18 އޮކްޓޯބަރ 2017
ދިވެހި މޮޑެލް ރައުދާ އާތިފް ދަންޖެހިގެން މަރުވީ އަމިއްލައަށް ކަމަށާއި އޭނާ އެކަންތައް ކުރީ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށް ކަނޑައަޅައި ބަންގްލާދޭޝް ފުލުހުން މައްސަލައިގެ ތަހުގީގު ނިންމައިފި އެވެ.
ދިވެހި މޮޑެލް ރައުދާ އާތިފް ދަންޖެހިގެން މަރުވީ އަމިއްލައަށް ކަމަށާއި އޭނާ އެކަންތައް ކުރީ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށް ކަނޑައަޅައި ބަންގްލާދޭޝް ފުލުހުން މައްސަލައިގެ ތަހުގީގު ނިންމައިފި އެވެ.
ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިން، މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ކަށްވަޅުން ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.
ރައުދާ މަރުވީ ދަންޖެހިގެން އަމިއްލައަށް ކަމަށް ނިންމައި ބަންގްލާދޭޝްގެ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން އިއްޔެ ވަނީ ކޯޓަށް ލިޔުންތައް ހުށަހަޅައިފަ އެވެ. ނަމަވެސް މިހާރު ބަންގްލާދޭޝްގައި އުޅޭ، ރައުދާގެ ބައްޕަ މުހައްމަދު އާތިފް ވަނީ ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށާއި ފުލުހުންގެ ހުށަހެޅުން ކޯޓުން ބަލައިނުގަތުމަށް އެދިފައި ކަމަށް ބަންގްލާދޭޝްގެ ސްޓާ އޮންލައިން ނޫހުން ބުންޏެވެ.
ފުލުހުންގެ ރިޕޯޓާ ހަވާލާދީ މީޑިއާއިން ބުނީ ރައުދާ މަަރާލީ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ "އޮޅުންތަކެއް"ގެ މައްޗަށް ބިނާކޮށް ކަމަށެވެ. ރައުދާގެ މަރާލުމުގެ ތުހުމަތު، އޭނާއާ އެކު ކިޔަވާ އަންހެން ކަޝްމީރު ދަރިވަރެއް ކަމަށްވާ ސީރަތު ޕަރްވީން މުހައްމަދަށް ކުރި ނަމަވެސް އެ ދަރިވަރާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރައުދާ (ވ) އަދި އޭނާގެ މަރާ ގުޅިގެން އާއިލާއިން ތުހުމަތުކުރި އެކުވެރިޔާ ސީރަތު ޕަރްވީން މުހައްމަދު
ފުލުހުން ބުނީ ރައުދާ ދަންޖެހިގެން މަރުވީ ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށެވެ. ފުލުހުން ބުނީ ރައުދާ މަރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެއްސަކާ ޖެހުނު މައްސަލައެއްގައި ކަމަށެވެ. ރައުދާގެ ލޯބިވެރިޔާ އަކީ އިނގިރޭސި ވިލާތުގައި ކިޔަވަން ހުންނަ މީހެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
ވިލު ނޫކުލައިގެ ކަޅީގެ ސަބަބުން މަޝްހޫރުވެގެން ދިޔަ ރައުދާގެ މަރުގެ މައްސަލަ ނިންމާފައި މި ވަނީ އެ މަރާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ ޓީވީ ޗެނަލަކުން ޑޮކިއުމެންޓްރީއެއް ހަދައި އެ ދައްކަން ތައްޔާރުވެފައި ވަނިކޮށެވެ. ވޯގް މަޖައްލާގެ ކަވަރުގައި ވެސް ފީޗާކޮށްފައިވާ މޮޑެލް އެއް ކަމަށްވާ ރައުދާގެ މަރުގައި ޝައްކުތައް އެބަހުރި ކަމަށް އެ ޑޮކިއުމެންޓްރީގައި ބުނެ އެވެ.
ދިވެހި މޮޑެލް ރައުދާ ބަންގްލާދޭޝްގައި މަރުވެއްޖެ
ރައުދާގެ ގަބުރު ނެގުމަށް ސީއައިޑީން ކޯޓުގައި އެދެފި
އަމިއްލައަށް މަރުވާނަމޭ ބުނެ ރައުދާ ސަމާސާކުރި: ކޮލެޖް
ރައުދާގެ މަރު ތަހުގީގުކުރަން ފުލުހުންނަށް އަމުރުކޮށްފި
ލޯބިވެރިޔާދެކެ ރުޅިއައިސްގެން ރައުދާގެ ފޯނުން މެސެޖްކުރި
ރައުދާ ދަންޖެހުނީ ކަމަށް ނުބަލަން ފުރުސަތު އެބައޮތް: ޕޮލިސް
ރައުދާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާން ހުރި: އާއިލާ
އޮޓޮޕްސީއަށް ފަހު ރައުދާގެ ހަށިގަނޑު ވަޅުލައިފި
ރައުދާގެ ޕޯސްޓްމޯޓަމް ނުހަދަން އާއިލާއިން އެދޭ: ޕޮލިސް
ރައުދާގެ މަރުގެ މައްސަލަ ކައިރިން އެބަ ބަލަން: ޕޮލިސް