29 މާޗް 2017
ބަނގްލަދޭޝްގައި މެޑިސިން ކިޔަވަމުން އަންނަ ދިވެހި މޮޑެލް ރައުދާ އާތިފް، 20، އޭނާގެ ކޮޓަރީގައި "ދަންޖެހި" މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ. ނަމަވެސް މިކަން ހިނގި ގޮތެއް އަދި ނޭނގެ އެވެ.
ބަނގްލަދޭޝްގައި މެޑިސިން ކިޔަވަމުން އަންނަ ދިވެހި މޮޑެލް ރައުދާ އާތިފް، 20، އޭނާގެ ކޮޓަރީގައި "ދަންޖެހި" މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ. ނަމަވެސް މިކަން ހިނގި ގޮތެއް އަދި ނޭނގެ އެވެ.
ވިލު ނޫކުލައިގެ ލޮލެއް ހުރި ދިވެހި ޒުވާނާގެ ގޮތުގައި، މީގެ ދެތިން އަހަރު ކުރިން ސޯޝަލް މީޑިއާގައި މަޝްހޫރުވި ރައުދާ މަރުވެފައި ހުއްޓާ ފެނުނީ، އޭނާ ހޮސްޓެލްގައި ދިރިއުޅޭ ކޮޓަރިން މިއަދު މެންދުރެއްހާ އިރެވެ.
ރައުދާ މަރުވި އިރު އޭނާ ކިޔަވަމުން އައީ ބަނގްލަދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ އެންޑް ހޮސްޕިޓަލްގެ ދެ ވަނަ އަހަރުގަ އެވެ. އޭނާ އަކީ މެޑިސިން ފެކަލްޓީގެ 13 ވަނަ ބެޗްގެ ދަރިވަރެކެވެ.
ރައުދާ ކިޔަވަމުން އަންނަ ކޮލެޖްގެ އޮފިޝަލުންނާއި ބަންގްލަދޭޝްގެ ފުލުހުންނާ ހަވާލާދީ ވެބްސައިޓެއްގައި ބުނެފައިވާ ގޮތުގައި ރައުދާގެ ހަށިގަނޑު ފެނުނީ، އޭނާއާ އެކު އެއް ކޮޓަރީގައި ދިރިއުޅޭ އެހެން ކުއްޖަކު، ރައުދާގެ ޚަބަރެއް ނުވެގެން ކޮޓަރި އަށް ގޮސް، ކޮޓަރި ނުހުޅުވުމުން ކޮޓަރީގެ ދޮރު ހަލާކު ކޮށްލައިގެން ވަނުމުންނެވެ. އޭރު ރައުދާ ހުރީ ދަން ޖެހުނު ގޮތަށް ވާގަނޑުގައި އެލިފައި ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ރައުދާ މަޝްހޫރުކަން ހޯދި ފޮޓޯ. -- ފޮޓޯ: ސޮއްޓި
އެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެ ޚަބަރު ލިބުމާ އެކު އެ ސަރަހައްދުގެ ފުލުހުން، އެ ހޮސްޓެލްގެ ފުރަތަމަ ބުރީގައި ހުންނަ 209 ނަންބަރު ކޮޓަރި އަށް ގޮސް ރައުދާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީގެ ރިޕޯޓަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.
ޑޮކްޓަރަކަށް ވުމަށް ކިޔަވަމުން އައި ރައުދާގެ ފޮޓޯ އެމެރިކާގެ މަޝްހޫރު ފެޝަން އަދި ލައިފްސްޓައިލް މަޖައްލާ އިން އިންޑިއާގައި ނެރޭ "ވޯގް އިންޑިއާ" މަޖައްލާގައި ވެސް ޖަހާފައިވެ އެވެ.
"ރައުދާ ދަންޖެހުނީ ލޯބިވެރިޔާއާ މައްސަލަ ޖެހިގެން"
ރައުދާގެ މަރު ތަހުގީގުކޮށް ރިޕޯޓް ރައީސަށް އަރުވައިފި
ރައުދާގެ މަރު ފަސް ވަނަ ފަހަރަށް ތަހުގީގު ކުރަނީ
ރައުދާގެ ގަބުރު ނެގުމަށް ސީއައިޑީން ކޯޓުގައި އެދެފި
އަމިއްލައަށް މަރުވާނަމޭ ބުނެ ރައުދާ ސަމާސާކުރި: ކޮލެޖް
ރައުދާގެ މަރު ތަހުގީގުކުރަން ފުލުހުންނަށް އަމުރުކޮށްފި
ލޯބިވެރިޔާދެކެ ރުޅިއައިސްގެން ރައުދާގެ ފޯނުން މެސެޖްކުރި
ރައުދާ ދަންޖެހުނީ ކަމަށް ނުބަލަން ފުރުސަތު އެބައޮތް: ޕޮލިސް
ރައުދާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާން ހުރި: އާއިލާ
އޮޓޮޕްސީއަށް ފަހު ރައުދާގެ ހަށިގަނޑު ވަޅުލައިފި