Roadha Mihaaru

ފަސް ގަޑިއިރު ފަހުން މުޅި މާލެއަށް ކަރަންޓު ދީފި

މިހާރު މުޅި މާލެއަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ފަސް ގަޑިއިރު ފަހުން މުޅި މާލެއަށް ކަރަންޓު ދީފި

މިހާރު މުޅި މާލެއަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މިއަދު މެންދުރު 12:45 ހާއިރު މާލެ އާއި ހުޅުމާލެ އައި ވެލާނާ އެއާޕޯޓުން ވެސް ކަރަންޓު ކެނޑުނެވެ.

ގިނަ އިރުތަކެއް ފަހުން އެކި ހިސާބުތަކަށް ކަރަންޓު ދޭން ފަށައި މިހާރު މުޅި މާލެއަށް ކަރަންޓު ދީފައިވާ ކަމަށާއި މިވަގުތު އެނަޖައިޒް ނުކުރެވި ހުރީ ހުޅުމާލޭ ރުއްގަނޑު 1 ގައި ހުރި ޓްރާންސްފޯމަރެއް އެކަނި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"މި ދެންނެވި ޓްރާންސްފޯމަރު ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރި ނަމަ އަޅުގަނޑުމެންގެ އިމަޖެންސީ ނަންބަރު 104 އަށް ގުޅުއްވުން އެދެން،" ސްޓެލްކޯގެ މެސެޖެއްގައި ބުންޏެވެ.

ކަރަންޓު ކެނޑެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. ސްޓެލްކޯ އިން ބުނީ އިންޖީނިއަރުން އަންނަނީ ދިމާވި މައްސަލަ ބަލަމުން ކަމަށާއި މިކަމަށް ގިނަ ވަގުތު ހޭދަވީ މުޅި ގްރިޑުން ކަރަންޓު ދިއުމުން އެކަން ރަނގަޅަށް ޔަގީންކޮށްފައި ނޫން ގޮތަކަށް ކަރަންޓު ނުދޭން ކަމަށެވެ.

މިއަދު މެންދުރު 12:45 ހާއިރު ކަރަންޓު ކެނޑުނުއިރު ހޮސްޕިޓަލުތަކާއި އެއާޕޯޓުން ވެސް ކަރަންޓު ކެނޑުނަސް އެ ތަންތަނަށް ވަނީ ބެކަޕް ޕަވަ ބޭނުންކޮށްގެން ގަޑިއެއްހާއިރު ތެރޭ އަލުން ކަރަންޓު ދީފަ އެވެ. ކަރަންޓު ކެނޑުމުން ސްކޫލުތަކުގެ މެންދުރު ދަންފަޅީގެ ކިޔެވުން ވެސް ކެންސަލުކޮށްފައި ވާއިރު މުޅި މާލެ އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.

ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ އެކު ފުލުހުން މިހާރު ވަނީ ތަހުގީގު ފަށާފައިވާ ކަމަށް ބުނެފަ އެވެ. މިއީ މިހާތަނަށް މާލެ ސަރަހައްދުގައި ކަރަންޓަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ އެވެ.