޖާ ދަށް ދެ ޓީމަކީ މިލަންދޫ އާއި ގްރީން ސްޓްރީޓްސް އެވެ. ދެ ޓީމު ވެސް ވަނީ ދެ ވަނަ ބުރުގައި މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެފަ އެވެ.
ލީގުގެ ފުރަތަމަ ބުރުގައި މިލަންދޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް އެކި މައްސަލަތައް ދިމާވެ ދެ ވަނަ ބުރުގައި އެ ޓީމު މި ވަގުތު އޮތީ ގޯސް ހާލަތެއްގަ އެވެ. ނާސިރު ބުނީ މިއަދުގެ މެޗަށް ނުކުންނައިރު ޓީމުގެ ހާލަތު ކުރިއަށް ވުރެން ރަނގަޅު ކަމަށެވެ.
"ކުދިކުދި ޗޭންޖުތަކެއް އެބަހުރި. ބޭނުންވާ ޓެމްޕޯގައި ހިފަހައްޓާލެވޭ. ކޮންމެވެސް ވަރަކަށް. މިހާރު ކުޅުންތެރިން ޕްރެކްޓިސްގައި މި ދައްކާ ޕާފޯމެންސަށް ބަލާއިރު ރަނގަޅުވާނެ ކަމަށް މި ބަލަނީ. ފުދޭ ވަރެއްގެ ބޮޑު ޗެލެންޖެއް ކަންނޭނގެ މިއީ. އެންމެ ފަހުން ދެ މެޗުގައި ބައިކޮޅަށް 12 ގޯލު ވަދެފައި އޮތީމަ. މޮޓިވޭޝަން ދަށްވެފައި އޮތީ. އެހެންވެ އެކަން ރަނގަޅުކުރަން ކުޅުންތެރިން މިހާރު ވަރަށް ބޭނުންވެފައި އޮތީ ގްރީން މެޗު ނަގަން. އަޅުގަނޑު ޕްރެކްޓިހުގައި ކޮށްދޭ ހުރިހާ ކަމެއް އެ ކުދިން އެބަ ބަލައިގަނޭ،" ނާސިރު ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިލަންދޫގެ ކޯޗު ނާސިރު ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގްރީން ސްޓްރީޓްސް ވަނީ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން އއ. މާޅޮސް އަތުން ބަލިވެފަ އެވެ. މިއީ މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމެއް އަތުން މާލެ ލީގުގެ ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ. ނާސިރު ބުނީ އެ މެޗާ މެދު މިލަންދޫ އިން އެއްވެސް ވަރަކަށް ނުވިސްނާނެ ކަމަށެވެ.
"އެއީ އެއްވެސް ކުޅުންތެރިއަކު ވެސް އަދި އަޅުގަނޑު ވެސް ވިސްނާކަމެއް ނޫން. އެ ޓީމު (ގްރީން) ދަށްވީ ކަމަކަށް. ހުރިހާ މެޗެއްގައި އެއްވެސް ޓީމަކަށް ނުކުޅެވޭނެ އެއް ފެންވަރެއްގައި. އެ ކަހަަލަ މެޗެއް އަތުވެދާނެ. ގްރީން ދެ މެޗުން ބަލިވީމަ އެކަމާ ނުވިސްނަން. އެއީ އަޅުގަނޑުމެން ވެސް މިއޮތީ ދެ މެޗުން ބަލިވެފައި. ނުކުންނަނާނީ ނެގެން އޮތް ހުރިހާ އެޑްވާންޓޭޖެއް ނަގައިގެން މޮޅުވާން. ފަސޭހައެއް ނުކޮށްލާނަން،" އޭނާ ބުންޏެވެ.
މިލަންދޫގެ ޓާގެޓަކީ އެންމެ ފުލަށް ނުދިޔުން ކަމަށާއި އެކަމަށް މުޅި ޓީމު މަސައްކަތް ކުރާނެ ކަމަށް ނާސިރު ވަނީ ބުނެފަ އެވެ.
"ޓާގެޓަކީ އެންމެ ފުލުގައި ނޯންނަން. ރާއްޖެ ތެރެއިން އައި ޓީމުތަކުގެ ތެރެއިން އެންމެ ޓޮޕްގައި އޮންނަން. އަދިވެސް މިއޮތީ އެ ޓާގެޓަށް ދެވޭ ހިސާބަކަށް،" ކުރިން ނިއު އާއި ގައުމީ ޓީމަށް މޮޅު ކުޅުމެއް ދެއްކި ނާސިރު ބުންޏެވެ.
މިލަންދޫ ޓީމަށް މި ފަހަރު އެންމެ ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިއަކީ އެ ޓީމަށް ކުޅޭ ބ. އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭނާ އަށް ގަވާއިދުން ޓީމުގެ ޕްރެކްޓިހުގައި ބައިވެރިނުވެވެނީ ރަށުގައި ވަޒީފާ އަދާކުރަން ޖެހޭތީ އެވެ. ސައްޓު ކޮންމެ މެޗެއް ކުޅެނީ ޓީމާ އެއް ޕްރެކްޓިސް ކުރުމަށް ފަހު އެވެ. ނާސިރު ބުނީ ސައްޓު ޕްރެކްޓިހެއް ނުލައި ކުޅެން އަރުވާތީ ޓީމު ތެރޭގައި މައްސަލައެއް ނެތް ކަމަށެވެ.
"އެއްވެސް ކުޅުންތެރިއަކު ޝަކުވާއެއް ކޮށްފައި ނެތް. ސައްޓު ޕްރެކްޓިސް ނުކޮށް ވެސް ތަފާތު ދައްކާކަމަށް ހުރިހާ ކުޅުންތެރިން ވެސް އެއްބަސްވޭ،" އޭނާ ބުންޏެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) މި ވަގުތު ބާސެލޯނާގައި ކޯޗިން ކޯސް ފުރިހަމަ ކުރަމުންދާތީ މި މެޗުގައި އެ ޓީމަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ.
ގްރީން ސްޓްރީޓްސް އާއި މިލަންދޫ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
މިލަންދޫ އަތުން ގްރީން ސްޓްރީޓްސް އަށް އުނދަގޫ މޮޅެއް
މިލަންދޫ އަތުން ބަލިވެ ތިނަދުއަށް އިތުރު އިންތިޒާރެއް
ކުޑަހުވަދޫ ބަލިކޮށް މިލަންދު އަށް ހަމަޖެހުމެއް
ޕީކޭ މައްސަލައިގައި މިލަންދޫގެ ގޯހެއް ނެތް!
މިލަންދޫން އޮޅުވާލައިގެން ލީގު ހޯދަން ނޫޅެން: ކޯޗު
ތަފާތު ބޮޑު މޮޅަކާ އެކު ތިނަދޫ ގަދަ ހަތަރަކާ ދިމާލަށް
މިލަންދޫ އިން ފަހަތުން އަރައި މާޒިޔާ ހިފަހައްޓައިފި
މިލަންދޫ ކުޅުންތެރިއަކާ ދެކޮޅަށް މައްސަލަ ޖައްސައިފި
ކުޑަހުވަދޫއާ ދެކޮޅަށް ގްރީން މުހިއްމު މެޗަކަށް
މިލަންދޫއާ އެއްވަރުވެ ގްރީން ސްޓްރީޓްސް ހަތަރަކަށް