30 މާޗް 2017
ދިވެހި މޮޑެލް، ރައުދާ އާތިފް "ދަންޖެހިގެން" މަރުވި މައްސަލަ ކައިރިން ބަލަމުން އަންނަ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.
ދިވެހި މޮޑެލް، ރައުދާ އާތިފް "ދަންޖެހިގެން" މަރުވި މައްސަލަ ކައިރިން ބަލަމުން އަންނަ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.
ބަނގްލަދޭޝްގައި ތައުލީމް ހާސިލް ކުރަމުން އައި ރައުދާ އޭނާގެ ކޮޓަރީގައި ދަންޖެހިފައި ހުއްޓާ ފެނުނީ އިއްޔެ އެވެ. އޭނާގެ މަރާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން އަންނަ އިރު ބަނގްލަދޭޝް ފުލުހުން ވަނީ އޭނާގެ އެޓްޕޮސީ ހަދަން ނިންމައިފަ އެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ މައްސަލަ ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކާއި ރައުދާގެ އާއިލާއާ ވެސް މުއާމަލާތު ކުރަމުން އަންނަ ކަމަށެވެ.
ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އޭނާގެ ބައެއް ރަށްޓެހިން ގޮސް ކޮޓަރި ބެލުމުންނެވެ. އޭނާގެ މަރާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން އަންނަ އިރު އޭނާ މަރުވީ އަމިއްލަ އަށް ކަމެއް ނުވަތަ އޭނާ މަރާލީ ކަމެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
"ރައުދާ ދަންޖެހުނީ ލޯބިވެރިޔާއާ މައްސަލަ ޖެހިގެން"
ރައުދާގެ ގަބުރު ނެގުމަށް ސީއައިޑީން ކޯޓުގައި އެދެފި
އަމިއްލައަށް މަރުވާނަމޭ ބުނެ ރައުދާ ސަމާސާކުރި: ކޮލެޖް
ރައުދާގެ މަރު ތަހުގީގުކުރަން ފުލުހުންނަށް އަމުރުކޮށްފި
ލޯބިވެރިޔާދެކެ ރުޅިއައިސްގެން ރައުދާގެ ފޯނުން މެސެޖްކުރި
ރައުދާ ދަންޖެހުނީ ކަމަށް ނުބަލަން ފުރުސަތު އެބައޮތް: ޕޮލިސް
ރައުދާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާން ހުރި: އާއިލާ
އޮޓޮޕްސީއަށް ފަހު ރައުދާގެ ހަށިގަނޑު ވަޅުލައިފި
ރައުދާގެ ޕޯސްޓްމޯޓަމް ނުހަދަން އާއިލާއިން އެދޭ: ޕޮލިސް
ދިވެހި މޮޑެލް ރައުދާ ބަންގްލާދޭޝްގައި މަރުވެއްޖެ