18 އޮކްޓޯބަރ 2017
މާދަމާ ރޭ ޕީޕީއެމުން ބާއްވާ ޖަލްސާ އަށް ނުދާ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ މުވައްޒަފުންނާ ސުވާލު ކުރެވޭނެ ކަމަށާއި އޭގެ މާނައަކީ ޖަލްސާ އަށް ދިއުން މަޖުބޫރު ކުރުވުން ނޫން ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ
މާދަމާ ރޭ ޕީޕީއެމުން ބާއްވާ ޖަލްސާ އަށް ނުދާ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ މުވައްޒަފުންނާ ސުވާލު ކުރެވޭނެ ކަމަށާއި އޭގެ މާނައަކީ ޖަލްސާ އަށް ދިއުން މަޖުބޫރު ކުރުވުން ނޫން ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ
"ތައްޔާރު" ނަމުގައި ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއާ ގުޅޭ ގޮތުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްގައި ސަރުކާރު މުވައްޒަފުން ބައިވެރިވުމަކީ ކޮރަޕްޝަންގެ ކަމެއް ކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ. ކުންފުނިތަކުގެ މުވައްޒަފުންނަށް ދަންނަވާނަމޭ، ޖަލްސާއަށް ވަޑައިގެންދެއްވާށޭ. ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ތިބި މެމްބަރުންނަށް ވެސް ދަންނަވާނަމޭ ވަޑައިގަންނަވާށޭ. ވަޑައިނުގެންފި ނަމަ، ގެނެސްގެން ކީއްވެގެންތޯ ބަލާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެކަމަކު އޭނާ އެގޮތަށް ވިދާޅުވިޔަސް އެއީ މަޖުބޫރުކުރުމެއް ނުވަތަ އިންޒާރު ދެއްވުމެއް ކަމަކަށް ގަަބޫލެއްނުކުރައްވަ އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިވާން އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރާނެ އެވެ. އެ ހަރަކާތްތަކުގައި ހެޔޮ ހިތުން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ޖަލްސާއަށް ދައުވަތު ދިނުމަކީ މަޖުބޫރު ކުރުމެއް ނޫން ކަމަށެވެ.
ޕީޕީއެމްގެ ޖަލްސާއެއްގައި ބައިވެރިނުވެގެން އެއްވެސް މުވައްޒަފަކު ވަފީޒާއިން ވަކިކޮށްފައި ވާ ނަމަ އެ މުވައްޒަފަކު އެކަން ދެއްކުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުންގެ ކުރިއެރުމަށް ޕީޕީއެމުން މަސައްކަތްކުރާ އިރު ޖަލްސާތަކަށް އެ މީހުން ނުދާ ނަމަ، އޭގެ ސަބަބު ހޯދަން މަސައްކަތް ކުރައްވާނެ އެވެ. ނަމަވެސް އެއްވެސް ކަމަކަށް މަޖުބޫރު ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޖަލްސާ ބާއްވަން ސަރުކާރުގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރާނެ ކަމަށެވެ. ޖަލްސާ ބާއްވަނީ ހައުސިން މިނިސްޓްރީން ހުއްދަ ލިބި، ކާނިވާ ސަރަހައްދު ކުއްޔަށް ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމުން ނުކުރާނެ ގާނޫނުން ބޭރުން ކަމެއް. ޕީޕީއެމްގެ ސަރުކާރަކުން ނުކުރާނެ ގާނޫނުގެ ބޭރުން އެއްވެސް ކަމެއް. އިދިކޮޅު މީހުން ދައްކަނީ ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މާދަމާ ރޭގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން މުހިންމު ވާހަކަތަކެއް ހިއްސާ ކުރައްވާނެ ކަމަށް ޕީޕީއެމުން ބުނެ އެވެ.
ޕީޕީއެމްގެ "ސައިޒު" ދައްކާ ޖަލްސާ އަންގާރަ ދުވަހު
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
އިދިކޮޅުގައި ހުރީ ތަޖުރިބާ ނެތް ބޭފުޅެއް: އަދުރޭ
ރިފޯމް އުފެއްދިޔަސް ޕީޕީއެމެއް ނުލިބޭނެ: އަބްދުއްރަހީމް
އިބޫ ވައުދުވުން ހުއްޓާލައްވާ: އަބްދުއްރަހީމް
ރައީސް ޔާމީނަށް ވޯޓު ނުދޭނީ ގައުމުގެ އަދުއްވުން:އަދުރޭ
ޕީޕީއެމުން ކަނޑާލާ މީހުން ޕާޓީއަށް ވައްދަން އުސޫލެއް
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް ދޭން ނިންމައިފި
ޔާމީނަށް އެންމެ ގިނަ ވޯޓް ދޭނީ ހައްދުންމަތިން: އަދުރޭ
އަޅުގަނޑަކީ ގޮތް ދޫކުރާ މީހެއް ނޫން: ރައީސް ޔާމީން