06 ޖުލައި 2016
މާބޮޑަށް ފަލަވާތީ 35 އަހަރުގެ އަންހެނަކު ހައި-އިންޓެންސިޓީ ފިޓްނަސް ކްލާހަކަށް ދާން ފެށި އެވެ. ނަމަވެސް ކްލާހުގައި ތިބި އެހެން އެންމެންނަށް ނަތީޖާ ފެންނަމުން ދިޔައިރު މި އަންހެންމީހާގެ ހަށިގަނޑަކަށް އެއްވެސް ބަދަލެއް ނައެވެ. ކިތަންމެ ގަދަޔަކަށް ޓްރޭނިންތައް ހެދިޔަސް އޭނާގެ އުނަގަނޑުން އެންމެ އިންޗިއެއްވެސް ކުޑަ ނުވި އެވެ. އެންމެ ފަހުން އޭނާގެ ޓްރެއިނާ ވެސް އެދިގެން އެ އަންހެންމީހާ ޑޮކްޓަރަކަށް ދައްކައިގެން ތައިރޮއިޑް ލެވެލް ޗެކްކުރި އެވެ. ޓެސްޓްގެ ނަތީޖާ ދެއްކީ ޕޮޒިޓިވްކޮށެވެ. އޭނާއަށް ވަނީ ހައިޕަތައިރޮއިޑިޒަމް ޖެހިފަ އެވެ. މިއީ ހިކެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެންމެ ކިލޯއެއް ވެސް ލުއިކޮށްލަން ވަރަށް އުނދަގޫވާނެ ބައްޔެކެވެ.
މާބޮޑަށް ފަލަވާތީ 35 އަހަރުގެ އަންހެނަކު ހައި-އިންޓެންސިޓީ ފިޓްނަސް ކްލާހަކަށް ދާން ފެށި އެވެ. ނަމަވެސް ކްލާހުގައި ތިބި އެހެން އެންމެންނަށް ނަތީޖާ ފެންނަމުން ދިޔައިރު މި އަންހެންމީހާގެ ހަށިގަނޑަކަށް އެއްވެސް ބަދަލެއް ނައެވެ. ކިތަންމެ ގަދަޔަކަށް ޓްރޭނިންތައް ހެދިޔަސް އޭނާގެ އުނަގަނޑުން އެންމެ އިންޗިއެއްވެސް ކުޑަ ނުވި އެވެ. އެންމެ ފަހުން އޭނާގެ ޓްރެއިނާ ވެސް އެދިގެން އެ އަންހެންމީހާ ޑޮކްޓަރަކަށް ދައްކައިގެން ތައިރޮއިޑް ލެވެލް ޗެކްކުރި އެވެ. ޓެސްޓްގެ ނަތީޖާ ދެއްކީ ޕޮޒިޓިވްކޮށެވެ. އޭނާއަށް ވަނީ ހައިޕަތައިރޮއިޑިޒަމް ޖެހިފަ އެވެ. މިއީ ހިކެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެންމެ ކިލޯއެއް ވެސް ލުއިކޮށްލަން ވަރަށް އުނދަގޫވާނެ ބައްޔެކެވެ.
މި އަންހެންމީހާގެ މައްސަލައިން އެނގުނު އެހެން ހަގީގަތެއް އެބައޮތެވެ. ގިނަ މީހުންނަށް ތައިރޮއިޑް މައްސަލަ ހުރިކަން ނޭނގި ގިނަ ދުވަސްތަކެއް ވަންދެން ތިބޭ ކަމެވެ. މާބޮޑަށް ވަރުބަލިވުމާއި ސްޓްރެސްވުމަކީ ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ދިމާވާ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމެވެ.
ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި މިހާރު ތައިރޮއިޑް މައްސަލަޖެހިފައިވާ 200 މިލިއަނަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. މީގެ ތެރެއިން 42 މިލިއަން މީހުން ތިބީ އިންޑިއާގަ އެވެ.
އިންޑިޔާގެ އެސްއާރްއެލް ލެބްސް އެންޑް އެސްއާރުއެލް ސްޓްރެޓެޖިކް އިނިޝިއޭޓިވްސްގެ ޑައިރެކްޓަރު ޑރ. ލީނާ ޗެޓާޖީ ވިދާޅުވެފައިވާ ގޮތުގައި މި ބައްޔާއި ބަލީގެ އަލާމާތްތައް އަދި ފަރުވާއާ ބެހޭ ގޮތުން މިހާރަށްވުރެ ބޮޑަށް މީހުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެކެވެ.
އެސްއާރްއެލް ޑައިގްނޮސްޓިކްސް އިން ހޯދި ހޯދުންތަކުން ދައްކަނީ ތައިރޮއިޑް މައްސަލަ ގިނައިން ޖެހެނީ އަންހެނުންނަށެވެ.
ޑޮކްޓަރުން އިންޒާރުދެއްވާ ގޮތުގައި ތައިރޮއިޑްގެ މިހާރު އާއްމުވަމުންދާ ވައްތަރަކީ ހަމައެކަނި ބޭޙުން ފަސޭހަ ކުރެވޭނެ ވައްތަރެއް ނޫނެވެ.
މުމްބާއީގެ ނާނަވާތީ ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލުގެ ޑައިބެޓޮލޮޖީ އެންޑް އެންޑޮކްރައިނޮލޮޖީ ޑިޕާޓްމަންޓްގެ ވެރިޔާ ޑރ. ސަންޖީވް ޝާހް ޓައިމްސް އޮފް އިންޑިޔާ ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި މިހާރު އާއްމުކޮށް ފެންނަ ތައިރޮއިޑަކީ އޮޓޯ-އިމިއުން ޑިސްއޯޑާ އެކެވެ. ކުރީގައި އާއްމުކޮށް ފެންނަނީ އައޮޑިން ޑެފިޝަންސީ ތައިރޮއިޑް ޑިސްއޯޑާ ކަމަށާއި އެއީ މާ ބާރުގަދަ ވައްތަރެއް ނަމަވެސް ކެއުމުގައި އައޮޑިން ބޭނުންކުރާ މިންވަރު އިތުރުކޮށްގެން މި ވައްތަރު މުޅީން ފަސޭހަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު މި ފެންނަ ވައްތަރުގެ ތައިރޮއިޑަކީ ބޭހުން މުޅިން ފަސޭހަ ކުރެވޭ ވައްތަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު އާއްމުކޮށް މީހުންނަށް ދިމާވާ ތައިރޮއިޑްގެ މައްސަލައަށް އަބަދުވެސް ޓެސްޓްކުރަމުން ބޭސް ކަމުން ގެންދަން ޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ތައިރޮއިޑް ގްލޭންޑަކީ ކަރުގެ އެތެރޭގައި އިންނަ އެއްޗެކެވެ. ސިކުނޑީގެ މަސައްކަތްތަކާއި މެޓަބޮލިޒަމް އަށް ބޭނުންވާ ހޯމޯންސް އުފައްދަނީ މި ގްލޭންޑުންނެވެ. ތައިރޮއިޑް ޖެހިފައިވާ ކަމުގެ ނިޝާންތައް އެކި މީހުންނަށް ފެންނަނީ އެކި ގޮތަށެވެ. ނަމަވެސް ތިރީގައި ފާހަގަކޮށްފައިވާ ކަންތައްތައް މާ ގިނަ ދުވަސްތަކެއް ވަންދެން ފެންނަ ނަމަ ޑޮކްޓަރަކަށް ދައްކައިގެން ތައިރޮއިޑް މައްސަލަ ހުރިތޯ ޗެކްކޮށްލުން ރަނގަޅެވެ.
• ރެޔާއި ދުވާލު 8-9 ގަޑިއިރު ނިދިޔަސް ވަރުބަލިކަން އިހްސާސްވުން. • ހިކެން ނުވަތަ ފަލަވާން ކިތަންމެ މަސައްކަތެއް ކުރިޔަސް ކާމިޔާބު ނުވުން. • ސްޓްރެސްވެ މާޔޫސްކަމާއި ހިތްދަތިކަން ލިބިފައިވުމާ އެކު ނޭނގޭ ބަދަލުތަކެއް މޫޑަށް އައުން. • ހޯމޯނަލް އިމްބެލެންސް ވުން. މައްސަރުކަންތައް ގަވާއިދުން ނުޖެހުމާއި ޖިންސީ ބަލިކަށިކަން. • ހުޅުހުޅުގައި ނުވަތަ މަސްތަކުގައި ރިއްސުން • ހަންގަނޑު ހިކުމާއި ނިޔަފަތިތައް މުރަނަވުން • ބޮލުން އާދަޔާޚިލާފަށް އިސްތަށިފޭބުން. • ބަނޑުހިކުން • ގުގުރިދެމުން އަދި ކަރު ދުޅަވުން • ލޭގެ ޕްރެޝަރު މައްޗަށް ދާކަން ފާހަގަ ކުރެވުން ބައެއް ފަހަރަށް ތައިރޮއިޑް މައްސަލަ ކުރިމަތިވަނީ ބަލިވެ އިނުމާ ގުޅިގެން ނުވަތަ އިއްދައިން ކެނޑޭ ދުވަސްވަރު ހޯމޯންސްތަކަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ. އެނޫން ސަބަބުތަކުގެ ތެރޭގައި ހަކުރުބަލި ހުރުމާއި އެހެން އޮޓޯއިމިއުން ޑިސްއޯޑާއެއް ހުރުން ނުވަތަ އާއިލާގެ މީހުންގެ ތައިރޮއިޑް މައްސަލަތައް ހުރުން ހިމެނެ އެވެ.
ތައިރޮއިޑް ބަލި މީހުން މުޅި އުމުރަށް ވެސް މޮނިޓާ ކުރަން ޖެހެ އެވެ. ބައެއް ފަހަރަށް ތައިރޮއިޑް ޓެސްޓް ހަދާލާއިރު ނޯމަލްކޮށް ހުރުމުން އެ ބަލި މުޅީން ފަސޭހަވީ ކަމަކަށް ބެލެވެ އެވެ. ނަމަވެސް ފިޒީޝަނަށް ދައްކައިގެން ގަވާއިދުން ތައިރޮއިޑް ޓެސްޓްކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
ހައިޕޮތައިރޮއިޑިޒަމް އާއި ހައިޕަތައިރޮއިޑިޒަމް ހުންނަ މީހުންނަށް ހާއްސަ ކާނާ ހުރެ އެވެ. އެގޮތުން ހައިޕޮތައޮރޮއިޑިޒަމް ހުންނަ މީހުން އައޮޑިން ގިނައިން ހުންނަ ކެއުން ކާން ޖެހެ އެވެ. މީގެ ތެރޭގައި ހިމެނެނީ އައޮޑިން އެކުލެވޭ ލޮނު، ސީފުޑް ފަދަ ތަކެއްޗެވެ. އަދި އެންޓިއޮކްސިޑަންޓްސް އާއި ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ކާނާގެ ތެރޭގައި ހިމެނޭ ޓޮމާޓޯ، ޗެރީ ސްކޯޝް، ބެލް ޕެޕާ ފަދަ ތަކެއްޗާއި ސްކިމްޑް ޑައިރީ ޕްރޮޑަކްޓްސް އަދި ވިޓަމިން ބީ އިން މުއްސަނދި ވެފައިވާ ކާނާގެ ތެރެއިން ގޮދަނުގެ ބާވަތްތައް، ތާޒާ ތަރުކާރީ، ހަންނަގާފައި ހުންނަ ކުކުޅު، ބީންސް، ނަޓްސް، ކިރުގެ ބާވަތްތައް، ބެރީޒް، ކަނޑުމަސް، ބިސް އަދި މަޝްރޫމް ހިމެނެ އެވެ.
މި ބަލި ހުންނަ މީހުން ކެއުން ރަނގަޅު ނޫން ކާނާގެ ތެރޭގައި ސޯޔާ އެކުލެވޭ ކާނާ އާއި ސޯޔާ ބީންސް، ކެބެޖް، ބްރޯކޮލީ، މަސްޓަޑް ގްރީން، ކޯލީފްލާވާ، ޕިއާޒް، ޕީޗް، ސްޓްރޯބެރީޒް، ރެޑިޝް، ސްޕިނެޝް، ޓާނިޕް، ޕީންޓްސް އަދި މިލެޓް ހިމެނެ އެވެ. ހައިޕަތައިރޮއިޑިޒަމް ހުންނަ މީހުން ކާން ރަނގަޅީ ޒައިތޫނި ތެޔޮ، މާމުއި، އެޕްރިކޮޓް، ވޯލްނަޓްސް، ހޯލް ވީޓް ޕާސްޓާ، ބްރައުންޑް ބްރެޑް އަދި ތަރުކާރީ އާއި ގްރެއިންސް އެވެ. ރަނގަޅު ނޫން ތަކެތީގެ ތެރޭގައި ހިމެނޭނީ ސޮފްޓް ޑްރިންކްސް އާއި ކޮންސެންޓްރޭޓެޑް ސްވީޓްނާ އަޅާފައި ހުންނަ ކާނާ، ހަކުރު، އުއްދަނޑި، ކޯން ސިރަޕް އަދި ޗޮކްލެޓް، ކޮފީ، ޕާސްޓާ، ވައިޓް ބްރެޑް، ރެޑް މީޓް މަޓްން އަދި އެންޓިބައޮޓިކްސް އެވެ.
ތައިރޮއިޑް މައްސަލަ ގޯސްވިޔަނުދޭން ބައެއް ލަފާ
ފަރުވާއަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި
ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި، ހާލު ރަނގަޅު
ހައިޕޯތައިރޮއިޑިޒަމް އަކީ ކޮބާ؟
ރައީސް، ތައިރޮއިޑްގެ ފަރުވާއަކަށް ސިންގަޕޫރަށް
ތައިރޮއިޑްގެ ނިޝާންތައް އަމިއްލައަށް ދެނެގަންނަންޖެހޭ
ބޮލުގައި ރިހުމުން ތައިރޮއިޑަށް މަގު ފަހިވެދާނެ
އާސަންދައިގެ ހޭދައިގެ 90 ޕަސެންޓު އައުޓްޕޭޝަންޓަށް
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް