* * *
* * *
މާލޭގެ ބޮޑު ބަޔަކުން މީގެ އިރުކޮޅެއް ކުރިން ކަރަންޓު ކެނޑިއްޖެ އެވެ.
މީގެ ބައި ގަޑިއެއްހާއިރު ކުރިން ކަރަންޓު ކެނޑުމާ އެކު ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ކަރަންޓު ދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ކަރަންޓު ކެނޑެން ދިމާވީ ކީއްވެގެން ކަމެއް ސްޓެލްކޯއިން ނުބުނެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި ވާތީ މައްސަލަ ހައްލުކުރުމަށް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މާލޭގައި ކަރަންޓު ދޭން މިހާރު ބޭނުންކުރަނީ ގިނަ ދުވަސްވެފައިވާ ސިސްޓަމަކަށް ވުމުން އެ ސިސްޓަމްގެ މައްސަލަތަކާ ގުޅޭ ދިރާސާތަކެއް ކުރަން ޖެހޭ ކަމަށާއި ދިމާވާ މައްސަލަތައް ދިރާސާއިން ދެނެގަނެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ފަސް ގަޑިއިރު ފަހުން މުޅި މާލެއަށް ކަރަންޓު ދީފި
ކަރަންޓު ކެނޑުނީ ޖަނަރޭޓަރުތައް ނިވިގެން: މުޣުނީ
ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްފިން: ސްޓެލްކޯ
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ހިނގައިދާނެ
ކަރަންޓް ކެނޑޭ މައްސަލަ ދެނެގަތުމަށް ދިރާސާކުރަނީ
ބިލް ބޮޑުކަމަށް ދައްކަނީ ޑިސްކައުންޓް ބިލާ އަޅާކިޔާތީ
މޭ މަހުގެ ބިލް ވެސް ހެދީ އަގުހެޔޮ ޓެރިފް ރޭޓްގައި
އާންމުހާލަތަށް ދެވެންދެން ސަލާމަތީ ކަންކަން ބަލަނީ
ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް ފެންނާކަށް ނެތް
ކަރަންޓު ކެނޑުނު ސަބަބު ދިރާސާ އެބަކުރަން: ތޯރިގު