Roadha Mihaaru
މުސްލިމުންގެ ހިމާޔަތުގައި ސޫކީ ފިޔަޅު އަޅަންޖެހޭނެ

މިއަންމާގެ މުސްލިމުންގެ ހިމާޔަތުގައި ސޫކީ ފިޔަޅު އަޅަންޖެހޭނެ: އދ

04 ސެޕްޓެމްބަރ 2017

ޔަންގޫން (ސެޕްޓެމްބަރު 4) - މިއަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް މިއަންމާގެ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ ޔަންގީ ލީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔަންގޫން (ސެޕްޓެމްބަރު 4) - މިއަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް މިއަންމާގެ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ ޔަންގީ ލީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މުސްލިމުނ ދިރިއުޅޭ ރަކީން ސްޓޭޓުގެ ހާލަތު ވަރަށް ގޯސް ކަމަށާއި އެ މައްސަލަ ހައްލު ކުރަން ސޫކީ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. ޚާއްސަ ރެޕަޓުއާ މި މޭރުމުން ވާހަކަ ދެއްކެވި އިރު ރަކީން ސްޓޭޓުގައި މުސްލިމުންނަށް ކުރާ އަނިޔާތަކުން ސަލާމަތްވުމަށް ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ މުސްލިމުންގެ އަދަދު ވަނީ 87،000 އަށް އަރާފައި ކަމަށް އދ. އިން ލަފާ ކުރެ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަކީން ސްޓޭޓުގައި ހިންގި ހަމަނުޖެހުންތާ ގުޅިގެން އެ ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ މީހުންނަށް ވުރެ އިތުރު އަދަދެކެވެ.

އދ. ގެ ޚާއްސަ ރެޕަޓުއާ ވިދާޅުވީ އޮކްޓޯބަރު މަހު ދިން ގެއްލުމަށް ވުރެ މިފަހަރު ދިން ގެެއްލުން މާބޮޑު ކަމަށެވެ.

"މި މައްސަލައިގައި އަން ސަން ސޫކީ ގެ ސަރުކާރަށް ހައްލު ހޯދެން ޖެހޭނެ. ސަރުކާރުގެ ބެލުމުގެ ދަށުގައިވާ މީހުން ހިމާޔަތް ކުރުމަކީ ކުރަން ޖެހޭނެ ކަމެއް،" ޔަންގީ ވިދާޅުވި އެވެ.

ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފް ޒައި ބުނީ ރޮހިންޖާ މުސްލިމުންނަށް ދޭ އަނިޔާތަކާ މެދު ސޫކީގެ ބަހަކަށް އިންތިޒާރު ކުރާ ކަމަށެވެ.

ސޫކީ އަކީ މިއަންމާގެ ރައީސް ނޫން ނަމަވެސް އެ ގައުމުގެ ސަރުކާރުގެ އެންމެ ބާރުގަދަ ފަރާތަކީ އެކަމަނާ އެވެ. މިއަންމާގައި ޑިމޮކްރެސީ ކުރިއަރުވަން ކުރި މަސައްކަތާ ގުޅިގެން އެތައް އަހަރަކު ގޭބަންދުގައި ހޭދަ ކުރައްވަން ޖެހުނު ސޫކީ ވަނީ ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވައިފަ އެވެ.