Roadha Mihaaru
ޗެއާޕާސަންގެ ނައިބު މާލީއަށް އަހުމަދު އަބްދުﷲ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ

21 އޮކްޓޯބަރ 2017

އިއްޔެ އޮތް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް މީހަކު ހޮވުމުގެ އިންތިހާބު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ކާމިޔާބުކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިއްޔެ އޮތް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް މީހަކު ހޮވުމުގެ އިންތިހާބު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ކާމިޔާބުކުރައްވައިފި އެވެ.

ކުރިން އިހަވަންދޫ ދާއިރާގެ މެމްބަރު ކަން ކުރެއްވި އަހުމަދު އެ މަގާމަށް ހޮވިވަޑައިގަތީ 373 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ދެން ވާދަކުރެއްވި އިބްރާހިމް ވަހީދަށް 293 ވޯޓު ލިބުނުއިރު ހުސައިން ޝަމީމްގެ ޖުމްލައަކީ 257 ވޯޓެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި އަލީ ނިޔާޒް އޮތީ އިންތިޚާބަކާ ނުލައި ހޮވިވަޑައިގެންފަ އެވެ. އޭނާ ނޫން އެހެން ބޭފުޅަކު އެ މަގާމަށް ވާދަކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތައް ބާއްވަމުން އަންނަ އިރު ޕާޓީގެ ކޮންގްރެސް އަށް ފައިސާ ހޯދަން ނިންމައި، އެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފައިސާ ލިބުނުހާ އަވަހަކަށް ކޮންގްރެސް ބާއްވާނެ ދުވަހެއް ކަނޑައަޅާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.