15 އޮކްޓޯބަރ 2017
ކޮކްސް ބާޒާރު (އޮކްޓޯބަރު 15) - މިއަންމާގެ ރަކީން ސްޓޭޓުގައި ދިރިއުޅުނު ރޮހިންޖާ މުސްލިމުން އެ ސްޓޭޓުން ބޭރުކުރުމުން، ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ދިިރިއުޅެން ޖެހުނު ނަމަވެސް އެ މީހުންގެ ހިތްތަކުގައި މިއަންމާގެ ލީޑަރު އަން ސަން ސޫކީ އަށް ވަނީ ރުޅިވެރިކަން އުފެދިފަ އެވެ. ރޮހިންޖާ މީހުން ސޫކީ އަށް ކުރިން އިހްތިރާމް ކުރި ނަމަވެސް އެ މީހުންގެ ހިތްތަކުގައި މިހާރު ވަނީ ނަފްރަތެވެ. ތިރީގައި މި ވަނީ ރޮހިންޖާ މީހަކު ސޫކީ އަށް ފޮނުވި ހުޅުވާލެފައިވާ ސިޓީއެކެވެ.
ކޮކްސް ބާޒާރު (އޮކްޓޯބަރު 15) - މިއަންމާގެ ރަކީން ސްޓޭޓުގައި ދިރިއުޅުނު ރޮހިންޖާ މުސްލިމުން އެ ސްޓޭޓުން ބޭރުކުރުމުން، ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ދިިރިއުޅެން ޖެހުނު ނަމަވެސް އެ މީހުންގެ ހިތްތަކުގައި މިއަންމާގެ ލީޑަރު އަން ސަން ސޫކީ އަށް ވަނީ ރުޅިވެރިކަން އުފެދިފަ އެވެ. ރޮހިންޖާ މީހުން ސޫކީ އަށް ކުރިން އިހްތިރާމް ކުރި ނަމަވެސް އެ މީހުންގެ ހިތްތަކުގައި މިހާރު ވަނީ ނަފްރަތެވެ. ތިރީގައި މި ވަނީ ރޮހިންޖާ މީހަކު ސޫކީ އަށް ފޮނުވި ހުޅުވާލެފައިވާ ސިޓީއެކެވެ.
"އަޅުގަނޑު އުފަންވީ ކަމަނާ އަށް ނޯބެލް ސުލްހައިގެ އިނާމު ލިބުނު އަހަރު. މިއީ އަޅުގަނޑުމެންގެ ގައުމުގެ މީހަކަށް ލިބުނު އެންމެ މަތީ އެއް ޝަރަފް. ރަކީން ސްޓޭޓުގެ މައުންގްޑޯގެ ކޮންމެ މީހަކު ވެސް އުފާވި. މިނިވަންވީއްސުރެ އަހަރެމެން ދެކެމުން އައީ ރޮހިންޖާ މީހުންނަކީ މިއަންމާގެ ބައެއް ކަމަށް.
މިއަންމާ ސިފައިންގެ ޚުދުމުޚްތާރު ވެރިކަމުގެ ދުވަސްވަރު ކަމަނާ އަށް ލިބުނު އިނާމަށް އަހަރެމެން ފަޚުރުވެރިވި. އަހަރެން ބޮޑުވެގެން އައި ދުވަސްވަރު ބައްޕަ އަބަދުވެސް ކަމަނާގެ ވާހަކަ ދައްކާ. ކަމަނާގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީގެ މެންބަރުން އަންނަ ވާހަކަ އަށް ބައްޕަ ވަރަށް ބޮޑަށް ތައްޔާރުވި.
އެންމެ ފަހުން 2010 ވަނަ އަހަރު ކަމަނާ ގޭބަންދުން ދޫކޮށްލުމުން އަހަރެމެން އުފާކުރިން. އެކަމަކު އޭގެ ފަހުން ހަތް އަހަރު ފާއިތުވެގެން ދިޔަ އިރު ވެސް އަހަރެމެން ވަނީ މިއަންމާ ސިފައިންގެ ގަތުލްއާއްމުގެ ޝިކާރައަކަށްވެފައި. އެކަމަކު ކަމަނާގެ ޕާޓީ 2015 ވަނަ އަހަރު އިންތިޚާބު ކާމިޔާބުކުރި ފަހުން އިސްކަންދީފައި ވަނީ ޕާޓީން މުސްލިމުން ބޭރު ކުރުމަށް. އެއީ ސިޔާސީ ގޮތުން ކަމަނާ ފިނޑިކަމުގެ ފުރަތަމަ ނިޝާން. އޭގެ މަސްތަކެއް ފަހުން ކަމަނާގެ ސަރުކާރުން ވަނީ ރަކީން ސްޓޭޓުގައި މުސްލިމުން ނައްތާލުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައި. ބައިނަލްއަގުވާމީ ގޮތުން ކިތަންމެ ޕްރެޝަރެއް ކުރިމަތިކުރި ނަމަވެސް ކަމަނާ ދަނީ އެކަމާ ދެކޮޅު ހަދަމުން. ކަމަނާ ދަނީ އަހަރެމެންނަށް މުޚާތަބް ކުރަން 'ރޮހިންޖާ' އެ ލަފްޒު ވެސް ބޭނުން ކުރަން ދެކޮޅު ހަދަމުން.
މިއަންމާގެ ލީޑަރު އަން ސަން ސޫކީ. --ފޮޓޯ:އޭއެފްޕީ
ސެޕްޓެމްބަރު 1 ވަނަ ދުވަހު ވަނީ އަހަރެންގެ އާއިލާ ރަކީން ސްޓޭޓުން ބޭރުކޮށްލާފައި. ތިން ދުވަހުގެ ދަތުރަކަށް ފަހު ކޮކްސް ބާޒާރުގެ ކުޓުޕަލޮން ރެފިއުޖީ ކޭމްޕަށް ފޯރި. މިހާރު އަޑު އިވެނީ ރަކީންގައި އަހަރެމެން އުޅުނު ގޭ އަންދާލާފައިވާ ކަމަށް. މީހުން ބުނަނީ އެކަން ކުރީ މިއަންމާ ސިފައިން ކަމަށް. އެކަމަކު އެކަމުގެ ޒިންމާ އަހަރެން އަޅުވާނީ ސޫކީގެ ބޮލުގައި.
ކަމަނާ ތިޔަ އަންދާލީ އަހަރެންގެ ގޭ އެކަންޏެއް ނޫން. އެ ގޭގައިވާ އަހަރެންގެ އަގުބޮޑު ފޮތްތައް ވެސްމެ. އަހަރެން އަބަދުވެސް ދިޔައީ ލިޔުންތެރިއެއްގެ ހުވަފެން ދެކެމުން. އެކަމަކު ރަކީންގެ ސިއްޓްވެ ޔުނިވާސިޓީން ރޮހިންޖާ މީހުން ކިޔެވުން އޮންނަނީ މަނާކޮށްފައި. އެހެންވެ އަހަރެން ހިތްވަރު ހޯދަނީ އެ ފޮތްތައް ކިޔައިގެން. ކަމަނާ ތިޔަ ވަނީ ނެލްސަން މަންޑޭލާގެ "ލޯންގް ވޯކް ޓު ފްރީޑަމް" އަންދާލާފައި. ކަމަނާ ތިޔަވަނީ މަހާތަމާ ގާނދީގެ އޮޓޯބަޔޮގްރަފީ އަންދާލާފައި. އަދި ކަމަނާ ތިޔަ ވަނީ ކަމަނާގެ އަމިއްލަ ފޮތް "ފްރީޑަމް ފްރޮމް ފިއާ" އަންދާލާފައި. އަހަރެންގެ އުއްމީދުތަކުގައި އަލިފާން ޖެހުމުގެ ޒިންމާ އުފުލަން ޖެހޭނީ ކަމަނާ.
އަހަރެމެން މިހާރު ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި ތިބޭއިރު އަހަރެންގެ ބައްޕަ ދަނީ ކަމަނާއާ މެދު ސުވާލު އުފައްދަމުން. "ކީއްވެތޯ ކަމަނާ ރޮހިންޖާ މީހުންނަށް ޒިޔާރަތް ނުކުރީ؟"
އަހަރެމެން އެންމެ ދެރަވަނީ ރޮހިންޖާ މީހުންނަކީ އެންމެ ނިކަމެތި މީހުންނަށްވީމައެއް ނޫން. އެކަމަކު އަހަރެމެންނަކީ މިއަންމާގައި އެންމެ އަޅާލުން ކުޑަ ނިކަމެތިންނަށްވީމަ.
ކަމަނާ މިހާރު ވަނީ ކަމަނާގެ އަމިއްލަ މަގު އިޚްތިޔާރުކޮށްފައި. އެއީ އެންމެންނަށް ވެސް އެނގޭ ކަމެއް. ކަމަނާގެ ނަން މިހާރު ގުނާލެވޭނީ އެންމެ ނުލަފާ ޚުދުމުޚްތާރު މީހުންގެ ތެރޭގައި."
ސޫކީގެ ދޮގުތަކާ ހެދި ރެފިއުޖީން ރުޅިގަދަވެއްޖެ
ރޮހިންޖާ މައްސަލާގައި ސޫކީ އިސްތިއުފާ ދެއްވަން ޖެހޭ
ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައިވާ ސޫކީ ޗައިނާ އަށް
ރޮހިންޖާ މައްސަލަ ތަހުގީގު ކުރަން ޖެހޭ: ޓިލަސަން
ސޫކީގެ ތަގްރީރަށް ފަހު ދުނިޔޭގެ ލީޑަރުންގެ ފާޑުކިޔުން
ރޮހިންޖާއާ ބެހޭ ގޮތުން ސޫކީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަނީ
މިއަންމާގެ ވެރިންނަށް ދައުވާ ކުރަން ގޮވާލައިފި
ރަކީން ސްޓޭޓުގައި މުސްލިމުންނަށް ހިމާޔަތް ދެން: ސޫކީ
މުސްލިމުންގެ ހިމާޔަތުގައި ސޫކީ ފިޔަޅު އަޅަންޖެހޭނެ
މިޔަންމާ މައްސަލަ އަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް