Roadha Mihaaru
ސޫކީގެ ތަގްރީރަށް ފަހު ދުނިޔޭގެ ލީޑަރުންގެ ފާޑުކިޔުން

ސޫކީގެ ތަގްރީރަށް ފަހު އެކަމަނާ އަށް ދުނިޔޭގެ ލީޑަރުންގެ ފާޑުކިޔުން

20 ސެޕްޓެމްބަރ 2017

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 20) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ސިފައިންދޭ އަނިޔާތަކާ ގުޅޭ ގޮތުން އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އިއްޔެ ދެއްވި ބަޔާނާ ގުޅިގެން ދުނިޔޭގެ ލީޑަރުންގެ ފާޑު ކިޔުން އެކަމަނާ އަށް އިތުރަށް އަމާޒުވާން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 20) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ސިފައިންދޭ އަނިޔާތަކާ ގުޅޭ ގޮތުން އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އިއްޔެ ދެއްވި ބަޔާނާ ގުޅިގެން ދުނިޔޭގެ ލީޑަރުންގެ ފާޑު ކިޔުން އެކަމަނާ އަށް އިތުރަށް އަމާޒުވާން ފަށައިފި އެވެ.

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި ހިމޭނުން ހުންނަވާތީ ސޫކީ އަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެކަމަނާ ދެއްވި ތަގްރީރުގައި ވަނީ ބައިނަލްއަގުވާމީ ގޮތުން ކިޔާ ފާޑު ކިޔުންތަކަށް ޖެހިލުން ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރަކީންގެ ހާލަތު ހީކުރާހާ ގޯސް ނޫން ކަމަށާއި ވާނުވާ ބެލުމަށް ބައިނަލްއަގުވާމީ އޮބްޒާވަރުން މިއަންމާ އަށް ދިއުމަށް ވެސް ސޫކީ ވަނީ ދައުވަތު ދެއްވައިފަ އެވެ.

މިއަންމާ ސިފައިން ހިންގާ ޖަރީމާތައް ސޫކީ ކުށްވެރި ކުރައްވާފައި ނުވާތީ އެކަމަނާ އަށް ދުނިޔޭގެ ލީޑަރުން ވަނީ ފާޑު ކިޔަން ފަށައިފަ އެވެ. ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވިދާޅުވީ ރޮހިންޖާ މީހުންނަށް ކެތް ނުކުރެވޭ ވަރުގެ މުސީބާތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ ހުރިހާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމަށް ހަސީނާ ވަނީ ގޮވާލައްވައިފަ އެވެ.

ސޫކީގެ ތަގްރީރަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވަނީ އެކަމަނާ އަށް ފޯނު ކުރައްވާ ހާލުގައި ޖެހިފައިވާ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަގު ތަނަވަސްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ފްރާންސްގެ ރައީސް އެމަނުއެލް މެކޮން ވަނީ މިއަންމާ ސިފައިންގެ އަސްކަރީ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ މިއަންމާ ސިފައިންގެ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ރޮހިންޖާ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގުވާމީ މުޖްތަމަ އަށް ގޮވާލައްވައިފަ އެވެ. މި މައްސަލަ ހައްލު ނުކޮށްފި ނަމަ ތާރީޚުގައި ލަދުވެތި ލަައްގަނޑެއް ޖެހޭނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވަނީ ރަކީންގައި ހިންގާ އަސްކަރީ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އަދި މިއަންމާ ސިފައިންނަށް ތަމްރީނު ދިނުން އިނގިރޭސި ވިލާތުން މިހާރު ވަނީ ހުއްޓާލައިފަ އެވެ.

އީޔޫގެ ތަރުޖަމާނަކު ވަނީ ވަކި ނަސްލަކަށް، ވަކި ދީނަކަށް ނުބަލައި ޑިމޮކްރެސީ ހޯދަން މިއަންމާ އިން ކުރި މަސައްކަތް އެ ގައުމުގެ ލީޑަޝިޕުން ހާމަކޮށް ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.

މިއަންމާ އަށް ޑިމޮކްރެސީ ގެނައުމަށް ސޫކީ ކުރެއްވި މަސައްކަތަށް އެކަމަނާ އަށް ވަނީ 1990 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފަ އެވެ.