Roadha Mihaaru
ހައިޕޯތައިރޮއިޑިޒަމް އަކީ ކޮބާ؟

ހައިޕޯތައިރޮއިޑިޒަމް އަކީ ކޮބާ؟

28 ފެބުރުއަރީ 2022

ހައިޕޯތައިރޮއިޑިޒަމް އަކީ ތައިރޮއިޑް ގްލޭންޑުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ތައިރޮއިޑް ހޯމޯން ނުއުފެއްދުމެވެ. އަދި އުފައްދަން ޖެހޭ ވަރަށް ވުރެ އިތުރަށް ތައިރޮއިޑް ހޯމޯން އުފެއްދުމުން ވެސް ކިޔަނީ ހައިޕޯތައިރޮއިޑެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހައިޕޯތައިރޮއިޑިޒަމް އަކީ ތައިރޮއިޑް ގްލޭންޑުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ތައިރޮއިޑް ހޯމޯން ނުއުފެއްދުމެވެ. އަދި އުފައްދަން ޖެހޭ ވަރަށް ވުރެ އިތުރަށް ތައިރޮއިޑް ހޯމޯން އުފެއްދުމުން ވެސް ކިޔަނީ ހައިޕޯތައިރޮއިޑެވެ.

ތައިރޮއިޑް ހޯމޯނުން ހަށިގަނޑުގެ މެޓަބޮލިޒަމް ރެގިއުލޭޓުކޮށްދީ، ހަށިގަނޑުން ހަކަތަ ބޭނުންކުރުމުގެ ބައި ބަލަހައްޓައިދެ އެވެ. އަދި ހަށިގަނޑުގައި ތައިރޮކްސިލް ލެވެލް ދަށް ނަމަ، ހަށިގަނޑު މަސައްކަތް ކުރުން ދަށްވެ އެވެ.

ތައިރޮއިޑް ގްލޭންޑް ހުންނަނީ އަޑުފޮށިީގެ ތިރިީގައި ކަރުގެ ކުރިމައްޗަށްވާ ގޮތަށެވެ. އަދި ވިންޑްޕައިޕްގެ ދެފަރާތުގައި އެއް ލޯބް ހުރެ އެވެ.

ހައިޕޯތައިރޮއިޑިޒަމްގެ ބައެއް މައުލޫމާތު

- ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯމޯންގެ ދެ ހޯމޯން، ޓީ.އެސް 3 އަދި ޓީ.އެސް 4 އުފައްދައިދޭ.

- މި ހޯމޯންތަކަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރެގިއުލޭޓްކޮށްދޭ ހޯމޯނެއް.

- އާންމުކޮށް ހައިޕޯތައިރޮއިޑިޒަމް އިން ޖެހެނީ ހާޝިމޯޓޯ ކިޔާ ބައްޔެއް.

- ހައިޕޯތައިރޮއިޑިޒަމްގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ފިނި ވުން، އަދި ހުޅުހުޅުގަޔާއި ގައިގައި ރިއްސުން ހިމެނޭ.

ހައިޕޯތައިރޮއިޑިޒަމްގެ އަލާމާތްތައް

ތައިރޮއިޑް ހޯމޯން ގެ ސަބަބުން ހަށިގަނޑުގެ ގިނަ ގުނަވަންތަކަށް އަސަރު ކުރެ އެވެ. އޭގެ ތެރޭގައި؛

- ސިކުނޑީގެ ހެދިބޮޑުވުން

- ނޭވާލުން

- ހިތާއި ނާރުތަކުގެ ނިޒާމުތައް

- ބޮޑީ ޓެމްޕަރޭޗާ

- މަސުލް ސްޓްރެންތު

- ހަންގަނޑު ހިކުން

- ޕީރިއަޑް މައްސަލަތައް

- ބަރުދަން

- ކޮލެސްޓްރޯލް ލެވެލް

އަޔޮޑިން އާއި ނިއުޓްރިޝަން މުހިންމު

ތައިރޮޑް އަށް އަޔޮޑިން އަކީ ވަރަށް މުހިންމު ދައުރެއް އަދާ ކޮށްދޭ އެއްޗެކެވެ. ގޮއިޓާ ނުވަތަ ތައިރޮއިޑް ދުޅަވުމަށް މެދުވެރިވާ ސަބަބަކީ ވެސް އަޔޮޑިން ދަށްވުމެވެ. ތައިރޮއިޑް ހުންނަ ނަމަ، ހަށިގަނޑަށް އެކަށީގެންވާ ވަރަށް އަޔޮޑިން ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް އޮޓޯއިމިއުން ތައިރޮއިޑް ބަލި ހުންނަ މީހުންނަށް އަޔޮޑިން ދަށްވުމުގެ ސަބަބުން ހައިޕޯތައިރޮއިޑިޒަމް އިތުރަށް ގޯސްވެ އެވެ. އަދި އަޔޮޑިންގެ ސަބަބުން ހަށިގަނޑު ސެންސިޓިވް މީހެއް ނަމަ ލަސްނުކޮށް ޑޮކްޓަރުންގެ ލަފާ ހޯދަން ޖެހެ އެވެ.

ހައިޕޯތައިރޮއިޑިޒަމް ހުންނަ މީހުން އެމީހުންގެ ޑައިޓަށް ބޮޑެތި ބަދަލުތަކެއް ގެންނަ ނަމަ، ޑޮކްޓަރުންގެ ލަފާ ހޯދަން ޖެހެ އެވެ. ހާއްސަކޮށް ދަނގަނޑުގެ ބައި ގިނަ ކުރާ ނަމަ އެވެ. އެއީ ޑައިޓުން ތައިރޮއިޑް ބޭސް ހަށިގަނޑަށް އެބްސޯވުމަށް އަސަރުކުރާތީ އެވެ.

މާބަނޑު ދުވަސްވަރު އަޔޮޑިން ބޭނުންވާ މިންވަރު އިތުރު ކުރަން ޖެހުމުން، ކެއުމުގައި އަޔޮޑައިޒްގެ ލޮނު ބޭނުންކުރުމާއި ޕްރީނޭޓަލް ވިޓަމިން ނެގުމުން އަޔޮޑިން ބޭނުންވާ މިންވަރު ހިފަހައްޓައިދެ އެވެ.

ބައްޔަށް ރައްކާތެރިވުން

ހައިޕޯތައިރޮއިޑިޒަމް އިން ރައްކާތެރިވުމަށް ކުރެވޭނެ ކަމެއް ނެތަސް، ތައިރޮއިޑް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރެއިން މާބަނޑު އަންހެނުން ގަވާއިދުން ޑޮކްޓަރަކަށް ދައްކާ އެމީހުންނަށް އިތުރު އަޔޮޑިން ބޭނުންވޭތޯ ބަލަން ޖެހޭނެ އެވެ.

އެއްވެސް އަލާމާތެއް ނުފެންނަ މީހުން ސްކްރީން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ނަމަވެސް މިފަދަ ކަންކަން ހުންނަ ނަމަ، ސްކްރީން ކުރަން ޖެހެ އެވެ.

- އޮޓޯއިމިއުން ބަލީގެ ހިސްޓްރީއެއް އޮތުން.

- މީގެ ކުރިން ބޮލަށް ނުވަތަ ކަނދުރާ އަށް ރޭޑިއޭޝަން ދީފައިވުން.

- ކަރުދޮށް ދުޅަވުން.

- އާއިލާގައި ތައިރޮއިޑަށް ފަރުވާ ހޯދާއި މީހަކު ހުރުން.

- ތައިރޮއިޑް ފަންކްޝަނަށް އަސަރުކުރާކަން އެނގޭ ބޭސްތައް ބޭނުންކުރުން.

މިފަދަ މީހުން ބަލީގެ ކުރީކޮޅުގެ ނިޝާންތަކަށް ޓެސްޓް ކުރެވޭ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އަދި ޕޮޒިޓިވް ވެއްޖެ ނަމަ، ބަލި އިތުރަށް ގޯސްވިއަ ނުދީ ފިޔަވަޅު އެޅޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހައިޕޯތައިރޮއިޑިޒަމް ކުރިމަތިވަނީ ތައިރޮއިޑް ގްލޭންޑް ރަނގަޅަށް މަސައްކަތް ނުކުރުމުން، ނުވަތަ ހައިޕޯތަލަމަސް ނުވަތަ ޕިޓޫއިޓަރީ ގްލޭންޑްގެ ސަބަބުން ތައިރޮއިޑް ގްލޭންޑް ރަނގަޅަށް ސްޓިމިއުލޭޓް ނުކުރެވިއްޖެ ނަމަ އެވެ.