18 އެޕްރީލް 2017
ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ ހަށިގަނޑު ކޮނެގެން ނެގުމަށް، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ)ން ރާޖްޝާހީ ކޯޓުގައި އެދެފި އެވެ.
ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ ހަށިގަނޑު ކޮނެގެން ނެގުމަށް، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ)ން ރާޖްޝާހީ ކޯޓުގައި އެދެފި އެވެ.
ރާޖްޝާހީ ކޯޓާ ހަވާލާދީ ބަންގްލަދޭޝްގެ ޑެއިލީސްޓާ ނޫހުގައި ބުނެފައިވާ ގޮތުގައި އެ ޕެޓިޝަނުގައި ސީއައިޑީގެ ފަރާތުން އިންސްޕެކްޓަރު އަސްމާއުލް ހައްގު އެދިފައިވަނީ ރައުދާގެ މަރު ތަހުގީގު ކުރުމަށް އިތުރު އޮޓޮޕްސީއެއް ހެދުމަށް އޭނާގެ ގަބުރު ނެގުމުގެ ހުއްދައަކަށެވެ.
އެކަމަކު މިކަމާ ގުޅޭގޮތުން ކޯޓަކުން އަދި ގޮތެއް ނުނިންމާ ކަމަށް އެ ނޫހުން ބުނެފައި ވެ އެވެ.
ޑެއިލީ ސްޓާ އަށް ސީއައިޑީގެ ސްޕެޝަލް ސުޕްރިންޓެންޑެންޓް ނަޒްމުލް ކަރީމް ހާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އޭނާގެ ފުރަތަމަ އޮޓޮޕްސީން ދެއްކި ނަމަވެސް، ރައުދާގެ ބައްޕަ އެކަމަށް އިންކާރުކޮށް ދަރިފުޅު ބަޔަކު މަރާލީ ކަމަށް ތުހުމަތު ކުރާތީ ދެވަނަ އޮޓޮޕްސީއެއް ހެދުން ކޮންމެހެން ވެސް މުހިއްމު ކަމަށެވެ.
"ސީއައިޑީން ބޭނުން ވަނީ ނިއުޓްރަލް މެޑިކަލް ބޮޑީއަކުން (ރައުދާގެ) ހަށިގަނޑު އަލުން ބަލަން،" ޑެއިލީސްޓާގައި ހާން ވިދާޅުވެފައި ވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ތަހުގީގު ކުރުމަށް ރައުދާގެ ހަށިގަނޑަކީ މުހިއްމު ހެއްކެކެވެ.
ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖްގައި މެޑިސިން ކިޔަވަމުން އަންނަ ރައުދާގެ މަރުގައި އާދަޔާހިލާފުކަމެއް ފާހަގަ ނުކުރެވޭ ކަމަށް ދިވެހި ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު ދަރިފުޅު މަރާލީ ކަމަށާއި އެކަން އަދިވެސް ތަހުގީގު ކުރުމަށް އެދި ރައުދާގެ ބައްޕަ ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
"ރައުދާ ދަންޖެހުނީ ލޯބިވެރިޔާއާ މައްސަލަ ޖެހިގެން"
އަމިއްލައަށް މަރުވާނަމޭ ބުނެ ރައުދާ ސަމާސާކުރި: ކޮލެޖް
ރައުދާގެ މަރު ތަހުގީގުކުރަން ފުލުހުންނަށް އަމުރުކޮށްފި
ލޯބިވެރިޔާދެކެ ރުޅިއައިސްގެން ރައުދާގެ ފޯނުން މެސެޖްކުރި
ރައުދާ ދަންޖެހުނީ ކަމަށް ނުބަލަން ފުރުސަތު އެބައޮތް: ޕޮލިސް
ރައުދާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާން ހުރި: އާއިލާ
އޮޓޮޕްސީއަށް ފަހު ރައުދާގެ ހަށިގަނޑު ވަޅުލައިފި
ރައުދާގެ ޕޯސްޓްމޯޓަމް ނުހަދަން އާއިލާއިން އެދޭ: ޕޮލިސް
ރައުދާގެ މަރުގެ މައްސަލަ ކައިރިން އެބަ ބަލަން: ޕޮލިސް
ދިވެހި މޮޑެލް ރައުދާ ބަންގްލާދޭޝްގައި މަރުވެއްޖެ